Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ސިޓީގެ ފަރިތަކުރުންތަކަށް ހާލަންޑް ނިކުންނަނީ

ހާލަންޑުގެ އަނިޔާއާ ގުޅޭ ގޮތުން އިތުރަށް އެއްޗެއް ބުނަން އިނގޭނީ އެ ފަރިތަކުރުމަށް ފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2023 | ބުރާސްފަތި 01:43
ސިޓީގެ ކޯޗު ގާޑިއޯލާ އަދި ހާލަންޑު

ސިޓީގެ ކޯޗު ގާޑިއޯލާ އަދި ހާލަންޑު

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް، އެ ޓީމުގެ ފަރިތަކުރުންތަކަށް ބުރާސްފަތި ދުވަހު ނިކުންނަން ފަށާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އެންމެ ފަހުން ހާލަންޑް ސިޓީގައި ކުޅުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން، ފުރިހަމަ ވަގުތު ހަމަވަންދެން ހާލަންޑް ވަނީ ކުޅެފަ އެވެ. ނަމަވެސް އޭގެ ފަހުންް ލީގުގައި ސިޓީން ލޫޓަން ޓައުނާ ދެކޮޅަށް ކުޅުނު މެޗުގައި ހާލަންޑް ކުޅެފައެއް ނުވެ އެވެ. އެ މެޗުގައި އޭނާ ކުޅެފައި ނުވަނީ އަނިޔާގެ ސަބަބުންނެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ، އޭނާ އަށް އުންމީދު ކުރެވޭ ގޮތުގައި ބުރާސްފަތި ދުވަހު ސިޓީން ކުރިއަށް ގެންދަން ނިންމާފައިވާ ފަރިތަކުރުންތަކަށް ހާލަންޑް ނިކުންނާނެ އެވެ. ހާލަންޑުގެ އަނިޔާއާ ގުޅޭ ގޮތުން އިތުރަށް އެއްޗެއް ބުނަން އިނގޭނީ އެ ފަރިތަކުރުމަށް ފަހު ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ، ހާލަންޑުގެ އަނިޔާ ސީރިއަސް ކަމަށް ޤަބޫލު ނުކުރާ ކަމަށާއި، އުންމީދަކީ ޕްރިމިއާ ލީގުގައި ދެން ސިޓީން ކުޅޭ މެޗުގައި އޭނާ އަށް ކުޅެވުން ކަމަށެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގައި ހުރުމަށްފަހު މިދިޔަ އަހަރު ސިޓީ އަށް ބަދަލުވި ހާލަންޑް އަންނަނީ އެ ޓީމުގައި މޮޅަށް ކުޅެމުންނެވެ. މި ސީޒަންގެ މިހާތަނަށް ވެސް އޭނާ ވަނީ ސިޓީ އަށް ކުޅެދިން 22 މެޗުން 19 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 14 ލަނޑަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ހާލަންޑް ޖަހާފައިވާ ލަނޑެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ވެސް އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިޔަކީ ހާލަންޑް އެވެ.

މިވަގުތު ސިޓީ އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ލީގު ތާވަލްގައި އެ ޓީމުގެ މަގާމު ކުރިއަށް ޖައްސާލަން ސިޓީން ކުރާ މަސައްކަތުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗު އެ ޓީމަށް ވަރަށް މުހިންމު ވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

21 ޖުލައި 2017
ގްރީން މެޗަށް ނިކުންނަނީ ވަރަށް ބޮޑު ގޮންޖެހުންތަކާއެކު: ސެކުލޮވްސްކީ

ގްރީން މެޗަށް ނިކުންނަނީ ވަރަށް ބޮޑު ގޮންޖެހުންތަކާއެކު: ސެކުލޮވްސްކީ

12 ޖުލައި 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު