Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮގީ ގްރީންއަށް ބަދަލުވުން

ޒުވާން ފޯވާޑް އޮގީ ގްރީންއަށް ސޮއިކޮށްފި

12 ޖުލައި 2020 | އާދީއްތަ 08:51

އޮގީ ގްރީންއަށް ބަދަލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ޖުލައި 2020 | އާދީއްތަ 08:51
ޒުވާން ފޯވާޑް މުޙައްމަދު ޖައިލަމް (އޮގީ): އޭނާ އަކީ ކުރިއަށް އޮތް ސީޒަނަށް ގްރީންއަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ

ޒުވާން ފޯވާޑް މުޙައްމަދު ޖައިލަމް (އޮގީ): އޭނާ އަކީ ކުރިއަށް އޮތް ސީޒަނަށް ގްރީންއަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ

ޒުވާން ފޯވާޑް މުޙައްމަދު ޖައިލަމް (އޮގީ) ކްލަބު ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.

ށ. ފޯކައިދޫ ޓީމަށް ކުޅެމުން އައި ޒުވާން ފޯވާޑް ގްރީންއަށް ބަދަލުވިކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. އޮގީ ގްރީންއަށް ބަދަލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އޮގީ ގްރީންއަށް ބަދަލުވިއިރު، މިއީ ކުރިއަށް އޮތް ސީޒަނަށް ގްރީންއަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

އދ. ހަންޏާމީދޫއަށް އުފަން އޮގީ ވަނީ އުމުރުން 16 އަހަރުގައި ބީޖީ ސްޕޯޓްސް ކްލަބަށް ކުޅެފައެވެ. އޭނާ ބޮޑަށް ފާހަގަވާން ފެށީ 2018 ވަނަ އަހަރު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދޫ ޓީމުންނެވެ. އެއާއެކު އެ އަހަރު އޮގީ ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އަދި މިދިޔަ އަހަރު އޮގީ ވަނީ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނި، މިދިޔަ އަހަރުގެ ކުރީކޮޅުގައި އޮތް އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅެފައެވެ. އޭނާ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމަށް އެންމެ ފުރަތަމަ ނަގާފައިވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ށެވެ. އެއަށްފަހު ގައުމީ ސްކޮޑުން ގަވާއިދުން ޖާގަ ހޯދަމުން އައި އޮގީގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ އޭނާއަށް މިދިޔަ ސީޒަނުގެ ފަހުކޮޅު ބައެއް މެޗުތައް ވަނީ ގެއްލިފައެވެ.

އޮގީގެ ވާތު ކަކުލަށް އަނިޔާވީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކްލަބު އީގަލްސް އަތުން 3-2 އިން ފޯކައިދޫ މޮޅުވި މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން އޮގީ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ގްރީންއިން ކުރިއަށް އޮތް ސީޒަނަށް އޮގީގެ ސޮއި ހޯދިއިރު، އަންނަ ސީޒަން ޑިސެމްބަރު މަހުގެ ތެރޭގައި ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް