Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅު

މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު - "އެ ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެންނެއް ނުދޭ"

4 ސެޕްޓެމްބަރު 2023 | ހޯމަ 16:23

އެ ސިޓީފުޅުގައި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާފަދަ ކަމެއް ނެތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ސެޕްޓެމްބަރު 2023 | ހޯމަ 16:23
މޮރިޝަސް މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޮރިޝަސް މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖެއާ މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން ނުދާކަމަށް، ބާ ކައުންސިލްގެ ލޯ ރިވިއު ކޮމިޓީ (އެލްއާރްސީ)ން ނިންމައިފިއެވެ.

އެލްއާރްސީން އެ ނިންމުން ނިންމިކަން ބާކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް ވަނީ "ރާއްޖެއެމްވީ" އަށް ކަށަވަރުކޮށްދެއްވާފައެވެ. ބާ ކައުންސިލްގެ ލޯ ރިވިއު ކޮމިޓީ (އެލްއާރްސީ)އާ ހަވާލާދީ ބާ ކައުންސިލްގެ ރައީސް "ރާއްޖެއެމްވީ"އަށް ވިދާޅުވީ، އެ ސިޓީފުޅަކީ ޕްރައިމް މިނިސްޓަރަށް ފޮނުއްވާފައިވާ ސިޓީފުޅެއްކަން ކަށަވަރުކުރެވިފައި ވާކަމަށެވެ. އަދި އެ ސިޓީފުޅުގައި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާފަދަ ކަމެއް ނެތްކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއް ރާއްޖެއިން ހިމަނާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ ސިޓީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން ދިޔަ ކަމަށް ބުނެ ދެކެވެނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަަލައިގައި އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖޭގެ ދައުލަތުން އަމަލުކުރިގޮތުގެ ދިރާސާއެއް ދަނީ ކުރަމުންނެވެ. ރައީސް ސާލިހު ވަނީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި، އެ ދިރާސާގެ ތެރެއިން، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބާ ކައުންސިލާ ހިއްސާކުރައްވާފައި ވާކަން ހާމަަކުރައްވާފައެވެ.

ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސްއާ، ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާކަމަށް ބުނެ މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. އެ ސިޓީފުޅަށް ރިއާޔަތްކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި އިޓްލޮސްއިން ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް، ރާއްޖެއަށް ފައިދާވާގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ. އެހެންކަމުން އެ ނިންމުމާއެކު، ރާއްޖެއަކީ ބައިނަލްއަގުވާމީ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް އިންވަކިކުރެވިފައިވާ، ފުރިހަމަ ގައުމަކަށް ވަނީ ބަދަލުވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 ޖޫން 2017

ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

14 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު
09 ޖޫން 2017

އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ކޮމެޓީން ރުހުން ދީފި

09 ޖޫން 2017
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ކޮމެޓީން ރުހުން ދީފި
03 ޖޫން 2017

އޭޕްރީލް މަހުގެ ބިލްތައް ބޮޑުވީ، ހޫނު ގަދަވުމުގެ ސަބަބުން: ސްޓެލްކޯ

03 ޖޫން 2017
އޭޕްރީލް މަހުގެ ބިލްތައް ބޮޑުވީ، ހޫނު ގަދަވުމުގެ ސަބަބުން: ސްޓެލްކޯ
21 މެއި 2017

ވިއްސާރަވުމުގެ ސަބަބުން ދެ ފްލައިޓަކަށް އެއަރޕޯޓުގައި ނުޖެއްސުނު

21 މެއި 2017
ވިއްސާރަވުމުގެ ސަބަބުން ދެ ފްލައިޓަކަށް އެއަރޕޯޓުގައި ނުޖެއްސުނު
10 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

10 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ
04 އެޕްރީލު 2017

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް