Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާންގެ އިންތިޚާބު

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

ރޫހާނީއަށްވަނީ 57 ޕަސެންޓްގެ ވޯޓް ލިބިވަޑައިގެންފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 10:10
ދުނިޔެއާ ލާމެހުމުގެ މަގު އީރާނުން އިޚްތިޔާރުކޮށްފިކަމަށް ރޫހާނީ ވިދާޅުވި

ދުނިޔެއާ ލާމެހުމުގެ މަގު އީރާނުން އިޚްތިޔާރުކޮށްފިކަމަށް ރޫހާނީ ވިދާޅުވި

ދެ ވަނަ ދައުރަކަށް ހޮވުން ދައްކުވައިދެނީ ވޯޓް ދެއްވި ރައްޔިތުން ހައްދުފަހަނައެޅުމާ ދެކޮޅުކަން ކަމަށާއި އަދި ބޭރު ދުނިޔެއާ އިތުރު ގުޅުންތައް ގާއިމްކުރަން ބޭނުންވެފައިވާކަން ކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރަކަށް ދިއުމާ ނުލައި ފުރަތަމަ ބުރުން 57 ޕަސެންޓްގެ ވޯޓާއެކު އިންތިޚާބް ކާމިޔާބު ކުރެއްވި ރޫހާނީ ވިދާޅުވީ ވާދަވެރި ފަރާތްތަކަށް އޮންނަ ފާޑުކިޔުމުގެ ހައްގަށް އިހުތިރާމް ކުރައްވާކަމަށެވެ.

އުމުރުފުޅުން 68 އަހަރުފުޅުގެ ރޫހާނީވަނީ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި ދުނިޔޭގެ ބާރުތަކާއެކުވި އެއްބަސްވުން އެކުލަވާލެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ތަފާތު ބޮޑު ނަތީޖާއަކުން ހޯއްދެވި ކާމިޔާބީއާއެކު އެގައުމު އިސްލާހު ކުރުމާއި އިގްތިސާދު އަލުން ކޮޅަށް ޖެހުމުގެ މެންޑޭޓް ހަވާލުވެވިގެންދާނެއެވެ.

"ދުނިޔެއާ ލާމެހުމުގެ މަގު އީރާނުން އިޚްތިޔާރުކޮށްފި،އެ މަގަކީ ހަމަނުޖެހުމާ ހައްދުފަހަނަ އެޅުމާ ދުރު މަގެއް" އިންތިޚާބުގެ ކާމިޔާބީއަށްފަހު ޓީވީ މެދުވެރިކޮށް ދެއްވި ފުރަތަމަ ތަގްރީރުގައި ރޫޙާނީ ވިދާޅުވިއެވެ.

"އިންތިޙާބު ނިމިއްޖެ.އަޅުގަނޑަކީ މިހާރު ގައުމުގެ ރައީސް އަދި އިރާނުގެ ކޮންމެ ފަރުދެއްގެ އެހީތެރިކަން އަޅުގަނޑަށް ބޭނުންވޭ،އެއީ އަޅުގަނޑާ ނުވަތަ އަޅުގަގަނޑުގެ ސިޔާސަތާ ދެކޮޅު މީހެއްވިޔަސް"

ރޫހާނީވަނީ މީޑިއާތަކުގައި ނަންކިއުން މަނާކުރެވިފައިވާ ކުރީގެ ލީޑަރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ އިސްލާހަށް މަސައްކަތްކުރެއްވި ކުރީގެ ރައީސް މުހައްމަދު ޚާތަމީއަށް ޝުކުރު އަދާކުރައްވާފައެވެ.

އިންތިޚާބުގެ ނަތީޖާ

އިންތިޚާބުގައި 40 މިލިއަން މީހުން ވޯޓްލާފައިވާއިރު ރޫހާނީއަށްވަނީ 23 މިލިއަނެއްހާ ވޯޓް ލިބިވަޑައިގެންފައެވެ.

އިންތިޚާބުގައި ރޫހާނީއަށް ލިބިވަޑައިގެންނެވި ކާމިޔާބީގެ އަސްލަކީވެސް ވޯޓްލާން މީހުން ނުކުތް އަދަދު އިތުރުވުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުންގެ 70 އިންސައްތަ ވޯޓްލާން ނުކުތްއިރު ކިއުތައް ދިގުވެގެން ކިއު ބަންދުކުރުމުގެ ވަގުތު ޖެހުނިއިރު ކިއުގައި ތިބި ފަރާތްތަކަށް ވޯޓްލުމުގެ ފުރުސަތުދިނުމަށް އިތުރު ފަސް ގަޑިއިރަށް ވޯޓްލުން ދެމިގެން ދިއައެވެ.

ރޫހާނީއާ އެންމެ ވާދަވެރި ކެނޑިޑޭޓް، ކުރީގެ ޕްރޮސިކިއުޓަރ އިބްރާހިމް ރައީސީއަށް ލިބިވަޑައިގަތީ 37 އިންސައްތަ ނުވަތަ 15.7 މިލިއަން ވޯޓެވެ.

އީރާނުގެ ރޫހީ ލީޑަރުގެ ބަސްފުޅު

އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިންތިޚާބަށްފަހު ޓްވިޓަރގައި ވިދާޅުވީ އިންތިޚާބުން ދައްކުވައިދިނީ އެ ގައުމަށް ކުރިއަމުންދާ މިންވަރުކަމަށެވެ.

ޚާމަނާއީ ވިދާޅުވީ އެހެން ގައުމުތަކާ އޮންނަ ގުޅުންތަކާއެކު އީރާނުގެ ގަދަރާ ހިކުމަތްތެރިކަން ދައްކުވައިދޭނެކަމަށެވެ.

ނަމަވެސް ރޫހާނީގެ ކާމިޔާބަށް ޚާމަނާއީ މަރުހަބާ ވިދާޅުވެފައެއް ނުވެއެވެ.

ވެރިރަށް ތެހެރާނުގައި ޒުވާނުންނާއެކު ގިނަ ބަޔަކު ގެންދަނީ ކާމިޔާބީގެ އުފާ ފާޅުކުރަމުންނެވެ.

އިންތިޚާބާމެދު އެހެން ގައުމުތައް

ހުކުރު ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ އިއުލާނުކުރެވިގެން ދިއައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިރާނުގެ އެންމެ ވާދަވެރި ސައުދީއަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދެވި ދަނޑިވަޅުގައެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ހުންނަވައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވީ ރޫހާނީގެ ވެރިކަމުގެ އާ ދައުރުގައި "ޓެރެރިސްޓް ނެޓްވޯކްތައް ފުނޑުފުނޑުކޮށް އެ ގައުމުގެ ބެލަސްޓިކް މިސައިލް ޕްރޮގްރާމް ނިމުމަކަށް ގެންނާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. ނަމަވެސް ޓެރެރިޒަމްގެ އެއްވެސް އަމަލެއްގައި އެގައުމުން ބައިވެރިވާކަން އެ ގައުމުން ދޮގުކުރެއެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރ އާދިލް އަލް ޖުބެއިރު ސިފަކުރެއްވިގޮތުގައި އިންތިޚާބަކީ އީރާނުގެ އެތެރޭގެ ކަމެކެވެ. އަދި އީރާނުން އަރަބި ގައުމުތަކަށް އަތްގަދަކޮށް ހައްދު ފަހަނައަޅާފައިވާ އަލްގައިދާ ޖަމާއަތަށް އެ ގައުމުން ތާއީދުކުރާކަމަށް ޖުބެއިރީ ވިދާޅުވިއެވެ.

އެމެރިކާއާއި ސައުދީގެ ބަސްމަގު މިހެން ހުރި ނަމަވެސް އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ފެޑެރިކާ މޮގަރިނީ ވަނީ ރޫހާނީއަށް ލިބިވަޑައިގެންނެވި ބޮޑު މެންޑޭޓަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޔޫރަޕުން އޮތީ މިހާރަށްވުރެ ބޮޑަށް ގުޅިގެން ސަރައްހަދުގެ ސުލްހައަށް މަސައްކަތްކުރުމަށް ތައްޔާރަށްކަމަށް ވިދާޅުވިއެވެ.

އީރާނުގެ ހަތްވަނަ ރައީސްގެ ގޮތުގައި 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރޫހާނީ ގެންދެވީ ބައިނަލްއަގްވާމީ މުޖުތަމައާ އެކަހެރިކޮށް އިރާނު އޮތް އޮތުން ކުޑަކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެތައް ބަޔަކު މި އިންތިޚާބުގެ ނަތީޖާ ދެކެމުން ދިއައީ މިއިންތިޚާބަކީ ބޭރުދުނިޔެއަށް އީރާނު ހުޅުވާލައްވައި އެ ގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް ރޫހާނީ ގެންގުޅުއްވި ސިޔާސަތު ރައްޔިތުން ބަލައިގަނޭތޯ ނުވަތަ ނޫންތޯ ބަލައި ކުރާ ހުކުމެއްގެ ގޮތުގައެވެ.

ހުކުރު ދުވަހު ބޭއްވި އިންތިޚާބަކީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އިރާނުން ނިއުކްލިއަރ މައްސަލައިގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ބައިނަލްއަގްވާމީ ފަރާތްތަކާ މަޝްވަރާކުރައްވާ އެއްބަސްވުމަކަށް ދެވުނު ފަހުން އެގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު