Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލަސީމިއާ ހޮސްޕިޓަލް

ތެލަސީމިއާ ހޮސްޕިޓަލެއް އެޅުމަށް ނިންމާ، ބޯންމެރޯގެ ޚިދުމަތްތައް ދެނީ

10 ޑިސެމްބަރު 2023 | އާދީއްތަ 13:37

ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ޑިސެމްބަރު 2023 | އާދީއްތަ 13:37
ލޭ ހަދިޔާ ކުރަނީ

ލޭ ހަދިޔާ ކުރަނީ

ބޯންމެރޯގެ ފަރުވާ ބޭނުންވާ ހުރިހާ އެންމެންނަށް އެ ފަރުވާ ފޯރުކޮށްދީ ރާއްޖޭގައި އެ ފަރުވާއަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިކަން ވަނީ ނިންމާފައެވެ. ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތައް ތަފްސީލު ކޮށްދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ, ޕަބްލިކް ޕޮލިސީ, މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޚިދުމަތް ފަހިކޮށް ދިނުމާ ގުޅޭ ގޮތުން ތިން ކަމެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް، ކުރިއަށް އޮތް އަހަރު ތެރޭގައި ދައުލަތުގެ ޚަރަދުގައި ފަސް ކުއްޖަކަށް ޓްރާންސްޕްލާންޓް ހަދައި ދިނުމަށާއި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ފުރަތަމަ ކުއްޖާ ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.ހަމައެއާއެކު، ބޯންމެރޯ ޓްރާންސްޕާލަންޓް ހެދުމަށް ދައުލަތުގައި ގިނަ ބަޔަކު އެދިފައިވުމުން، ކުރިއަށް އޮތް އަހަރުތަކުގައި، ޓްރާންސްޕްލާންޓަށް ޝަރުތު ހަމަވާ ކުދިންނަށް އެ އޮޕަރޭޝަން ހެދޭނެ ގޮތް މަގުފަހިކޮށްދިނުމަށާއި އެކަމަށް ޚާއްޞަ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބޯންމެރޯ ހެދުމަށް 40 ކުދިން ތިބި ކަމަށާއި ސިއްހީ ގޮތުން އެ ފަރުވާއަށް 35 ކުދިން ކޮލިފައިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ. ކުރިއަށް އޮތް އަހަރު ތެރޭ ފަސް ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ހޮސްޕިޓަލް ގާއިމުކުރާނީ މާލެ ސަރަހައްދުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހޮސްޕިޓަލް އަޅާނެ ވަކި ތަނެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ތެލަސީމީއާ ވާރުތަވޭތޯ ޓެސްޓު ކުރާ މީހުންގެ ތެރެއިން 30 ވަރަކަށް ޕަސެންޓް މީހުން، އެކަން ޔަގީން ކުރުމަށް ޑީއެންއޭ ޓެސްޓެއް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ޚިދުމަތަށް އާސަންދަ ނުލިބޭ ކަމަށާއި އެހެންވެ، އެ ޓެސްޓަށް އާސަންދަ ކަވަރޭޖް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތެލަސީމިއާ ހުންނަ މީހުން ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ދަގަނޑުގެ ބައި ހަރުލާފައި ހުންނަ މިންވަރު ދެނެގަތުމަށް އެވަރެޖްކޮށް ދެއަހަރަކުން އެއް އަހަރު ހަދާ ޓީ2 ސްޓާ ޓެސްޓަށް ވެސް، އާސަންދަ ކަވަރޭޖް ދޭން ކެބިނެޓުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް އެސްޓީއޯ މެދުވެރިކޮށް އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާއިރު ރާއްޖެއިން ނުލިބޭ ބޭސް، އާސަންދައިގެ ހަރަދުގައި އެސްޓީއޯ މެދުވެރިކޮށް މިހާރު ވެސް ފޯރުކޮށްދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް