Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

އަރައުހޯގެ ވާހަކަ ދައްކަން ޓުޗެލް ބޭނުމެއް ނުވި!

ހަމައެކަނި ދައްކާނީ ބަޔާންގައި ހިމެނޭ އެ ޓީމުގެ ކުޅުންތެރިން ވާހަކަ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2023 | ހޯމަ 02:42
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯއާ ގުޅުވައިގެން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ އަރައުހޯ ހޯދުމަށް ބަޔާނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެކި އެކި މީޑިއާ ތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ. އަރަައުހޯ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ކުލަބަކީ ބަޔާން ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ކުލަބުން އަރައުހޯ ހޯދުމަށް މަސައްކަތް ކުރަނީ، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބޭނުންވެގެންނެވެ. އެކަމަށް ޓުޗެލް އިންތިހާ އަށް ބާރުއަޅާ ކަމަށް ވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، އެކަމުގައި އެއްވެސް ސިފައެއްގައި ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ. ހަމައެކަނި ދައްކާނީ ބަޔާންގައި ހިމެނޭ އެ ޓީމުގެ ކުޅުންތެރިން ވާހަކަ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ އެހެން ކުލަބެއްގެ އެއްބަސްވުމެއްގެ ދަށުގައި ހުންނަ ކުޅުންތެރިން ވާހަކަ ދެއްކުމަކީ އެއްވެސް އިރެއްގައި އޭނާ ކޮށްއުޅޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ކުލަބުތަކުން ޓީމު ވަރުގަދަ ކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އެ ފަހަރު އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭގެ ފަހުން މިދިޔަ އަހަރު އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފައެވެ. ބާސެލޯނާ އާއެކު އަރައުހޯ މިހާރު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، ބާސެލޯނާ އިން އޭގެ ކުރިން އަރައުހޯގެ އެއްބަސްވުން އައު ކުރުމަށް ހުށަހަޅާނެ ކަމަށް މީޑިއާ ތަކުން ވަނީ ބުނެފައެވެ.

ނަމަވެސް، އަރައުހޯ ދޫކޮށްލަން ބާސެލޯނާ އިން ބޭނުންނުވާކަމަށް ބުނެފައިވެއެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ދެކޭ ގޮތުގައި އަރައުހޯ އަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެކެވެ. އަރައުހޯ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 126 މެޗުން އަށް ލަނޑު ޖަހައިފައެވެ. އެ ޓީމާއެކު އޭނާ ވަނީ ތިން ތަށި ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ހިމެނެއެވެ.

ބަޔާން މިއުނިކްރޮނާލްޑް އަރައުހޯ ތޯމަސް ޓުޗެލް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް