Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ހަރަދުކުޑަ ކުރާ ސިޔާސަތު

ސަރުކާރު ހިންގުމުގެ ހަރަދުކުޑައެއް ނުކުރޭ، ފެންނަނީ ކޯޅިކޯޅިއަށް ސްޓޭޓް މިނިސްޓަރުން އައްޔަންކުރާ މަންޒަރު: މެންބަރު ޔާސިރު

އެމްޑީޕީގެ ސަރުކާރަކީ މަތި ބަރު ސަރުކާރެއް ކަމަށް ބުނެ، ފާޑު ކިޔާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2023 | އާދީއްތަ 09:16
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގުމުގެ ހަރަދުކުޑަ ކުރުމަށް މަސައްކަތް ކުރާ ތަން ނުފެންނަ ކަމަށާއި ފެންނަނީ ކޯޅިކޯޅިއަށް ސްޓޭޓް މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވާ މަންޒަރު ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޔާސިރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހަރަދު ވަރަށް ބޮޑު ކަމަށާއި، އެމްޑީޕީގެ ސަރުކާރަކީ މަތި ބަރު ސަރުކާރެއް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ފާޑު ވިދާޅުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ޔާސިރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކުރައްވާނެ ކަމުގެ ވައުދުފުޅާއެކު ކަމަށެވެ. ނަމަވެސް އެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށާއި އެގޮތަށް އަމަލުނުކުރައްވާކަން ހާމަވަމުންދާ ކަމަށް މެންބަރު ޔާސިރު ވިދާޅުވިއެވެ. އެގޮތުން ކޯޅިކޯޅިއަށް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރެއްވުމާއި ސިޔާސީ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސެވުމާއި ކުންފުނިތަކުން މުސާރަ ސިއްރުކުރުމަށްފަހު މުވައްޒަފުން ނަގަމުންދާ ކަމަށް މެންބަރު ޔާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ޔާސިރުގެ ވާހަކަފުޅުގައި ވަނީ މުލިއާގެ ޒީނަތްތެރި ކުރުމަށާއި ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މިލިއަނުން ހަރަދުކުރެއްވިކަން ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހަރަދުކުޑަ ކުރުމަށް ބައެއް މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކުރައްވައި މެންބަރު ޔާސިރު ވިދާޅުވީ ކަރަންޓު، ތެޔޮ އަދި ކާޑުން ސަބްސިޑީ އިން ބޮޑު ހޭދައެއް ކުރާ ކަމަށާއި އެފަދަ ސަބްސިޑީ ހަރަދުތައް ކުޑަކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަން އައު ސަރުކާރުން ކުރާނެ ކަމާއިމެދު ސުވާލު އުފެދިފައިވާ ކަމަށް މެންބަރު ޔާސިރު ވިދާޅުވިއެވެ. މެންބަރު ޔާސިރު ވިދާޅުވީ އާސަންދަ ރީފޯމް ކުރުމުގެ މަސައްކަތް ވެސް އެމްޑީޕީގެ ސަރުކާރުގައި ކޮށްފައިވާ ކަމަށާއި، 2023 ގައި އާސަންދަ ރީފޯމް ކޮށްގެން 492 މިލިއަން ރުފިޔާގެ ހަރަދު ކުޑަކުރެވޭނެ ކަމަށް ބަޖެޓްގައި އަންދާޒާކޮށްފައި އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ މިކަންކަން ތަންފީޒުނުކޮށްފިނަމަ ބަޖެޓަށް ވަރަށް ބުރަވާނެ ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2024

"ފެހި ޤާނޫނުއަސާސީގެ ދަށުން ހޯދި ހައްގުތަކުން މިހާރު ލިބެނީ ކިހާ މިންވަރެއްތޯ މިއަދު ސުވާލު އުފެއްދުން މުހިންމު"

06 ޑިސެމްބަރު 2024
"ފެހި ޤާނޫނުއަސާސީގެ ދަށުން ހޯދި ހައްގުތަކުން މިހާރު ލިބެނީ ކިހާ މިންވަރެއްތޯ މިއަދު ސުވާލު އުފެއްދުން މުހިންމު"
06 ފެބުރުއަރީ 2024

މަސްދޯނިތަކަށް ސިފައިން އަރާ ވާހަކަދެކެވޭއިރު، މިއަދުގެ ރައީސަށް އެކަމާ ބަހެއް ވިދާޅުވާން ކެރިވަޑައިނުގެންނެވި: ޔާސިރު

06 ފެބުރުއަރީ 2024
މަސްދޯނިތަކަށް ސިފައިން އަރާ ވާހަކަދެކެވޭއިރު، މިއަދުގެ ރައީސަށް އެކަމާ ބަހެއް ވިދާޅުވާން ކެރިވަޑައިނުގެންނެވި: ޔާސިރު
23 ޑިސެމްބަރު 2023

ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށް ބޮޑަށް ހޯދާނަން: މެންބަރު ޔާސިރު

23 ޑިސެމްބަރު 2023
ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށް ބޮޑަށް ހޯދާނަން: މެންބަރު ޔާސިރު
20 ޑިސެމްބަރު 2023

މުސާރައިގެ ބަދަލަކީ އެމްޑީޕީގެ ފައިދާއަށް ކުރި ކަމެއްނަމަ އެކަން ކުރާނީ ދައުރު ނިމެންވީމައެއް ނޫން: ޔާސިރު

20 ޑިސެމްބަރު 2023
މުސާރައިގެ ބަދަލަކީ އެމްޑީޕީގެ ފައިދާއަށް ކުރި ކަމެއްނަމަ އެކަން ކުރާނީ ދައުރު ނިމެންވީމައެއް ނޫން: ޔާސިރު
10 ޑިސެމްބަރު 2023

ފުށިދިއްގަރުފަޅު ހިއްކުމަށްވުރެ ނިންމަންޖެހޭ މުހިންމު މަޝްރޫޢުތައް މިވަގުތަށް އެބަހުރި: ޔާސިރު

10 ޑިސެމްބަރު 2023
ފުށިދިއްގަރުފަޅު ހިއްކުމަށްވުރެ ނިންމަންޖެހޭ މުހިންމު މަޝްރޫޢުތައް މިވަގުތަށް އެބަހުރި: ޔާސިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު