Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮބާމާއާއި އާއިލާ ޗުއްޓީގައި

ރައީސް އޮބާމާ އާއިލާއެކު އިންޑޮނީޝިއާގައި ޗުއްޓީ ހޭދަކުރައްވަނީ

އޮބާމާ ވަނީ އެމަނިކުފާނުގެ ތުއްޕުޅުއިރު އިންޑޮނީޝިއާގައި ހަތަރު އަހަރު ހޭދަ ކުރައްވާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 ޖުލައި 2017 | ބުދަ 04:58
އޮބާމާއަކީ އިންޑޮނީޝިއާގައި މަގުބޫލު ފަރާތަކަށްވާއިރު ޗުއްޓީ ދަތުރުފުޅަށް މީޑިއާގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފަ

އޮބާމާއަކީ އިންޑޮނީޝިއާގައި މަގުބޫލު ފަރާތަކަށްވާއިރު ޗުއްޓީ ދަތުރުފުޅަށް މީޑިއާގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފަ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެމަނިކުފާނުގެ އާއިލާއާ އެކު އިންޑޮނީޝިއާގައި ޗުއްޓީ ހޭދަ ކުރައްވަމުން އެެބަ ގެންދަވައެެވެ.

ޖާވާގައި ހުންނަ ގަދީމީ ބުޑިސްޓް ފައްޅިއަށް ބުދަ ދުވަހު ވަޑައިގެންނެވުމުގެ ކުރިން އަނބިކަނބަލުންނާ ދެ ދަރިކަނބަލުންނާ އެކު ވަޑައިގެންފައި ވަނީ ރިޒޯޓް ރަށެއް ކަމަަށްވާ ބާލީއަށެވެ.

އޮބާމާއަކީ އިންޑޮނީޝިއާގައި މަގުބޫލު ފަރާތަކަށްވާއިރު ޗުއްޓީ ދަތުރުފުޅަށް މީޑިއާގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.

އޮބާމާ ވަނީ އެމަނިކުފާނުގެ ތުއްޕުޅުއިރު އިންޑޮނީޝިއާގައި ހަތަރު އަހަރު ހޭދަ ކުރައްވާފައެވެ. ކެންޔާއަށް ނިސްބަތްވެ ވަޑައިގަންނަވާ އެެމަނިކުފާނުގެ ބައްޕާފުޅު ވަރިކުރެއްވުމުން މަންމާފުޅު ދެން ކައިވެނި ބައްލަވައިގެންނެވީ އިންޑޮނީޝިއާގެ ރައްޔިތަކާއެވެ. އެހެން ކަމުން ދޮންބައްޕާފުޅުގެ އަރިހުގައި އުމުރުން ހަ އަހަރުން ފެށިގެން 10 އަހަރު ވަންދެން ދިރިއުޅުއްވީ އިންޑޮނީޝިއާގައެވެ.

އިންޑޮނީޝިއާ ދޫކުރައްވާ ވަޑައިގަތުމަށް ފަހު ދެން އެ މަނިކުފާނު އެ ގައުމަށް ވަޑައިގަތީ 2010 ވަނަ އަހަރު އެމެރިކާގެ ރައީސްގެ ގޮތުގައި އަނބިކަނބަލުންނާ އެކުއެވެ.

މި ފަހަރުގެ ދަތުރުފުޅުގައި ދެ ދަރިކަނބަލުން ކަމަށްވާ މަލައިއާ އަދި ސާޝާ ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ރައީސް ޖޯކޯ ވިޑޯޑޯއާ ހުކުރު ދުވަހު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުން އޮަންނާނީ ރައީސްގެ ގެކޮޅުގައެވެ.

އޮބާމާގެ އާއިލާ ޖަކާޓާއަށް ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު