Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ހޮލުންޑާމެދު ޓެން ހާގްގެ އިތުބާރު ބޮޑު

ޕްރިމިއާ ލީގުގައި ހޮލުންޑަށް ލަނޑެއް ޖެހިފައި ނުވާތީ، ބައެއް ފަރާތްތަކުން އެ ވާހަކަ ދައްކައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2023 | އާދީއްތަ 01:53
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ހޮލުންޑް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ހޮލުންޑް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑެންމާކުގެ ރަސްމުސް ހޮލުންޑާމެދު އިތުބާރު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ، ޔުނައިޓެޑުގައި ހޮލުންޑުގެ ކުޅުން ދަށް ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކަތަކަށް ރައްދު ދެމުންނެވެ. ޔުނައިޓެޑަށް ބަދަލުވި ފަހުން މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގައި ހޮލުންޑަށް ލަނޑެއް ޖެހިފައި ނުވާތީ، ބައެއް ފަރާތްތަކުން އެ ވާހަކަ ދައްކަ އެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް އޭނާ ވަނީ ޔުނައިޓެޑަށް 12 މެޗު ކުޅެދީފަ އެވެ.

ހޮލުންޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، އޭނާ ވަނީ މެޗުތަކުގައި ލަނޑު ޖެހޭނެކަން ސާބިތުކޮށްދީފައި ކަމަށެވެ. އެގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ފަސް ލަނޑު ޖަހާފައިވާކަން ޓެން ހާގް ވަނީ ފާހަގަކޮށްފަ އެވެ. ޓެން ފާހަގަ ކުރި ގޮތުގައި އެއީ ޒުވާން ކުޅުންތެރިޔެއްގެ ފަރާތުން ފެންނާނެ ވަރަށް އާދަޔާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެކަމުން ސާބިތުކޮށްދެނީ، ހޮލުންޑަކީ ލަނޑު ޖެހޭނެ، އެހާ ހުނަރު ހުރި ކުޅުންތެރިޔެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ، ޕްރިމިއާ ލީގުގައި ހޮލުންޑް ލަނޑު ޖަހާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އޮތް ކަމަށެވެ. އޭނާ ބުނީ ހޮލުންޑަކީ ވަރަށް ބުރަކޮށް، ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ކުޅުންތެރިޔެއް ކަމަށެވެ. ޚާއްސަކޮށް ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ވެސް އެކަން ފެންނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން، ހޮލުންޑަކީ މުަސްތަޤުބަލު އުޖާލާ، މޮޅު ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

އެޓަލަންޓާ ދޫކޮށް ހޮލުންޑް ޔުނައިޓެޑަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ހޮލުންޑް ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 20 މެޗުން ފަސް ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު