Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ދަ ބެސްޓް އެވޯޑް

ފީފާ އެވޯޑަށް ވާދަކުރަނީ މެސީ، އެމްބާޕޭ އަދި ހާލަންޑް

އެންމެ ފަހުން ފީފާ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެސީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޑިސެމްބަރު 2023 | ހުކުރު 00:25
ފީފާ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން

ފީފާ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންގެ ނަން ހާމަކޮށްފި އެވެ.

ފީފާ އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އެވޯޑަށް ވާދަކުރަނީ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަދި މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ އާލިން ހާލާންޑު އެވެ. މި ތިން ކުޅުންތެރިންނަކީ، ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑަށް ވެސް ވާދަކުރި ތިން ކުޅުންތެރިންނެވެ. ބެލެންޑޯ އެވޯޑު ކާމިޔާބު ކުރީ މެސީ އެވެ.

ފީފާ އެވޯޑަށް ވާދަ ކުރާ ކުޅުންތެރިންގެ ތެރެއިން މެސީ ވަނީ، ޕީއެސްޖީ އާއެކު ފްރާންސް ލީގު ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ޔޫރަޕުގެ ގަދަ ފަސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް މެސީ އެވެ. އޭނާ ވަނީ ފްރާންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އާއެކު ފްރާންސް ލީގު ކާމިޔާބުކޮށް، ފްރާންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ފްރާންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އެމްބާޕޭ އެވެ. ހާލަންޑު ވަނީ މެންޗެސްޓަރ ސިޓީ އާއެކު އިނގިރޭސި ޕްރިމިއާ ލީގު، ޔުއެފާ ޗެމްޕިއަންސް ލީގު އަދި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އޭނާ ވަނީ، ޔޫރަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

އެންމެ ފަހުން ފީފާ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެސީ އެވެ. ދެ ވަނަ އަށް އެމްބާޕޭ ހޮވުނުއިރު، ތިން ވަނަ އަށް ދިޔައީ ފްރާންސްގެ ކަރީމް ބެންޒެމާ އެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ
06 އެޕްރީލު 2017

ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

06 އެޕްރީލު 2017
ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު