Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

އަނިޔާގެ ސަބަބުން ބެންޒެމާ އާއި ކޯޓުއާ އަށް އަލް އަހްލީއާ ދެކޮޅަށް ނުކުޅެވޭނެ

ބުދަ ދުވަހުގެ ރޭ އަލް އަހްލީއާ ދެކޮޅަށް ކުޅުމަށް ރެއާލުން އެކުލަވާލި ސްކޮޑުގައި ވެސް މި ދެ ކުޅުންތެރިން ހިމަނާފައެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2023 | އަންގާރަ 06:19
ރެއާލްގެ ކެޕްޓަން ބެންޒެމާ އަދި އެއް ނަންބަރު ގޯލް ކީޕަރު ކޯޓުއާ

ރެއާލްގެ ކެޕްޓަން ބެންޒެމާ އަދި އެއް ނަންބަރު ގޯލް ކީޕަރު ކޯޓުއާ

ފީފާ ކުލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑުން އަލް އަހްލީއާ ދެކޮޅަށް ކުޅޭ މެޗުގައި ކެޕްޓަން ކަރީމް ބެންޒެމާ އާއި އެއް ނަންބަރު ގޯލް ކީޕަރު ތިބައޫ ކޯޓުއާ އަށް ނުކުޅެވޭނެ އެވެ.

މި ދެ ކުޅުންތެރިންނަށް ވެސް ކުލަބް ވޯލްޑް ކަޕްގެ ސެމީ މެޗުގައި ނުކުޅެވެނީ އަނިޔާގެ ސަބަބުންނެވެ. އުމުރުން 35 އަހަރުގެ ބެންޒެމާ އަށް އަނިޔާވެފައި ވަނީ ސްޕެނިޝް ލީގުގައި ރެއާލުން ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ރެއާލްގެ ދެ ލަނޑު ޖެހުމަށް އެހީތެރިވެދިން ބެންޒެމާ އަށް އަނިޔާވެ މެޗުގައި އޭނާ ވަނީ ބަދަލު ވެސް ކޮށްފަ އެވެ. ރެއާލްގެ އެއް ނަންބަރު ކީޕަރު ކޯޓުއާ އަށް އަނިޔާވީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގަ އެވެ. މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި އަނިޔާވެ ކޯޓުއާ އަށް އެ މެޗުގައި ނުކުޅެވުނެވެ. އެ މެޗުން ބަލިވެ ރެއާލަށް ވަނީ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމަށް ލިބުނު ފުުރުސަތު ގެއްލިފަ އެވެ. ބުދަ ދުވަހުގެ ރޭ އަލް އަހްލީއާ ދެކޮޅަށް ކުޅުމަށް ރެއާލުން އެކުލަވާލި ސްކޮޑުގައި ވެސް މި ދެ ކުޅުންތެރިން ހިމަނާފައެއް ނުވެ އެވެ.

މީގެ އިތުރުން އެ މެޗުގައި އަނިޔާގެ ސަބަބުން ރެއާލްގެ ބައެއް އެހެން ކުޅުންތެރިނަށް ވެސް ނުކުޅެވޭނެ އެވެ. އޭގެ ތެރޭގައި ފާލަންޑް މެންޑީ، އެޑާ މިލިޓާއޯ، ލޫކަޒް ވަޒްކުއޭޒް ފަދަ ކުޅުންތެރިން ހިމެނެ އެވެ. ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅޭ ކަމަށް ބުނެފަ އެވެ. އެންމެ ފަހުން ރެއާލުން ކުޅުނު މެޗަށްފަހު އޭނާ ބުނީ، ވާދަވެރިކޮށް ދާ ދަނޑިވަޅުގައި ގާތް ގާތުގައި މެޗު ކުޅެން ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކުލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރެއާލުން އަލް އަހްލީއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ފީފާ ކުލަބް ވޯލްޑް ކަޕްރެއާލް މެޑްރިޑްކަރިމް ބެންޒެމާތިބައޫ ކޯޓުއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު