Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި ލައްވާނެ އިތުރު ބޭފުޅަކު ނެތްތޯ؟

ސަރުކާރަކީ ތިމާމެންގެ ސިޔާސީ ކުދިން ކޮޅަށް ނުވަތަ، ޘަނާ ކިޔަން ތިބޭ ސިޔާސީ މީހުންނަށް "ދޮލަނގަށް" ލައިގެން ވަޒީފާ ބަހަން އޮންނަ ތަނެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2023 | ބުރާސްފަތި 05:22
ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ސަރުކާރެއް ޤާއިމުވެފައި އޮންނަނީ އާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. ސަރުކާރުގެ މުއައްސަސާތަކާއި އިސްވެރިންގެ ޒިންމާ އަކަށް ވާން ޖެހޭނީ ރައްޔިތުންނާ ގުޅުން ހުރި އެންމެހާ ކަންކަމުގައި މަސައްކަތް ކުރުމެވެ. އެއްވެސް ޙާލެއްގައި މަހުން މަހަށް މުސާރަ ނަންގަވައިގެން، ދެ ފައި އޮޅާލައިގެން ތިއްބަވާކަށް ނޫނެވެ. އަމުދުން ސަރުކާރަކީ ތިމާމެންގެ ސިޔާސީ ކުދިން ކޮޅަށް ނުވަތަ، ޘަނާ ކިޔަން ތިބޭ ސިޔާސީ މީހުންނަށް "ދޮލަނގަށް" ލައިގެން ވަޒީފާ ބަހަން އޮންނަ ތަނެއް ވެސް ނޫނެވެ. އެހެން ބުންޏަސް، މިފަހަރު މި އޮތީ ވަރުގަދަ ކަމަކާ ޖެހިފަ އެވެ. ހަމަ ބަހަނީ އެވެ. ނަގަނީ އެވެ. ޖެހުނު ތަނަކުން، ޖެހުނު ތަނަކަށް ނަގަނީ އެވެ. އެކި ފަންތީގެ، އެކި ގިންތީގެ މަގާމުތަކަށެވެ.

ވަޒީރުންގެ ނައިބު ކަމުގެ މަގާމުން ފަށަމާ ބަހީ އެވެ. އެއާ ވިދިގެން ސްޓޭޓް މިނިސްޓަރުންގެ މަގާމެވެ. ނުވިތާކަށް ވަޒީރުންގެ މަގާމެވެ. ވުޖޫދުގައި ނެތް މަގާމުތައް ވެސް، މޫލައިގެން އެއޮށް އަރަނީ އެވެ. އުތުރި އަރަނީ އެވެ. ވަޒީފާތައް އުތުރި އެރިވަރު ނިކަން ދެކިބަލާށެވެ. ވުޖޫދު ކުރަން ހަމަޖެހުނީ ރަސްމީކޮށް 22 ވުޒާރާއަށްވާ، 22 ވަޒީރުންނެވެ. އެކަމަކު، މި އަދަދު ބޮއްސުން ލައިގެން ގޮސް، ވުޒާރާތަކުގައި ތިއްބަވާ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބެވި ވަޒީރުންގެ އިތުރަށް، އެ ވަޒީރުންނާ އެއް ފެންވަރަށް، އެކި ވުޒާރާތަކަށް ޖުމުލަ އިތުރު 21 ބޭފުޅަކު އެބަ ތިއްބެވި އެވެ. ވަޒީރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ އަދަދު 43 އަށް އެރީ އެވެ. އަޅެ ފަހެ، މީހަކު މޮޔަ ނުވާނެ ހެއްޔެވެ؟

މިއީ، މިދިޔަ ސަރުކާރުގެ މަތި ބަރުވެގެން، އެކަމާ ހިތްޕުޅާ ނުވެ، ރޭގަނޑުގެ ނިދި ނަންގަވަައިގެން، ޓުވީޓު ކުރައްވައި، ޕޯޑިއަމްތަކުގައި މޮޅެތި ވާހަކަ ދައްކަވައިގެން، ރައްޔިތުން ގުނބޯ ހެއްދެވި، ލީޑަރުންގެ ފެންވަރެވެ. މިސާލަކަށް ބަލާލަމާ ހިންގަވާށެވެ. ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ރައީސް އޮފީހުގައި ތިއްބެވީ ފަސް ވަޒީރުންނެވެ. އަދުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރައީސް އޮފީހުގައި 13 ވަޒީރުން އެބަ ތިއްބަވަ އެވެ. ދެން ވެސްވީ، އަތުން ހަންދާ ވަރަށް އަތް ޖައްސަވަން ހެއްޔެވެ؟

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި މީގެ ކުރިން ތިއްބެވީ 38 ބޭފުޅުންނެވެ. ރައީސް މުޢިއްޒުގެ ވެރިކަމަށް 27 ދުވަސްވީއިރު، އެ އަދަދު ހުރީ 63 ގައެވެ. ނިމުނު ފަސް އަހަރު އެއްކޮށް، ވަޒީރުންގެ ނައިބުންގެ ގޮތުގައި ތިއްބެވީ 48 ބޭފުޅުންނެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގައި މިހާތަނަށް 72 ނައިބު ވަޒީރުން އެބަ ތިއްބެވި އެވެ. ނިމުނު ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީގުގައި 319 ބޭފުޅުން ތިއްބެވިއިރު، މިހާތަނަށް މި ސަރުކާރުގައި 343 ބޭފުޅުން އެބަ ތިއްބެވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި މީގެ ކުރިން 65 ބޭފުޅުން ތިއްބެވިއިރު، މިހާތަނަށް މި ސަރުކާރުގައި 69 ބޭފުޅުން އެބަ ތިއްބެވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ގެކޮޅުގައި މީގެ ކުރިން 22 ބޭފުޅުން ތިއްބެވި ނަމަވެސް، މިހާރު އެ އަދަދު ހުރީ 43 ގައެވެ.

މިއޮތީވާ ކަމަކާ ޖެހިފަ އެވެ. ވަޒީރުންގެ ފެންވަރުގައި އެއް ވުޒާރާއެއްގައި ތިން ބޭފުޅުން ތިބޭ ހިސާބަށް ސަރުކާރު ގޮސްފި އެވެ. ވަޒީރަށް އެޑްވައިޒް ދެއްވާނެ ބޭފުޅަކު ވެސް އައްޔަން ކުރެއްވީ ވަޒީރު ފެންވަރުގަ އެވެ. އަނެއްކާ އެ އެޑްވައިޒަރަށް އެޑްވައިޒް ދޭން ވަޒީރު ފެންވަރުގައި ބޭފުޅަކު ލާންވީ ހެއްޔެވެ؟ އެ ވުޒާރާ އަށް ވެސް ވަޒީރުންގެ ފެންވަރުގައި އެ ޢައްޔަން ކުރެއްވީ، ކުރީގެ މާލީ ވަޒީރާއި، ކުރީގެ ގަވަރުނަރެވެ. ވިސްނާ ވިސްނާ ބޯ ގޮވާ ހިސާބަށް ގޮސްފި އެވެ.

ދެން އޮތީ އެންމެ ގޮތެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި އެހެން ބޭފުޅަކު ލެއްވުމެވެ. ވާނީވެސް އެެހެންތާ އެވެ! ސަރުކާރު ޕާޓީ ހިފަހައްޓަން ވަޒީފާ ދޭން އޮތް ލިސްޓު މާ ދިގީއޭ ރަށު ތެރެއިން ވެސް އެބަ ކިޔަ އެވެ. ރަށު ތެރެއިން އެ ގޮވާ ގޮވެލި ފަތި، މިއަދު މި ދަނީ ހަގީގަތަކަށް ވަމުން ނޫން ހެއްޔެވެ؟ ރަށު ތެރޭގައި މިހާރު އަމުދުން މި ވާހަކަ މާ ބާރަށް ދެކެވެން ފަށައިފި އެވެ. އެވެރިން ބުނާ ގޮތުގައި، ދުވަސް ކޮޅެއް ފަހުން، ރައީސުލްޖުމްހޫރިއްޔާގެ ފެންވަރުގައި އިތުރު ބޭފުޅުން ވެސް ފެނިދާނެ އެވެ. މިއޮތީވާ ސަރުކާރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

17 އޮކްޓޯބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު