Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގްރީން ސްޓްރީޓް

ޝާފީ އަދި ޓޫކިލޯ ގްރީންއަށް

ޝާފީ އާއި ޓޫކިލޯގެ އިތުރުން، ސްލޮވާކިއާގެ ވިލއަން މަކޯ އަދި ވިކްޓްރީއަށް ކުޅެމުން އައި ތޮއްޕެ ވެސް ވަނީ ގްރީން ސްޓްރީޓާ ގުޅިފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 27 ޖުލައި 2017 | ބުރާސްފަތި 14:45
މާލެ ލީގުގައި ގްރީން ސްޓްރީޓާއި ވެލެންސިއާ ބައްދަލުކުރި މެޗެއްގެ ތެރެއިން

މާލެ ލީގުގައި ގްރީން ސްޓްރީޓާއި ވެލެންސިއާ ބައްދަލުކުރި މެޗެއްގެ ތެރެއިން

ކްލަބް ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) އާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުޚުތާރު ނަސީރު (ޓޫކިލޯ) އަދި ސްލޮވާކިއާގެ މިޑްފިލްޑާ ވިލިއަން މަކޯ ކްލަބް ގްރީން ސްޓްރީޓާ ގުޅިއްޖެއެވެ.

މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ މާލެ ލީގުގެ ދެވަނަ މަގާމު ހޯދައިގެން ޕްރެމިއާ ލީގަށް ކޮލިފައިވެފައިވާ ކްލަބް ގްރީން ސްޓްރީޓުން އަންނަނީ ސްކޮޑް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކްލަބް ވެލެންސިއާއިން ކެރިއަރު ފެށި ޝާފީ ވަނީ މީގެ ކުރިން ވިކްޓީ އާއި ނިއުރޭޑިއަންޓަށްވެސް ކުޅެފައެވެ. ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝާފީ އަކީ މިހާރު ރާއްޖޭގައު ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރެވެ.

ގްރީން ސްޓްރީޓާއި ގުޅިފައިވާ މުޚުތާރު ނަސީރު (ޓޫކިލޯ) އަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވިންގާއެވެ. އެގޮތުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ރާއްޖެއަށް ފުރަތަމަ ފަހަރަށް ފުޓުބޯޅައިން ރަން މެޑަލްއެއް ހޯދައި ދިނުމުގައި ޓޫކިލޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ ރަން ކާމިޔާބީ ހޯދި ގައުމީ ސްކޮޑުގައި، ޓޫކިލޯ އާއި އެކު، މިހާރު ގްރީން ސްޓްރީޓަށް ކޯޗްކަން ކޮށްދެމުން އަންނަ ސޮބާހް މުހަންމަދު (ސޮބާ) ކުޅެފައި ވާއިރު، ޓޫކިލޯ އަކީ ފައުނަލުގައި އިންޑިއާކޮށް ރަން ގޯލް ޖަހައިދިން ކުޅުންތެރިޔާއެވެ.

ގްރީންއަށް ގެނައި ބިދޭސީ ކުޅުންތެރިޔާ، ސްލޮވާކިއާގެ މިޑްފިލްޑަރު ވިލިއަން މަކޯ ވަނީ މީގެ ކުރިން ސޮބާގެ ކޯޗުކަމުގެ ދަށުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެފައެވެ. މީގެ އިތުރުންވެސް އޭނާ އަކީ އަމިއްލަ ގައުމު، ސްލޮވާކިއާ އަދި ހަންގޭރީގެ ފުރަތަމަ ޑިވިޝަނުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ ތަޖުރިބާކާރު ޑިފެންޑަރެކެވެ.

މި ތިން ކުޅުންތެރިންގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅެމުން އައި އުންމީދީ ކުޅުންތެރިޔާ އަލީ ޝާމިޝް (ތޮއްޕެ) ވެސް ވަނީ ވިކްޓްރީ ދޫކޮށް ގްރީން ސްޓްރީޓާއި ގުޅިފައެވެ. މާލެ ލީގުގެ ފުރަތަމަ ކޮޅުގައި ވިކްޓްރީއަށް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދެވަނަ ބުރުގައި އަނިޔާގައި ހުރުމުގެ ސަބަބުން ތޮއްޕެއަށް ގިނަ މެޗުތަކުން ފުރުސަތު ލިބިފައެއް ނުވެއެވެ.

ޝާފީ ވެލެންސިއާ ދޫކޮށްލާފައި ވާއިރު، ވެލެންސިއާ އަށް މިފަހަރުގެ ސީޒަން ވަނީ ގާތްގަނޑަކަށް ނިމިފައެވެ. މާލެ ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނުމުން ދެން އެޓީމަށް ޖެހުނީ ރެލިގޭޝަނުން ސަލާމަތް ވުމަށްޓަކާ މާލެ ލީގުގެ ޕްލޭއޮފްގައި ކުޅޭށެވެ. ނަމަވެސް ދެވަނަ ޑިވިޝަނުގެ ގަދަ ދެޓީމް ކަމަށްވާ ކްލަބް ޒެފްރޯލް އާއި ކުޑަހެންވޭރު ޔުނައިޓެޑް ޕްލޭއޮފްގައި ވާދަ ނުކުރާގޮތަށް ނިންމުމުން އެފްއޭއެމްއިން ވަނީ ޕްލޭއޮފް ކެންސަލް ކޮށްލާފައެވެ. އެހެންކަމުން ވެލެންސީއާގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ، އީގަލްސް އަދި ވިކްޓްރީއަށްވެސް ވަނީ އަންނަ ސީޒަނުގެ މާލެ ލީގުން ޖާގަ ލިބިފައެވެ. ނަމަވެސް މި ޓީމްތަކުގެ ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް އަންނަނީ ކްލަބް ދޫކޮށް ޕްރެމިއާ ލީގުގައި ހިމެނޭ ކްލަބް ތަކާއި ގުޅެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައްރަ އާއި ޝާފީ ސަސްއަށް ސޮއިކޮށްފި

ފައްރަ އާއި ޝާފީ ސަސްއަށް ސޮއިކޮށްފި

26 އޮކްޓޯބަރު 2020
ޒުވާން ފޯވާޑް އޮގީ ގްރީންއަށް ސޮއިކޮށްފި

ޒުވާން ފޯވާޑް އޮގީ ގްރީންއަށް ސޮއިކޮށްފި

12 ޖުލައި 2020
ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭގެ ހެޓްރިކާއެކު ގްރީންއަށް ފަސޭހަ މޮޅެއް

ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭގެ ހެޓްރިކާއެކު ގްރީންއަށް ފަސޭހަ މޮޅެއް

03 އޯގަސްޓު 2019
ބަކާ ވެސް ގްރީންއަށް ސޮއިކޮށްފި

ބަކާ ވެސް ގްރީންއަށް ސޮއިކޮށްފި

08 މެއި 2019
ބޮބީ ގްރީންއަށް ސޮއިކޮށްފި

ބޮބީ ގްރީންއަށް ސޮއިކޮށްފި

13 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު