Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮރަޕްޝަން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

އެމްޑީޕީން އޭސީސީއަށް ހުށަހަޅާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލައެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2017 | ހޯމަ 03:57
ފެނަކަ ކޯޕަރޭޝަން - އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފަ

ފެނަކަ ކޯޕަރޭޝަން - އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މަޤާމުގެ ނުފޫޒު، ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ މައްސަލަ އެމްޑީޕީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެމްޑީޕީން، އޭސީސީއަށް ހުށަހެޅި މައްސަލަގައި ބުނެފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ޝަރީފު، ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުން ދޫކޮށްލެވުމަށް އެދި، އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ކެންޑިޑެސީ ދޫކޮށްލާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ވަޒީފާ ހަމަޖައްސަވައިދެއްވާނެކަމަށް ދަންނަވާފައިވާކަމަށެވެ. އަދި މީގެ ކުރީގެ އިންތިޚާބެއްގައިވެސް އެފަދަ ހުށަހެޅުމެއް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަރީފު ހުށަހެޅުއްވިކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޕީޕީއެމް އިން ތިމަރަފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ތިމަރަފުށީގެ ކުރިއެރުމަށް މަންފާއެއް ލިބޭނީ ޕީޕީއެމްގެ ކައުންސިލަރުން ހޮވިގެން ކަމަށެވެ. އަދި ޕީޕީޢެމްއަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ތިމަރަރަފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ސްޓްރަކްޗަރ އަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ވެސް ޝަރީފް ދެއްވިއެވެ. އޭނާ ވިދާޅުވީ، މުއައްސަސާތަކުގެ އިސް ފަރާތްތަކާއި މުވައްޒަފުން އިޚްލާސްތެރިކަމާ އެކު ޕާޓީއަށް މަސައްކަތް ކޮށްގެން ކައުންސިލަރުން ހޮވަން އުޅެފި ނަމަ އެކަން ކާމިޔާބު ނުވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"މިހާރުން މިހާރަށް ވެސް ދަންނަވާލަފާނަން އަމިއްލަ ގޮތުން ނުވަތަ އެމްޑީޕީން ކައުންސިލަށް ކުރިމަތި ލައްވަނީ ވަޒީފާގެ ބޭނުމުގައި ވެއްޖިއްޔާއި އަޅުގަނޑު މިހުރީ އެމީހުނަށް ވަޒީފާ ހޯދައިދޭން ތައްޔާރަށް" ޝަރީފް ވިދާޅުވިއެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޝަރީފް މަސައްކަތްކުރެއްވިކަމަށް ބުނެ އެމްޑީޕީން މައްސަލައެއް އޭސީސީއަށް ހުށަހެޅުއްވިއިރު، ޝަރީފް ވަނީ ހޮނިހިރު ދުވަހު ބޭއްވުނު ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމުގެ ޕްރޮގްރާމްގައި، ފެނަކަ މުވައްޒިފުންގެ ފަރާތުން 2300 މެމްބަރުންގެ ސޮއި ހަމަކޮށް ޕީޕީއެމްއަށް ހުށަހަޅާފަ އެވެ.

ކޮރަޕްޝަން ހުއްޓުވުމަށް، ދިވެހިރާއްޖޭގައި އެކުލަވާލެވިފައިވާ ޤާނޫނުތަކުގައިވާގޮތުން، ވަކި ފަރާތަކަށް، ވަކި ޖަމާއަތަކަށް މަންފާ އާއި ފައިދާ ލިބޭގޮތަށް، ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތްތަކާއި، މުވައްޒިފުން ބޭނުންކުރުމަކީ ކޮރަޕްޝަން ކަމުގައި ބެލެވޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު