Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުޙައްމަދު ނަޝީދު

މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިނުގަންނަވައި، ރައީސް ނަޝީދު ސިޔާސީ މަސައްކަތްތަކުން ދުރަށް

12 ޑިސެމްބަރު 2023 | އަންގާރަ 15:35

ރައީސް ނަޝީދު ސިޔާސީ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވާފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އެމަނިކުފާނަށް ލިބިވަޑައިގަތުމުގެ ސަބަބުން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 12 ޑިސެމްބަރު 2023 | އަންގާރަ 15:35
ކުރީގެ ރައީސް، މުޙައްމަދު ނަޝީދު

ކުރީގެ ރައީސް، މުޙައްމަދު ނަޝީދު

ކުރީގެ ރައީސް އަދި މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، މެންބަރު ކަމުގެ މަގާމުން ވަކިވެވަޑައިނުގަންނަވައި ސިޔާސީ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގެންނަވަން ނިންމަވައިފި އެވެ.

ސިޔާސީ ކަންކަމުން އަހަރުތަކަކަށް ދުރަށް ޖެހިވަޑައިގަންނަވާކަން އިއުލާން ކުރައްވަމުން ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވަނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަން ވެސް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އެގޮތުން އެމަނިކުފާނުގެ އެ ބަޔާނުގައި ވިދާޅުވީ ސިޔާސީ މަސައްކަތްތަކުގައި އެމަނިކުފާނު އުޅުއްވާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި، ސިޔާސީ މަސައްކަތްތަކުގައި ގިނަ ގުނަ ފަރާތްތަކެއްގެ އެހީތެރިކަން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށެވެ.

އަދި އެމަނިކުފާނު ސިޔާސީ މަސައްކަތްތަކުގައި އުޅުއްވީީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާ ކުރެއްވުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރުން، ރާއްޖެ އަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހްތިރާމު ކުރާ އަދި ދުލާއި ގަލަމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިފައިވާ ގައުމަކަށް ހެއްދެވުމަށް ކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި އެމަނިކުފާނުގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގެންނެވި ފަދަ ވާހަކަކޮޅެއް ވެސް ހިމެނުއްވި އެވެ. އެގޮތުން އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރުކަމުގައި ފާހަގަ ކުރައްވައި، އެ ދާއިރާގެ ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

އެއާއެކު، ރައީސް ނަޝީދު މެންބަރު ކަމުން ވަކިވެވަޑައިގެންނެވިކަމުގެ ސުވާލު މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އެފަދަ މައުލޫމާތެއް މަޖިލީހުގެ އިދާރާއަށް އަދި ލިބިފައިނުވާ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ބަޔާނުގައި ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ހިނގި ބައެއް ކަންކަމުގެ މައްޗަށް ވެސް އަލި އަޅުއްވާފަ އެވެ. އެގޮތުން ގިނަ އަނިޔާތަކާއި ޖަލުގައި އެތައް ފަހަރަކު ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް، އެ ހަޔާތުގައި ގިނަ އުފާވެރި ކަންތައްތަކެއް ހިނގި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ރައީސްކަން ކުރެއްވި ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދު ސިޔާސީ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވާފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އެމަނިކުފާނަށް ލިބިވަޑައިގަތުމުގެ ސަބަބުން، އެކަމަށް ވަގުތު ހުސްކުރެއްވުމުގެ ބޭނުމުގައި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް