Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭގެ ހެޓްރިކާއެކު ގްރީންއަށް ފަސޭހަ މޮޅެއް

ގްރީން މޮޅުވީ ނިލަންދޫއާ ވާދަކޮށް 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 3 އޯގަސްޓު 2019 | ހޮނިހިރު 14:17
ގްރީންގެ ކުޅުންތެރިން އުފާފާޅުކުރަނީ

ގްރީންގެ ކުޅުންތެރިން އުފާފާޅުކުރަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ) ގެ ހެޓްރިކާއެކު ކްލަބް ގްރީން ސްޓްރީޓްސްއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން ގްރީން މޮޅުވީ ފ.ނިލަންދޫއާ ވާދަކޮށް 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ހަވަނަ މިނެޓުގައި ގްރީންއިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކުރީ ދަގަނޑޭއެވެ. މި ލަނޑަށްފަހު ވެސް ގްރީންއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ގްރީންއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 31 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ރިޒުހާންއެވެ.

ދެވަނަ ހާފް ފެށިގެން ތިންވަނަ މިނެޓުގައި މުހައްމަދު އުމެއިރު ވަނީ ގްރީންގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. ގްރީންގެ ހަތަރުވަނަ ލަނޑު 64 ވަނަ މިނެޓުގައި ދަގަނޑޭ ކާމިޔާބުކުރިއިރު، 73 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގައި ގްރީންގެ ހަވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަބްދުﷲ ޔާމީންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހެޓްރިކް ހެދި ދަގަނޑޭއެވެ.

މި ނަތީޖާއާއެކު ގްރީން އޮތީ ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ނިލަންދޫ އޮތީ ކުޅުނު ފަސް މެޗުންވެސް ބަލިވެ ތާވަލުގެ ފުލުގައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު