Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެޑުއާޑް މެންޑީ

އެޑުއާޑް މެންޑީ، ޗެލްސީ ދޫކޮށް ސައޫދީ ޕްރޯ ލީގުގެ އަލް އަހްލީއަށް ބަދަލުވެއްޖެ

މެންޑީ ވަނީ 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ޔުއެފާ މެންސް ބެސްޓް ގޯލްކީޕަރުގެ އެވޯޑް ހޯދާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 29 ޖޫން 2023 | ބުރާސްފަތި 11:49
އެޑުއާޑް މެންޑީ

އެޑުއާޑް މެންޑީ

ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ، ސައޫދީ ޕްރޯ ލީގުގެ ޓީމެއް ކަމަށްވާ އަލް އަހްލީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ މެންޑީއަކީ ޕްރިމިއާ ލީގުން ސައޫދީ އަރަބިއްޔާއަށް އެންމެ ފަހުން ބަދަލުވި ކުޅުންތެރިޔާއެވެ. 2020 ވަނަ އަހަރު ސްޓޭޑް ރެނައިސްއިން ޗެލްސީއާ ގުޅުމަށްފަހު ސެނެގާލްގެ ގޯލްކީޕަރު ޗެލްސީ ކެރިއަރުގެ ފެށުން ރަނގަޅުކުރިއިރު، އޭނާ ވަނީ 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ޔުއެފާ މެންސް ބެސްޓް ގޯލްކީޕަރުގެ އެވޯޑްވެސް ހޯދާފައެވެ. ނަމަވެސް މިދިޔަ ސީޒަނުގައި މެންޑީގެ ފޯމަށް އުނދަގޫތަކެއް ކުރިމަތިވިއިރު، މިދިޔަ ޖެނުއަރީ މަހު އޭނާއަށް އަނިޔާވުމާ ގުޅިގެން ސާޖަރީއެއް ހަދައި، އެންމެ ފަހުން އެ ކުލަބުގެ އެއްވަނަ ގޯލްކީޕަރުގެ މަގާމު ލިބުނީ ޓީމުގެ ކެޕާ އަރިޒަބަލަންގާ އަށެވެ.

އަލް އަހްލީ ވަނީ މިދިޔަ ސީޒަނުގައި ސައޫދީ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، 2023-24 ވަނަ އަހަރުގެ ސީޒަނަށް އަލުން ސައުދީ ޕްރޯ ލީގަށް ޕްރޮމޯޝަން ހޯދައިފައެވެ.

އަލް އަހްލީއަކީ ނިއުކާސަލް ޔުނައިޓެޑްގެ އޯނަރުން ކަމަށްވާ ސައޫދީ އަރަބިއްޔާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް)ގެ ދަށުން މި މަހުގެ ކުރީކޮޅު އެ ގައުމުގެ އެސްއޯ "ސްޕޯޓްސް ކްލަބްސް އިންވެސްޓްމަންޓް އެންޑް ޕްރައިވަޓައިޒޭޝަން ޕްރޮޖެކްޓް" ގެ ދަށުން ނެގި އަލް ހިލާލް، އަލް އިއްތިހާދު ،އަދި އައްނަސްރުގެ އިތުރުން ހަތަރު ކުލަބުގެ ތެރޭގައި ހިމެނޭ ކުލަބެކެވެ.

ސައޫދީ ކުލަބުތަކުން މި އަހަރުގެ ހޫނު މޫސުމުގައި ފުޓުބޯޅައިގެ ބޮޑެތި ބައެއް ނަންތަކަށް ފައިދާހުރި ކޮންޓްރެކްޓްތަކެއް ވަނީ ހުށަހަޅާފައެވެ. ކަރީމް ބެންޒެމާ އަލް އިއްތިހާދާ ގުޅިފައިވާއިރު އެންގޯލޯ ކާންޓޭއާއި ކަލިޑޫ ކައުބާލީވެސް ވަނީ ސައޫދީ ޕްރޯ ލީގަށް ބަދަލުވެފައެވެ.

ޗެލްސީއަލްއަހްލީސައުދީ ޕްރޯ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު