Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލްކަތާގެ ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލުން

ރޭޕްކޮށް މަރާލި ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެތައް ހާސް މީހުން އިންޑިއާގައި މުޒާހަރާ ކޮށްފި

މި ހާދިސާ ގައި މަރާލީ އަންހެން މީހާއަށް އިންސާފު ހޯދަދިނުމަށް ގޮވާލާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޑޮކްޓަރުން އިހްތިޖާޖު ކުރަމުން ގެންދާތީ އިމަރޖެންސީ ޚިދުމަތް ނޫން އެހެން ޚިދުމަތްތައް ސަރުކާރު ހޮސްޕިޓަލުތަކުން ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެ އެމްވީ | 15 އޯގަސްޓު 2024 | ބުރާސްފަތި 14:26
ރޭޕްކޮށް މަރާލި ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާގެ ތެރެއިން

ރޭޕްކޮށް މަރާލި ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާގެ ތެރެއިން

ވޭތުވެދިޔަ ހަފްތާގައި ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އެ އަނިޔާވެރި އަމަލު ކުށްވެރިކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކޮލްކަތާގައި ބޮޑު މުޒާހަރާ އެއް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކޮލްކަތާގެ 100 ށް ވުރެ ގިނަ ސަރަހައްދުގައި "ރިކްލެއިމް ދަ ނައިޓް" ގެ ނަމުގައި ބުދަ ދުވަހުގެ ރޭ ފެށި މުޒާހަރާ، މިއަހަރުގެ އިންޑިއާގެ މިނިވަން ދުވަސް ކަމަށްވާ ބުރާސްފަތި ދުވަސް ފެށިގެން އައި އިރުވެސް ދިޔައީ ކުރިއަށެވެ.

މިދިޔަ ހުކުރު ދުވަހު އާރް.ޖީ. ކާރ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް ގައި އުމުރުން 31 އަހަރުގެ ޓްރޭނީ ޑޮކްޓަރަކު ރޭޕް ކޮށް މަރާލި ހަދިސާ އާއެކު މުޒާހަރާ ތައް އިންޑިއާގައި ހިނގަމުންދާތާ ގާތްގަނޑަކަށް ހަފްތާއެއް މިހާރު ވަނީ ވެފައެވެ.

ކޮލްކަތާ އާއި އެހެން ސަރަހައްދުތަކުގައި ބުދަ ދުވަހުގެ ރޭ އޮތް މުޒާހަރާގައި ޝުއޫރު ފާޅު ކުރި މީހުން މި އަނިޔާވެރި ހަމަލާ ކުށްވެރި ކުރަމުން ގޮވަމުން ދިޔައީ އަންހެނުންނަށް ދެވޭ މިފަދަ އަނިޔާވެރި ހަމަލާތަކުން އަންހެނުންނަށް ރައްކައުތެރިކަން ހޯދައިދިނުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށެވެ.

ބުދަ ދުވަހުގެ ރޭގެ މުޒާހަރާ މައިގަނޑުގޮތެއްގައި ސުލްހަވެރިކޮށް ދިޔަ ނަމަވެސް ބައެއް ކުރިމަތިލުންތައް ހިނގާ ހަމަނުޖެހުން އުފައްދަން އުޅުނު މީހުންނާ ދިމާލަށް ފުލުހުން ކަރުނަ ގޭސް ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް މީހުން ވަނީ އާރ ޖީ ކާރ ހޮސްޕިޓަލަށް ވަދެ އެތަނުގެ އިމަޖެންސީ ޑިޕާޓްމަންޓަށް ގެއްލުން ދީފައެވެ.

ދިއްލީ މުމްބާއީ ހައިދަރްއާބާދް އަދި ޕޫނޭ ގައި ވެސް މުޒާހަރާ ކުރި ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހާދިސާ ގައި މަރާލީ އަންހެން މީހާއަށް އިންސާފު ހޯދަދިނުމަށް ގޮވާލާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޑޮކްޓަރުން އިހްތިޖާޖު ކުރަމުން ގެންދާތީ އިމަރޖެންސީ ޚިދުމަތް ނޫން އެހެން ޚިދުމަތްތައް ސަރުކާރު ހޮސްޕިޓަލުތަކުން ވަނީ މެދުކަނޑާލާފައެވެ.

ރޭޕް އާ މަރުގެ ހާދިސާ ހިނގީ ރިޕޯޓްތައް ބުނާ ގޮތުގައި، އެ އަންހެންމީހާ 36 ގަޑީއިރުގެ ޝިފްޓް އަކަށް ފަހު ވަރުބަލިވެގެން އައިސް މެޑިކަލް ކޮލެޖްގެ ސެމިނާރ ޔޫމްގައި ޖައްސާލިތަނުން އޭނާ އަށް ނިދިފައި އޮއްވައެއް. އެ ހޮސްޕިޓަލަކީ އަރާމު ކޮށްލަން ވަކި ޚާއްސަތަނެއް ކަނޑައަޅާފައި ހުންނަ ތަނެއް ނޫން ކަމަށްވެއެވެ.

އަނެއް ދުވަހުގެ ހެނދުނު، އޭނާގެ އެކުވެރިންނަށް ފެނުނީ ސެމިނަރ ހޯލްގެ ޕޯޑިއަމް މަތީގައި އޭނާގެ މަރުވެފައިވާ ހަށިގަނޑު ބޮޑެތި ޒަހަމްތަކަކާއެކު އެކު އޮއްވައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހޮސްޕިޓަލުގެ ވޮލަންޓިއަރ މުވައްޒަފަކު ވަނީ ހައްޔަރުކުރެވިފައެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޮޑު ވަޒީރު ދެއްކެވި ވާހަކަފުޅުގައި އަންހެނުންނަށް ދެވޭ އަނިޔާތަކާ މެދު ތަދު އިހްސާސް ކުރެއްވޭ ކަމަށް ވިދާޅުވިއެވެ. މޯދީ ކޮލްކަތާގައި ހިނގައިގެން އުޅޭ ހާދިސާގެ ވާހަކަ ސީދާ ވިދާޅު ނުވިޔަސް އަންހެނުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އަވަހަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށާއި، އަންހެނުންނަށް ދޭ އަނިޔާތަކަށް އަވަހަށް އަދި އެންމެ ހަރުކަށި އަދަބު ދިނުމަށް މޯދީ ގޮވާލެއްވިއެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ ގެ ތަފާސް ހިސާބުގެ މައްޗަށް ބަލާއިރު 2022 ވަނަ އަހަރު އޭގެ ކުރީ އަހަރާ އަޅާ ކިޔާއިރު އަންހެނުންނަށް ދޭ އަނިޔާތައް 4 އިން ސައްތަ އިންޑިއާ ގައި ވަނީ މައްޗަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2018

ރޮހިންޖާ މުސްލިމުން މަރާލި މައްސަލަ ތަހްގީގު ކުރަމުން ދިޔަ ދެ ނޫސްވެރިއަކު މިޔަންމާއިން ހައްޔަރު ކޮށްގެން އުޅޭތާ ހަ މަސް!

13 ޖޫން 2018
ރޮހިންޖާ މުސްލިމުން މަރާލި މައްސަލަ ތަހްގީގު ކުރަމުން ދިޔަ ދެ ނޫސްވެރިއަކު މިޔަންމާއިން ހައްޔަރު ކޮށްގެން އުޅޭތާ ހަ މަސް!
01 މެއި 2018

އިނގިރޭސިވިލާތަށް ހިޖުރަކުރި މީހުންނަށް އިންސާފު ހޯދައިދޭނަން: ސާޖިދު ޖާވިދު

01 މެއި 2018
އިނގިރޭސިވިލާތަށް ހިޖުރަކުރި މީހުންނަށް އިންސާފު ހޯދައިދޭނަން: ސާޖިދު ޖާވިދު
25 އެޕްރީލު 2018

ކިމް ވޯލްގެ މަރު: ކިމް ވޯލް މަރާލިކަން މޭޑްސެންގެ މައްޗަށް ސާބިތުވެއްޖެ

25 އެޕްރީލު 2018
ކިމް ވޯލްގެ މަރު: ކިމް ވޯލް މަރާލިކަން މޭޑްސެންގެ މައްޗަށް ސާބިތުވެއްޖެ
15 ޖެނުއަރީ 2018

ވަރލްޑް ބޭންކު އިންސާފުވެރި ނޫންކަމަށް ބުނެ ޗިލީއިން ޝަކުވާ ކޮށްފި

15 ޖެނުއަރީ 2018
ވަރލްޑް ބޭންކު އިންސާފުވެރި ނޫންކަމަށް ބުނެ ޗިލީއިން ޝަކުވާ ކޮށްފި
02 އޮކްޓޯބަރު 2017

ކިމް ޖޮންގ ނަމް މަރާލި ކަމުގެ ދަޢުވާ އަށް އިންކާރުކޮށްފި

02 އޮކްޓޯބަރު 2017
ކިމް ޖޮންގ ނަމް މަރާލި ކަމުގެ ދަޢުވާ އަށް އިންކާރުކޮށްފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
01 މާރިޗު 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ
03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު