Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ"ސަޚަރޯވް ޕްރައިޒް"

އީރާންގެ އެކްޓިވިސްޓް މަހްސާ އަމީނީ ގެ އާއިލާ އެއާޕޯޓުން ހިފަހައްޓައިފި

10 ޑިސެމްބަރު 2023 | އާދީއްތަ 12:03

މަހްސާއަމީނީ ވަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަރުވެފައެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 ޑިސެމްބަރު 2023 | އާދީއްތަ 12:03
އީރާން ގެ ހިއުމަން ރައިޓްސް އެކްޓިވިސްޓް މަހްސާ އަމީނީ

އީރާން ގެ ހިއުމަން ރައިޓްސް އެކްޓިވިސްޓް މަހްސާ އަމީނީ

އީރާންގެ ހިއުމަންރައިޓްސް އެކްޓިވިސްޓް މަހްސާ އަމީނީގެ ޝަރަފްގައި ދޭ އެވޯޑެއްބަލާ އޭނާގެ އާއިލާ ފްރާންސް އަށް ދިއުމަށް އެއާޕޯޓްގައި ތިއްބާ ހުއްޓުވައިފިއެވެ. އަމީނީގެ މަންމައާއި ބައްޕަ އަދި ބޭބެ އެއާޕޯޓްގައި ތިއްބާ އެމީހުންގެ ޕާސްޕޯޓް އަތުލާ ފްލައިޓަށް އެރުން ހުއްޓުވާފައިވާކަމަށް އެމީހުންގެ ލޯޔަރު ބުނެފައި ވެއެވެ.

އަމީނީގެ އާއިލާއިން ދަތުރު ކުރަން އުޅުނީ އަމީނީގެ ހިތްވަރު ފާހަގަކޮށް ދޭގޮތަށް ހަމަޖެހިފައިވާ އީޔޫގެ "ސަޚަރޯވް ޕްރައިޒް" ބަލައި ފްރާންސްގެ ސްޓްރަސްބަރގް އަށް ދިއުމަށެވެ. ލޯޔަރު ބުނެފައިވަނީ އެއާއިލާގެ ވިސާގެ ކަންކަންވެސް ފުރިހަމަ ކޮށްފައި ހުރުމާއެކުވެސް ހިފަހައްޓާފައިވާ ކަމަށެވެ.

މަހްސާއަމީނީ ވަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަރުވެފައެވެ. އެއާއެކު އީރާންގައި މިއިން ޒަމާނަކު ފެނިފައިނުވާފަދަ، ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށިގެން ގޮސްފައި ވެއެވެ. މަހްސާ ހައްޔަރު ކުރީ ބުރުގާ އަޅާފަ ހުރީ ރަގަޅަށް ނޫން ކަމަށް ބުނެ އީރާންގެ މޯރަލިޓީ ފުލުހުންނެވެ. މަންޒަރު ދުށްމީހުންނާ ހަވާލާދީ ލިބުނު ޚަބަރުތައް ބުނާ ގޮތުން ހައްޔަރު ކުރުމަށްފަހު މަހްސާއަށް ފުލުހުން ވަރަށް އަނިޔާ ކުރިއެވެ. އަދި މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އޭނާ މަރުވީ ކުއްލި ހާޓް އެޓެކްއެއްޖެހިގެން ކަމުގައެވެ.

އަމީނީ ދުނިޔޭގައި ނެތް ނަމަވެސް އީޔޫއިންދޭ އެންމެ މަތީ ހިއުމަންރައިޓްސް ޕްރައިސް މިއަހަރު ދޭނީ މަހްސާ އަމީނީ އަދި އީރާންގެ ހިތްވަރުގަދަ އަންހެނުންނަށް ކަމަށް އޮކްޓޯބަރުމަހު އީޔޫއިން އިއުލާން ކޮށްފައި ވެއެވެ.  

މަހްސާ އަމީނީގެ އާއިލާ އީރާން ސަރުކާރުން ހިފަހައްޓާފައިވާތީ އެކަމާ ޔޫރަޕިއަން ޕާލަމެންޓް ގެ ރައީސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ އެނިންމުން ބަދަލުކޮށް އެމީހުންނަށް ފުރޭނެ ގޮތް ހަދާދިނުމަށް ގޮވާލައްވާފައެވެ. އަދި އަންގާރަ ދުވަހު ސްޓްރަސްބަރގް ގައި އޮންނަ އެވޯޑް ދިނުމުގެ ހަފްލާ ގައި އީރާންގެ އެހެންވެސް ބައެއްހިއްވަރުގަދަ އަންހެނުންނާއެކު އެއާއިލާ ތިބެންޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.  

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ބަހްރައިންގެ މަޝްހޫރު އެކްޓިވިސްޓް ނަބީލް ރަޖަބަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭ: މަދަނީ ޖަމިއްޔާތައް

27 ޖެނުއަރީ 2018
ބަހްރައިންގެ މަޝްހޫރު އެކްޓިވިސްޓް ނަބީލް ރަޖަބަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭ: މަދަނީ ޖަމިއްޔާތައް
15 ޖެނުއަރީ 2018

ޤަތަރުގެ ޝާހީ އާއިލާގެ ބޭފުޅަކު ނުރުހުމުގައި ޔޫއޭއީގައި ބަންދުކުރި ކަމަށް ބުނެފި

15 ޖެނުއަރީ 2018
ޤަތަރުގެ ޝާހީ އާއިލާގެ ބޭފުޅަކު ނުރުހުމުގައި ޔޫއޭއީގައި ބަންދުކުރި ކަމަށް ބުނެފި
09 ނޮވެމްބަރު 2017

ސައުދީ ޝާހީ އާއިލާގެ ބޭފުޅުންނަށް ހިމާޔަތް ދިނުމަށް ޔަމަނުގެ ހޫތީން ހުށަހަޅައިފި

09 ނޮވެމްބަރު 2017
ސައުދީ ޝާހީ އާއިލާގެ ބޭފުޅުންނަށް ހިމާޔަތް ދިނުމަށް ޔަމަނުގެ ހޫތީން ހުށަހަޅައިފި
01 ނޮވެމްބަރު 2017

ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި

01 ނޮވެމްބަރު 2017
ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި
27 ސެޕްޓެމްބަރު 2017

އޮއްޓޯ ވޮމްބިއަރއަށް ކޮށްފައިވާ އަނިޔާ އާއިލާއިން ކިޔައިދީފި

27 ސެޕްޓެމްބަރު 2017
އޮއްޓޯ ވޮމްބިއަރއަށް ކޮށްފައިވާ އަނިޔާ އާއިލާއިން ކިޔައިދީފި
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
11 ޖުލައި 2017

ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!

11 ޖުލައި 2017
ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!
05 ޖުލައި 2017

ރައީސް އޮބާމާ އާއިލާއެކު އިންޑޮނީޝިއާގައި ޗުއްޓީ ހޭދަކުރައްވަނީ

05 ޖުލައި 2017
ރައީސް އޮބާމާ އާއިލާއެކު އިންޑޮނީޝިއާގައި ޗުއްޓީ ހޭދަކުރައްވަނީ
21 މެއި 2017

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް