Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދައިގެ ހިދުމަތް

އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސްއަށް އަދިވެސް ކަވަރޭޖެއް ނުލިބޭ، މެޑިކަލް ޗެކްއަޕްގައި ހިމެނެނީ މިހާރުވެސް ހެދޭ އާދައިގެ ޓެސްޓްތައް

14 ޑިސެމްބަރު 2023 | ބުރާސްފަތި 03:38

އަންހެނުންނަށް ދިމާވާ ބޮޑެތި މައްސަލަތަކަށް އާސަންދަ ލިބޭނެ ކަމަށް ބުނެފައިވަނީ މި މަހުގެ 10 ވަނަ ދުވަހު، މިހާތަނަށް އަދި އެކަން ހަމަނުޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޑިސެމްބަރު 2023 | ބުރާސްފަތި 03:38
އައިޖީއެމްއެޗް ލެބޯޓްރީގައި ލޭ ނަގަނީ

އައިޖީއެމްއެޗް ލެބޯޓްރީގައި ލޭ ނަގަނީ

އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމްއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް އެ ހިދުމަތްތަކަށް އާސަންދަ ކަވަރޭޖް އަދިވެސް ނުލިބޭކަން ހާމަވެއްޖެއެވެ.

އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާސަންދައިގެ ތެރެއިން ލިބޭގޮތަށް ހަމަޖެއްސީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ’އެންޑޮމެޓްރިއޯސިސް‘ އަދި ’ޕީސީއޯއެސް‘ ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ވެސް ހިމެނޭ ކަމެކެވެ.

Advertisement - newsAdvertisement

ނަމަވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމްއިން ލިބޭނެ އިންތިޒާމް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަަށެވެ.

މިކަމާއި ގުޅިގެން އެސްއޯއީ ކޮމިޓިގައި އާސަންދައާއި ސުވާލުކުރުމުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ އެމްއެފްޑީއޭއިން މަސައްކަތް ކުރަމުން ދަނީ ސަރުކާރުން ފާސްކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން ޕީސީއޯއެސް އަދި އެންޑީމެޓްރޯސިސްގެ ޗެކްއަޕްތަކަކީ ވަރަށް އަވަހަށް ކުރެވޭނެ ކަމެއް ކަމަށާއި، އެކަމަކީ މިހާރު ވެސް ސްކީމްގެ ތެރެއިން ހޯދަން އެދޭ ކަންކަން ކަމަށާއި، އެހެންނަމަވެސް އެ ހިދުމަތް ރިޖެޓްކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޑޮކްޓަރުން ވަކި ކަމަކަށް ލަފާ ދީފިނަމަ، އެ ދޭ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހެދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިނަމަވެސް، އަދިވެސް އެ ހިދުމަތް ދޭން ނުފަށާކަން ވަނީ ހާމަވެފައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާސަންދައިގެ ތެރޭގައި ހިމެނޭ ޚިދުމަތެއްގޮތުގައި މެޑިކަލް ޗެކްއަޕް ފޯރުކޮށްދީ، އެކަމަށް މީހުން އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެކަމަށެވެ. ހަމަ އެއާއެކު އެކި އުމުރުފުރަޔަށް ބަހާލައިގެން އެކިކަހަލަ ޕެކޭޖްތައް ކަނޑައަޅައި ޢިއުލާން ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެސްއޯއީ ކޮމިޓީގައި މިކަމާއި ގުޅޭގޮތުން ޒީނިޔާ ވިދާޅުވީ، މީގެ ތަންކޮޅެއް ކުރިން ވެސް މެޑިކަލް ޗެކްއަޕް ފަށަން ވެގެން، ޕެކޭޖުތައް ހެދި އިރު ވެސް އަހަރަކު އެއް ފަހަރު ނުވަތަ ދެ އަހަރުން އެއް އަހަރު ހެދޭ ކަހަލަ ޓެސްޓުތައް ވެސް ލާފައި ޗެކްއަޕްތަކެއް ހަދަން ހިމެނި ކަމަށެވެ. އަދި މެޑިކަލް ޗެކްއަޕް ކީ ކަމުގައިވީ ނަމަވެސް، އޭގައި ހިމެނެނީ ވަރަށް ބޭސިކް ސްކްރީނިންތަކެއް ކަމަށެވެ. އެގޮތުން ބްލަޑް އަދި ޔޫރިން ޓެސްޓްތަކެއް ހެދުމަށް ފަހު، އިތުރަށް ކަންކަން ޗެކް ކުރާނީ ޓެސްޓްތަކުގެ ނަތީޖާއިން ކަމެއް ފާހަގަކުރެވޭ ކަމުގައިވާ ނަމަ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް