Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެވިއްޔާ

މާޔޫސްވާ ނަތީޖާތަކާއެކު ސެވިއްޔާ އިން އަލޮންސޯ ވަކިކޮށްފި

އޭނާގެ އިރުޝާދުގެ ދަށުން ސެވިއްޔާ ކުޅުނީ 14 މެޗު، މޮޅުވީ އެންމެ ދެ މެޗުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2023 | އާދީއްތަ 06:27
ސެވިއްޔާގެ ކޯޗަކަށް ހުރި ޑިއޭގޯ އަލޮންސޯ

ސެވިއްޔާގެ ކޯޗަކަށް ހުރި ޑިއޭގޯ އަލޮންސޯ

ސްޕެނިޝް ލީގުގެ ސެވިއްޔާގެ ކޯޗުކަމުން އުރުގުއޭގެ ޑިއޭގޯ އަލޮންސޯ ވަކިކޮށްފިއެވެ.

ސެވިއްޔާގެ ކޯޗުކަމުން އަލޮންސޯ ވަކި ކުރީ ސްޕެނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. އޭގެ ކުރިން ވެސް އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ނަތީޖާ ނުނެރެވެއެވެ. އެކަމުގެ ސަބަބުން އަލޮންސޯ އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް މީޑިއާތަކުން އޮތީ ރިޕޯޓުކޮށްފައެވެ.

ސެވިއްޔާގެ ކޯޗުކަމަށް އަލޮންސޯ ހަމަޖެއްސީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ސެވިއްޔާ ކުޅުނީ 14 މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ ދެ މެޗުންނެވެ. ހަތް މެޗުން ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން އެ ޓީމު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް ކަޓައިފައެވެ. ސެވިއްޔާ ހިމެނުނު ގުރޫޕުން އެ ޓީމު ދިޔައީ ވެސް އެންމެ ފުލަށެވެ. ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 13 ޕޮއިންޓާއެކު އެ ޓީމު އޮތީ ވެސް 16 ވަނައިގައެވެ. ނަތީޖާތައް ދަށްވެ، ސެވިއްޔާ އަށް އޮތީ ރެލިގޭޝަންގެ ބިރު ވެސް ބޮޑުވެފައެވެ.

ސެވިއްޔާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން، އެންމެ ފަހުން އޭނާ ހުރީ އުރުގުއޭ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައެވެ. މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް މުބާރާތަށްފަހު އޭނާ ވަނީ މަގާމުން ވަކިވެފައެވެ. އޭނާ މަގާމުން ވަކިވީ ވެސް ކުލަބު ފުޓުބޯޅަ އަށް އަންނަ ބޭނުންވެގެންނެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ޕްލޭއޮފްގެ ފުރަތަމަ ލެގުން މޮޅުވެ ނަޕޯލީ، ސެވިއްޔާ އަދި ސެލްޓިކް ޗެމްޕިއަންސް ލީގާ ގާތަށް.!

17 އޯގަސްޓު 2017
ޕްލޭއޮފްގެ ފުރަތަމަ ލެގުން މޮޅުވެ ނަޕޯލީ، ސެވިއްޔާ އަދި ސެލްޓިކް ޗެމްޕިއަންސް ލީގާ ގާތަށް.!
16 ޖުލައި 2017

ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ

16 ޖުލައި 2017
ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
30 މެއި 2017

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
10 މެއި 2017

ޕިޔޯލީ މަޤާމުން ވަކިކޮށްފި

10 މެއި 2017
ޕިޔޯލީ މަޤާމުން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު