Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޯޓިޒަމް ހުންނަ ދެ ކުދިން

އޯޓިޒަމް ހުންނަ އެއްމާބަނޑު ދެބެން ގޮވައިގެން ޣައްޒާގައި އަސްމާ ކުރަމުންދާ ވަރުގަދަ ޖިހާދު....

ދިރިއުޅުމަށް ބޭނުންވާ ހުރިހާ ޚިދުމަތަކުން އެ ޢާއިލާ ވަނީ މަޚްރޫމުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2023 | ހުކުރު 17:23
ފަލަސްތީނުގެ މަންމަ އަސްމާ އަބޫ އަބޭދު އޭނާގެ އޯޓިސްޓިކް އެއްމާބަނޑު ދެ ދަރިންނާއެކު ޣައްޒާގެ ދެކުނުގެ ރަފަހުގައި

ފަލަސްތީނުގެ މަންމަ އަސްމާ އަބޫ އަބޭދު އޭނާގެ އޯޓިސްޓިކް އެއްމާބަނޑު ދެ ދަރިންނާއެކު ޣައްޒާގެ ދެކުނުގެ ރަފަހުގައި

ސުޖޫދްއާއި މުޢުތަސިމް އަބޫ ޢާބިދުއަކީ އެއްމާބަނޑު ދެބެންނެވެ. އެ ދެބެންގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އެއީ، ޔަހޫދީންގެ މުށްދަށުލައި، ދުލާއި ގަލަމުން ސިފަކޮށްދެވެން ނެތް ޤަތުލުޢާންމެއް ހިންގަމުންދާ ޣައްޒާގައި ދިރިއުޅެމުންދާ އެ ދެބެން، ގެދޮރު ދޫކޮށް ނުކުންނަން ޖެހުނު ހިސާބުންނެވެ.

ސުޖޫދްއާއި މުޢުތަސިމްއަކީވެސް ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ކަމަށް ވާ އޯޓީޒަމް ހުންނަ 2 ކުދިންނެވެ. ޢާންމު ދިރިއުޅުމުގެ އުސޫލުތަކާއި އާދަތަކަށް ކުޑަ ނަމަވެސް ބަދަލެއް ގެނައުމަކީ އެ ކުދިންގެ އިތުރުން މައިންބަފައިންނަށްވެސް އުފުލަންޖެހޭ ވޭނީ ތަކުލީފެކެވެ.

ސުޖޫދްއާއި މުޢުތަސިމްގެ މަންމަ، އަސްމާ އަބޫ ޢާބިދު ކިޔައިދިން ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ޚިދުމަތަކުން އެ ޢާއިލާ ވަނީ މަޚްރޫމުވެފައެވެ. ސުޖޫދްއާއި މުޢުތަސިމްއަށް ކާންދެނީވެސް އަސްމާގެ ފަހަރިއެއްގެ އަތުން ލިބޭ ޕާންކޮޅެއް އެކަންޏެވެ.

ވަގުތީ ހިޔާވައްސެއްގެ ގޮތުގައި ޓެންޓެއްގައި ދިރިއުޅެން މަޖުބޫރުވެފައި ވާ އިރު، ފާޚާނާ ކުރުމުގެ ކަންކަމަކީ މިއަދު އުފުލަން ޖެހިފައި އޮތް އެންމެ ބޮޑު ބުރައެވެ.

ދަރިންނަށް ބޭނުންވާ އެންމެ ޒަރޫރީ ބޭސް ހޯދުމަކީވެސް ޣައްޒާގައި އިންތިހާއަށް ދަތިކަމެކެވެ.

އިޒްރޭލުން ބޮން އަޅަމުންދާ އަޑުފަށްގަނޑާ ހެދި ސުޖޫދްއާއި މުޢުތަސިމްއަށް ކޮށްފައިވާ ނަފުސާނީ އަސަރުގެ ވާހަކަ ކިޔައިދޭނެ ގޮތެއް އެއްވެސް މީހަކަށް ނޭނގެއެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ، އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ޤަތުލުޢާންމު ފެށިފަހުން ޣައްޒާއިން މަރުވި މީހުންގެ ޢަދަދު 18000 އަށް ވުރެ މައްޗަށް އަރައެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ދެމުންދާ ޙަމަލާތަކުގައި ބިމާ ހަމަ ކުރަމުންދާ ޢިމާރާތްކުގެ ދަށުވެ މަރުވެ، ހޯދާ ނުފެނި ތިބި މީހުންގެ ޢަދަދު އަންދާޒާކޮށްލަންވެސް ނޭނގެއެވެ. ބައެއް ސަރަޙައްދުތަކަކީ، އެމްބިއުލާންސްތަކަށްވެސް ވަދެވޭ ހިސާބުތަކެއް ނޫނެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި ފުރާނަ ގެއްލިދިޔަ މީހުންނާއި ޒަޚަމްވީ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ޣައްޒާގައި މިއަދު 80 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ ގެދޮރު ގެއްލިފައިވާ ރެފިއުޖީންނެވެ. އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ އެންމެ އަސާސީ ޙައްޤުތަކުން މުޅި ޣައްޒާ މަޚްރޫމުކޮށް، އެއްގަމާއި، ކަނޑާއި ވައިގެ މަގުން ޣައްޒާ ހަފުސްކޮށް ނަސްލު ދޮވެލުމުގެ ލާއިންސާނީ ޤަތުލުޢާންމު ހިންގަމުން ދާ އިރު، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކަށް އެ މަންޒަރެއް ނުފެއެވެ. އަވަށްޓެރި ޤައުމުތަކަށްވެސް ޣައްޒާގެ ރުއިމުގެ އަޑު، ނުއިވޭ ފަދައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

26 ޖެނުއަރީ 2018
ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017
ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

21 ޑިސެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު