Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

ކުޑަހުވަދޫ އަތުން ގްރީންއަށް ހަނި މޮޅެއް

24 އޯގަސްޓު 2017 | ބުރާސްފަތި 14:37

ގްރީންއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 އޯގަސްޓު 2017 | ބުރާސްފަތި 14:37
ގްރީން ސްޓްރީޓާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީން ސްޓްރީޓާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗު ގްރީން ސްޓްރީޓުން ކާމިޔާބު ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު ގްރީންއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފޯރި ގަދަ ކުޅުމެއް ފެނިފައެވެ.

ފުރަތަމަ ހާފު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެމުން ދިޔައީ ގްރީން ސްޓްރީޓެވެ. އެހެން ނަމަވެސް އެ ޓީމުން ވަނީ ލިބުނު ގިނަ ފުރުސަތުތަށް ބޭކާރު ކޮށްލާފައެވެ. ކުޑަހުވަދޫއިން މި ހާފުގައި ފެނިގެން ގޮސްފައިވަނީ މޮޅު ޑިފެންސިވް ގޭމެކެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ގްރީން އިން ވަނީ ލިބުނު ފުރަސަތެއްގެ ބޭނުންކޮށް މެޗުގެ ލީޑު ނަގާފައެވެ.

ގްރީންއަށް އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ވިލިއަމް މަކޯއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށް ދިނީ އަރިމަތިން ނެގި ހުރަހެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ވަރަށް ބާރަށް ގޯލާއި އަމާޒުކޮށް ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ކުޑަހުވަދޫގެ މައްޗަށް ގްރީން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ގްރީން އިން ނުކުތީ އިތުރު ގޯލުތަކެއް ކާމިޔާބު ކުރުމަށެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ފުލުފުލުގައި ގްރީން އިން ވަނީ ކުޑަހުވަދޫގެ ގޯލަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ކުޑަހުވަދޫގެ ކީޕަރު އަބްދުﷲ ޔަޒީދު ވަނީ ގޯލާއި އަމާޒުވި ގިނަ ހަމަލާތައް ދިފާއު ކޮށްފައެވެ.

އެހެން ނަމަވެސް މެޗުގެ ފަހު 20 މިނުޓުގައި ކުޑަހުވަދޫއިން ވަނީ ކުޅުން ރަނގަޅުކޮށް ގްރީންގެ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން ކުޑަހުވަދޫގެ ހަސަން އިބްރާހިމް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާއިއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުން ބަލިވި ކަމުގައި ވިޔަސް ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ބޯޑަށް ހިތްހަމަ ޖެހޭ ކަމަށެއެވެ. އަދި މިއަހަރުގެ ލީގަށް ކުޑަހުވަދޫއިން ކުރިމަތި ލީ ވަކި ޓާގެޓެއް ކަނޑައަޅައިގެން ނޫން ކަމަށާއި އޭނާގެ ބޭނުމަކީ މިއަންނަ އަހަރަށް ޓީމު ތައްޔާރުކުރުން ކަމަށް މޯހަން ބުނެފައިވެއެވެ.

ގްރީންގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މެޗުން މޮޅުވުމުގެ ޓާގެޓު ހާސިލްވުމުން ހިތްހަމަ ޖެހޭ ކަމަށާއި އެހެން ނަމަވެސް ގިނަ ކުޅުންތެރިންގެ ފަރާތުން މިއަދުގެ މެޗުގައި ފެނުނު ކުޅުމާއި މެދު އެންމެ ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ކުރިޔަށް އޮތް މެޗުތަކުގައި އިތުރަށް ސަމާލު ވާން ޖެހޭނެ ކަމަށާއި އަތޮޅުތަކުން އައި ޓީމުތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް އަންނަނީ ރަނގަޅުވަމުން ކަމަށް އޭނާ ބުނެފައިވެއެވެ.

މި މޮޅާއިއެކު ގްރީން އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއިއެކު ތާވަލުގެ ދެވަނައިގައެވެ. އަދި ކުޑަހުވަދޫ އޮތީ ތިން މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ތާވަލުގެ އަށްވަނައިގައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް