Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޮސް މައްސަލަ

ސިޔާސީ ގޮތުން ކިތަންމެ ގެއްލުމެއް ވިޔަސް، ޗާގޮސް މައްސަލައިގައި ފޮނުވި ސިޓީ ވެރިކަމުގައި ހުރެ ސިއްރުކުރީ ޤައުމީ ސިއްރެއް ހާމަ ނުކުރުމުގެ ގޮތުން - ރައީސް ޞާލިހު

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ދިވެހިރާއްޖެއިން ޤަބޫލުކޮށް މޮރިޝަސް އަށް ސިޓީ އެއް ފޮނުއްވި ކަމަށް އިދިކޮޅު ފަރާތްތަކުން އައީ ބުނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2024 | އާދީއްތަ 04:18
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ސިޔާސީ ގޮތުން ކިތަންމެ ގެއްލުމެއް ވިޔަސް، ޗާގޮސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ސިއްރުކުރީ ޤައުމީ ސިއްރެއް ހާމަ ނުކުރުމުގެ ގޮތުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ދިވެހިރާއްޖެއިން ޤަބޫލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ބުނެ އެ ސިޓީ ހާމަ ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އައީ ގޮވަމުންނެވެ. އަދި އެ ސިޓީގައި ޤައުމީ ސަލާމަތަށް ނުރައްކާވާ ވާހަކަތަކެއް ހުރިކަމަށް ވެސް އައީ ބުނަމުންނެވެ. ފަހުން އެ ސިޓީގެ ހަގީގަތް ހާމަވި ނަމަވެސް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުން އެ ސިޓީ ބޭނުން ކުރީ ވަރަށް ބޮޑު ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. އެގޮތުން އެ ސިޓީގައި ހަނގުރާމައަކަށް މަގުފަހިވެދާނެ ވާހަކަތައް ރައީސް ޞާލިހު މޮރިޝަސްއަށް ފޮނުވި ސިޓީގައި ހުރިކަމަށް އޭރު ދޮގު ތުހުމަތުތައް ކުރައްވާފައިވެއެވެ. އަދި ފޯޅަވައްސާއި ދިމާއިން އޮންނަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިޓްލޮސްއިން ބަލަމުން ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހޯދަން އިއިދކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރައީސް އޮފީހަށް ގޮސް އެ ސިޓީގައި ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކަތައް ހުރިކަމަށް ވެސް ތުހުމަތުކުރިއެވެ.

އޭރު އެ ސިޓީ އާއި ގުޅޭ ވާހަކަ އެކި ގޮތްގޮތަށް އިދިކޮޅު ފަރާތްތަކުން ދެއްކުމުގެ ސަބަބުން ސިޔާސީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ކިތަންމެ ބޮޑު ގެއްލުމެއް ވީ ނަމަވެސް، އެ ސިޓީ ހާމަ ނުކުރެއްވީ އެއީ ދައުލަތުގެ ސިއްރެއް ކަމަށްވާތީ ކަމަށާއި އެފަދަ ސިއްރުތައް ހާމަކުރަން ފަށައިފި ނަމަ ދައުލަތުގެ ސިއްރެއް ނޮއޮންނާނެ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް މަނިކުފާނު ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ސިޓީ އަކީ ސައްހަ ސިޓީ އެއްކަން މި ސަރުކާރުން ވެސް ހާމަ ކުރައްވާފައިވާ އިރު އޭގައި ދައުލަތަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނެތްކަން މިހާރު ހާމަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ އެ ސިޓީގެ ސަބަބުން އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލައިގެ ސްޓޭންޑަށް ބަދަލު ނާންނާނެ ކަމަށް ވެސް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދާއި ފުށުއެރުންތަކެއް ހުރިކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިގެން ކުރިއަށްދަނިކޮށް، މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ދިވެހިރާއްޖެއިން ޤަބޫލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުއްވާފައިވާކަމަށް، ދިވެހިރާއްޖޭގެ ބަންޑާރަނައިބު އިންޓަރނޭޝަނަލް ޓްރައިބިއުނަލްގައި ވިދާޅުވެފައިވާ ކަމަށް ބުނެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އަޑު ފަތުރާފައެވެ. އަދި އެ ސިޓީގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން އައީ އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ރައީސް ޞާލިހުގެ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލިކަމަށް ބުނެ އެ މަނިކުފާނުގެ އިސްތިޢުފާއަށް ގޮވުމުގެ އިތުރުން އެކަމާއި ގުޅިގެން ތަފާތު އެކި އެއްވުންތަކާއި މުޒާހަރާތައް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބާއްވާފައެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި އިޓްލޮސްއިން ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް، ރާއްޖެއަށް ފައިދާވާގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ. އެހެންކަމުން އެ ނިންމުމާއެކު، ރާއްޖެއަކީ ބައިނަލްއަގުވާމީ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް އިންވަކިކުރެވިފައިވާ، ފުރިހަމަ ގައުމަކަށް ވަނީ ބަދަލުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު