Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން ފްލެޓްތައް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ދައްކާލައިފި

2025 ވަނަ އަހަރުގެ ނިޔަލަށް ދެ މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2023 | ބުދަ 14:01
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ތަރައްޤީ ކުރި އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ދައްކާލައިފިއެވެ.

ބުދަ ދުވަހުގެ ހަވީރު މިކަމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އުންމީދަކީ ފްލެޓްތައް ހައްޤުވާ ފަރާތްތަަކަށް ލިބިގެން ދިޔުން ކަމަށެވެ. އަދި މިފަދަ މަޝްރޫއުތައް މި ސަރުކާރުން މެދުކެނޑުމެއް ނެތި ކުރިއަށްގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީޑިއާތަކަށް ދައްކާލާފައިވަނީ އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްގެ 16 ވަނަ ޓަވަރުގައި ހުރި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

މިއީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަމުންގެންދާ 4،000 ފްލެޓެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެއެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރުގައި ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެއެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެއެވެ.

ކޮންމެ ޓަވަރެއް ވެސް ޑިޒައިންކޮށްފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހިމަނައިގެންނެވެ. މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި އަށް ރެޒިޑެންޝިއަލް ޔުނިޓް ވެސް ހުންނާނެއެވެ.

މި މަޝްރޫއު ހިންގަން އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ 2025 ވަނަ އަހަރުގެ ނިޔަލަށް މި ދެ މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި

ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި

09 އެޕްރީލު 2017
ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

17 މާރިޗު 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު