Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯލް އެސޯސިއޭޝަން

ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް އަނެއްކާވެސް ޝާފީ ހަމަޖައްސައިފި

11 ނޮވެމްބަރު 2018 | އާދީއްތަ 11:33

ޝާފީ އަކީ މީގެކުރިން ވީއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި ބޭފުޅެއް

ލީވާން އަލީ
ލީވާން އަލީ | 11 ނޮވެމްބަރު 2018 | އާދީއްތަ 11:33
ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގެ އިންތިޒާމު ކޮމެޓީގެ ބައްދަލުވުމުގައި މުހައްމަދު ޝާފީ (ކ) ވާހަކަ ދައްކަވަނީ

ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގެ އިންތިޒާމު ކޮމެޓީގެ ބައްދަލުވުމުގައި މުހައްމަދު ޝާފީ (ކ) ވާހަކަ ދައްކަވަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކެޓްރީއަކަށް އަނެއްކާވެސް މުހައްމަދު ޝާފީ ހަމަޖައްސައިފިއެވެ.

މީގެ ކުރިން ވީއޭއެމްގެ މާކެޓިންގް އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރ ގެ މަގާމުވެސް އަދާކޮށްފައިވާ ޝާފީ ޖެނެރަލް ސެކެޓްރީ އަކަށް ހަމަޖެއްސިއިރު، އެ މަގާމުގައި ކުރިން ހުންނެވީ ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު އަދި ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަހުމަދު އަދީލް (ބޭބެ) އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު (ލަތީބެ) ވިދާޅުވީ، ޖެނެރަލް ސެކެޓްރީ އަކަށް ޝާފީ ހަމަޖެއްސީ ވޮލީގެ ހަރަކާތްތައް އެދެވޭ ގޮތެއްގައި ކުރިޔަށް ނުދާ ކަމަށް ވޮލީގެ އާއިލާން ބުނަމުންދާތީ އެކަންތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

ލަތީބެ ވިދާޅުވީ، ވޮލީގެ ކަންކަމާ ގުޅިގެން ފާއިތުވެދިޔަ ދުވަސްތަކުގައި ޝާފީ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައި ކަމަށާއި، އެހެންނަމަވެސް އެ ފާޑު ކިޔުންތަކަކީ ބިނާކުރެވިނިވި ފާޑު ކިޔުންތައް ކަމަށެވެ. އެގޮތުން އެ ފާޑު ކިޔުންތައް ޕޮޒިޓިވްކޮށް ނެގި ކަމަށެވެ.

ބޭބެއާ ބެހޭގޮތުން ލަތީބެ ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ބޭބެ ވަނީ ވޮލީ އަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައި ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި ބޭބެ ބޮޑަށް ކުރާނީ ޓެކްނިކަލް މަސައްކަތްތައް ކަމަށެވެ.

މީގެއިތުރުން ކުރިޔަށް އޮތް އަހަރު ވައިޑީޕީ އަށް ފޯކަސްކޮށްގެން ވޮލީ ކުރިއެރުވުމަށް ވީއޭއެމް އިން ނިންމާފައިވާއިރު، ބޭބެގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށްވެސް ލަތީބެ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ބޭބެ ވިދާޅުވީ، ދެން ބޮޑަށް ފޯކަސް ކުރާނީ ޓެކްނިކަލް ކަންކަމަށް ކަމަށާއި، އެގޮތުން ވޮލީގެ ޑިވެލޮޕްމެންޓަށް މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އަދި ވޮލީގެ ހިދުމަތްތަކުން ދުރަށް ނުދާ ކަމަށްވެސް ބޭބެ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ބޭއްވުނު އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗާ ގުޅޭ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހިގެން އެ މުބާރާތަށްފަހު ޝާފީ ވަނީ އޭނާ އަދާކުރަމުންދިޔަ މާކެޓިންގް އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރ ގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޝާފީ އަކީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އެފްއައިވީބީ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެނޓްރަލް ޒޯން ކޮލިފައިން މުބާރާތް އިންތިޒާމުކުރަން އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ.

ޝާފީއަކީ ކުރިން ވީއޭއެމްގެ ރައީސްކަމަށް ވެސް ކުރިމަތިލެއްވި ބޭފުޅެކެވެ. އެގޮތުން ވީއޭއެމްއިން 2012 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ޝާފީ ވާދަކޮށް އެންމެ ވޯޓަކުން ބަލިވިއިރު، 2016 ވަނަ އަހަރު ބޭއްވި ވީއޭއެމްގެ ފުރަތަމަ އިންތިހާބުގައި ޝާފީ ވާދަކުރާނެ ކަމަށް އިއުލާންކުރެއްވި ނަމަވެސް ފަހުން އޭނާ ވަނީ ނަން އަނބުރާ ނަންގަވައިފައެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

09 މެއި 2017
ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް
01 މެއި 2017

ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް

01 މެއި 2017
ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
18 އެޕްރީލު 2017

ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

18 އެޕްރީލު 2017
ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ފެބުރުއަރީ 2017

ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

08 ފެބުރުއަރީ 2017
ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް