Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޗާގޮސް އަށް ފޮނުވި ސިޓީ

ހާމަކުރަން ގޮވި "ސިޓީ" ދައުލަތުގެ ސިއްރަކަށް ވެއްޖެ

އެ ސިޓީފުޅުގައި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާފަދަ ކަމެއް ނެތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2023 | ހުކުރު 14:25
 ޗާގޮސް މައްސަލަ އާއި މެދު ދޮގުޚަބަރުތައް ފެތުރި

ޗާގޮސް މައްސަލަ އާއި މެދު ދޮގުޚަބަރުތައް ފެތުރި

ބުދަ ދުވަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި ކުރިއަށް ދިޔަ މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދާއި ފުށުއެރުންތަކެއް ހުރިކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިގެން ކުރިއަށްދަނިކޮށް، މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ދިވެހިރާއްޖެއިން ޤަބޫލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުއްވާފައިވާކަމަށް، ދިވެހިރާއްޖޭގެ ބަންޑާރަނައިބު އިންޓަރނޭޝަނަލް ޓްރައިބިއުނަލްގައި ވިދާޅުވެފައިވާ ކަމަށް ފާހަގަކޮށް އެ މައްސަލަ ބައްލަވައިދެއްވުމަށްއެދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ މައްސަލަ ހިމެނެއެވެ.

އެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު އަބްދުލް ޤަފޫރު މޫސާއެވެ.

ތޯރިގް ހުށަހެޅުއްވި މައްސަލައިގައި ވަނީ ކަމާއި ބެހޭ ކޮމިޓީ އަށް އެ ސިޓީ ގެނައުމަށާއި، އެ މައްސަލަ އިތުރަށް ބަލާދިނުމަށް އެދިފައެވެ. ބުދަ ދުވަހުގެ ކޮމިޓީގައި މެމްބަރުންނާއި އެ ސިޓީ ހިއްސާކޮށްފައިވެއެވެ. އެ ސިޓީ އަކީ "ސިއްރު" ސިޓީއެއްގެ ގޮތުގައި ލޭބަލްކޮށްފައިވާ ސިޓީއެކެވެ. އެހެންނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ސިއްރު ނުކޮށް އެ މައްސަލަ ކުރިއަށް ގެންދަން ހުށަހަޅުއްވާފައެވެ. ނިޔާޒްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ސަލީމް ވިދާޅުވީ ވީހާވެސް ބޮޑަށް ހާމަކަން ބޮޑުކޮށް އެ މަޝްވަރާތައް ކުރިއަށްގެންދަން ޖެހޭ ކަމަށާއި އެ ސިޓީގައިވާ ކަންކަން ވީހާވެސް ބޮޑަށް އާއްމުންނަށް އެނގޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ތާއީދުކުރައްވާ ކަމަށެވެ. އެ ކޮމިޓީގައި ވާހަކަދައްކަވަމުން ސަލީމްވަނީ އެ ސިޓީ އޮތީ އިނގިރޭސިބަހުން ކަމަށް ވުމާއި އެކު އެ ސިޓީގެ އެކަށީގެންވާ ފެންވަރުގެ ތަރުޖަމާ އެއް ކޮމިޓީ އަށް ގެނެސްދެއްވުމަށް އެދިލައްވާފައެވެ.

ކޮމިޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވަނީ ސިޔާސީ އިސްވެރިންނަށް ކަންކަން އެނގުނީމަ ނިމުނީކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ. އަދި ސިއްރު ސިއްރުގެ ގޮތުގައި ހިފަހައްޓަން ޖެހޭ ކަމަށާއި ހާމަކުރަން ނުޖެހޭ ކަންކަން ހުންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާގެ އެ ވާހަކަތަކާއި ގުޅިގެން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވަނީ ކުރިން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބި އިރު ޕީޕީއެމް ޕީއެންސީން އެ ސިޓީ ހާމަނުކުރާ ސަބަބާއި މެދު ސުވާލު އުފައްދާ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ކުރިކަން ހާމަކޮށްފައެވެ. އެހެންކަމުން މިހާރު އެ ސިޓީ ހާމަކުރަން ދެކޮޅު ހެދުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ އެ ސިޓީގައި ނުބައެއް ނެތްކަން އެނގޭ މިންވަރަށް އާއްމުންނަށް އަންގަން ޖެހޭ ކަމަށާއި އެ ސިޓީގެ މައުލޫމާތު ލައިވްކޮށް ގެނައުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މެމްބަރު ސަލީމް ވަނީ ދުވާފަރު ދާއިރާގެ ހުށަހެޅުމަށް ބަދަލުގެނެސް، އެ ސިޓީގެ ތަރުޖަމާ އާއި އެކު ކޮމިޓީ އަށް އަލުން ހުށަހެޅުމަށާއި، އެ ތަރުޖަމާ އާއި އެކު ކުރިއަށް ގެންދާ ބަހުސް އަކީ ލައިވްކޮށްގެން ކުރިއަށް ގެންދާ ބަހުސްއަކަށް ހެދުމަށް ހުށަހަޅުއްވާފައެވެ. އެ މޭރުމުން އެ އައިޓަމްގެންދެވެންދެން މައްސަލަ ޕާރކްކޮށްދެއްވަން ވެސް ސަލީމް އެދިލެއްވިއެވެ. އެ ހުށަހެޅުމަށް މެމްބަރު އިސްމާއިލް ވަނީ ތާއީދުކުރައްވާފައެވެ. އެ ނިންމުމަށް އިތުރު ބޭފުޅަކު އިއުތިރާޒްކުރައްވާފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން އައީ މި ސިޓީ އާއި މެދު ތަފާތު އެކި ގޮތްގޮތަށް ވާހަކަދައްކަމުންނެވެ. އަދި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައިވެއެވެ. ރާއްޖެއާއި މޮރިޝަސްގެ ބޯޑަރު ވަކިކުރުމުގެ މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލަން ސަރުކާރުން ނިންމި ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން އައީ ބުނަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ އެކަން ރަސްމީކޮށް އަންގަވަން ފޮނުއްވި ސިޓީފުޅެއް ކަމަށް ވެސް އަޑު ފެތުރިއެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ ސިޓީ އާއްމުވުމާއި އެކު އެކަމުގެ ހަގީގަތެއް ނެތްކަން އެނގުނެވެ. ސޯޝަލް މީޑިއާގައި ލީކުވި ސިޓީއަކީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާ އިރު އެ ސިޓީގައި ރައީސް ސާލިހު ވިދާޅުވެފައި ވަނީ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން ގެންގުޅޭނީ މީގެކުރިން އެހެން ސަރުކާރުތަކުންވެސް ގެންގުޅުއްވި ސިޔާސަތުކަމަށެވެ. ހަމައެހެންމެ ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެ ސިޓީގެ ހަގީގަތް ހާމަވި ނަމަވެސް އޭރު އެ ސިޓީ ބޭނުން ކުރީ ވަރަށް ބޮޑު ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. ހަނގުރާމައަކަށް މަގުފަހިވެދާނެ ވާހަކަތައް ރައީސް ޞާލިހު މޮރިޝަސްއަށް ފޮނުވި ސިޓީގައި ހުރިކަމަށް އޭރު ދޮގު ތުހުމަތުތައް ކުރައްވާފައިވެއެވެ. އަދި ފޯޅަވައްސާއި ދިމާއިން އޮންނަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިޓްލޮސްއިން ބަލަމުން ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހޯދަން އިއިދކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރައީސް އޮފީހަށް ގޮސް އެ ސިޓީގައި ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކަތައް ހުރިކަމަށް ވެސް ތުހުމަތުކުރިއެވެ.

އޭރު އިދިކޮޅު ފަރާތްތަކުން ވަނީ  ޗާގޯސްގެ މައްސަލައިގައި ކުއްލި މައްސަލަ ހުށަހަޅުއްވައިގެންނާއި އެހެނިހެން ގޮތްގޮތުން އެތައް ދޮގުވާހަކައެއް ފަތުރާފައިވެއެވެ. އޭރު މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް ވެސް ވަނީ ޑިއޭގޯ ގާސިޔާ ސަރަހައްދަށް ރާއްޖެ މެދުވެރިކޮށް ދެވޭނެ ގޮތް ހަދާދޭނެކަމަށް ބުނެފައިވާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައެވެ. ނަމަވެސް އޭރުވެސް ސިޓީ ސިއްރުކުރަން ނޫޅޭ ކަމަށް ތަކުރާރުކޮށް ސަރުކާރުން އައީ ބުނަމުންނެވެ.  އަދި މަޖިލީހުގެ ކޮމިޓީގައި އެ މައްސަލަ ކުރިއަށް ނުގެންދެވި އޮތީ އޭރު މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތުމުންނެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި އިޓްލޮސްއިން ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް، ރާއްޖެއަށް ފައިދާވާގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ. އެހެންކަމުން އެ ނިންމުމާއެކު، ރާއްޖެއަކީ ބައިނަލްއަގުވާމީ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް އިންވަކިކުރެވިފައިވާ، ފުރިހަމަ ގައުމަކަށް ވަނީ ބަދަލުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

25 ނޮވެމްބަރު 2017
މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

19 ނޮވެމްބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.

އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.

16 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު