Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބް ވޯލްޑް ކަޕް

32 ޓީމާއެކު ފީފާ ކުލަބް ވޯލްޑް ކަޕް 2025 ގައި

17 ޑިސެމްބަރު 2022 | ހޮނިހިރު 05:07

32 ޓީމާއެކު އޮންނަ މުބާރާތުގައި ވާދަކުރާނީ ދުނިޔޭގެ އެންމެ މޮޅެތި ޓީމުތައް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2022 | ހޮނިހިރު 05:07
ފީފާގެ ރައީސް އިންފަންޓީނޯ ބޭއްވި ޕްރެސްގެ ތެރެއިން

ފީފާގެ ރައީސް އިންފަންޓީނޯ ބޭއްވި ޕްރެސްގެ ތެރެއިން

ފޯމެޓަށް ގެނައި ބަދަލާއެކު ފީފާ ކުލަބް ވޯލްޑް ކަޕް 2025 ގައި ކުޅުމަށް ހަމަޖެހިފައިވާކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އައު ފޯމެޓާއެކު 2025 ވަނަ އަހަރު ބާއްވާ މުބާރާތުގައި 32 ޓީމު ވާދަކުރާނެ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވިއެވެ. އިންފަންޓީނޯ ވިދާޅުވީ ކުރިން ނިންމީ 24 ޓީމާއެކު ކުލަބް ވޯލްޑް ކަޕް 2021 ވަނަ އަހަރު ބާއްވަން ކަމަށާއި، ނަމަވެސް ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުބާރާތް ފަސްކުރަން ޖެހުނީ ކަމަށެވެ. އޭނާ ވިދާޅުވީ 32 ޓީމާއެކު އޮންނަ މުބާރާތުގައި ވާދަކުރާނީ ދުނިޔޭގެ އެންމެ މޮޅެތި ޓީމުތައް ކަމަށެވެ. އިންފަންޓީނޯ ވިދާޅުވީ އައު ފޯމެޓާއެކު ބާއްވާ ކުލަބް ވޯލްޑް ކަޕް، ހަ ޤައުމަކަށް ބާއްވާ ވޯލްޑް ކަޕާ އެއްވަރަށް ފޯރި ގަދަވާނެ ކަމަށެވެ.

މިހާރު މުބާރާތް ކުޅޭ ފޯމެޓު ބަދަލުކޮށް، އައު ފޯމެޓުގެ ދަށުން ބައްރުތަކަށް ފުރުސަތު ދޭނެ ވަކި ގޮތެއް އިންފަންޓީނޯ ހާމަކުރައްވާފައެއް ނުވެއެވެ. އިންފަންޓީނޯ ވިދާޅުވީ އެކަމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، ފީފާ އިން ގޮތެއް ނިންމާނީ ފުޓުބޯޅަ އަށް ގެއްލުމެއް ނުލިބޭނެހެން ކަމަށެވެ.

މިހާރު އޮތް ފޯމެޓަށް ކުޅޭ ކުލަބް ވޯލްޑް ކަޕް ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް މޮރޮކޯ ގައެވެ. މޮރޮކޯ ގައި މުބާރާތް ބާއްވަން ނިންމީ ހުކުރު ދުވަހު ކުރިއަށް ދިޔަ ފީފާ ކައުންސިލް ބައްދަލުވުމުގައެވެ.

މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާއި، 2027 ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕް މުބާރާތް ބާއްވާގެ ޤައުމު އިއުލާން ކުރާނީ 2024 ވަނަ އަހަރު ކަމަށެވެ. މީގެ އިތުރުން 2031 ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕް މުބާރާތް ބާއްވާނެ ޤައުމު އިއުލާން ކުރާނީ 2025 ވަނަ އަހަރު ކަމަށް ވިދާޅުވިއެވެ.

ފީފާފީފާ ކުލަބް ވޯލްޑް ކަޕްޖިއާނީ އިންފަންޓީނޯ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
25 އޮކްޓޯބަރު 2025

ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ

25 އޮކްޓޯބަރު 2025
ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
24 އޮކްޓޯބަރު 2025

"ފީފާގެ ރައީސްއާއެކު ރައީސް މުއިއްޒު ކުޅުއްވި މެޗަކީ މުޅި އިސްލާމީ އުއްމަތަށް ކުރި ޖެއްސުމެއް"

24 އޮކްޓޯބަރު 2025
"ފީފާގެ ރައީސްއާއެކު ރައީސް މުއިއްޒު ކުޅުއްވި މެޗަކީ މުޅި އިސްލާމީ އުއްމަތަށް ކުރި ޖެއްސުމެއް"
24 އޮކްޓޯބަރު 2025

ފަލަސްތީނުގެ ހައްގުގައި ފީފާ އާ ދެކޮޅަށް ޝުއޫރު ފާޅު ކުރި މުސްލިމު ދިވެހި ރައްޔިތުން ގަލޮޅު ދަނޑުން ނެރުނީ ޔަހޫދީން ރުއްސަން؟

24 އޮކްޓޯބަރު 2025
ފަލަސްތީނުގެ ހައްގުގައި ފީފާ އާ ދެކޮޅަށް ޝުއޫރު ފާޅު ކުރި މުސްލިމު ދިވެހި ރައްޔިތުން ގަލޮޅު ދަނޑުން ނެރުނީ ޔަހޫދީން ރުއްސަން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް