Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން ޒަޚަމްވުން

ހަނގުރާމައިގައި 5000ށް ވުރެ ގިނަ އިސްރާއީލު ސިފައިން ޒަޚަމްވެފައިވޭ، %58 ސިފައިންނަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފައި

9 ޑިސެމްބަރު 2023 | ހޮނިހިރު 14:53

2000ށް ވުރެ ގިނަ ސިފައިންނަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ވަނީ ނުކުޅެދޭ ހާލަތަށް ގޮސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޑިސެމްބަރު 2023 | ހޮނިހިރު 14:53
އިސްރާއީލު ސިފައިންގެ މީހެއްގެ ޖަނާޒާ ބާއްވަނީ

އިސްރާއީލު ސިފައިންގެ މީހެއްގެ ޖަނާޒާ ބާއްވަނީ

ޣައްޒާ ހިފުމަށް އިސްރާއީލުން އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރިޔަށްގެންދާ ހަނގުރާމައިގައި މިހާތަނަށް އިސްރާއީލުގެ 5000ށް ވުރެ ގިނަ ސިފައިންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީ އާ ހަވާލާދީ އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގެ ނޫހަކުން ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން މިހާތަނަށް އާންމުކޮށްފައިވާ ރަސްމީ މައުލޫމާތަށް ބަލާއިރު މީގެތެރެއިން 2000ށް ވުރެ ގިނަ ސިފައިންނަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ވަނީ ނުކުޅެދޭ ހާލަތަށް ގޮސްފައެވެ. އަދި 58 އިންސައްތައަށް ވުރެ ގިނަ ސިފައިންގެ އަތާ ފައި ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އަދި އެކަމުގެ ސަބަބުން އެމީހުން ގެ އަތާއި ފައި ވަނީ ބުރިކޮށްލަންޖެހިފައެވެ.

ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 5000ށް ވުރެ ގިނަ ސިފައިންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިގެން ވަނީ އިސްރާއީލުގެ ހޮސްޕިޓަލުތަކަށް ގެންގޮސްފައެވެ. އެނޫހާ ވާހަކަދައްކަމުން އިސްރާއީލު ޑިފެންސް ރިހެބިލިޓޭޝަން ޑިޕާޓްމަންޓްގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް ލިމޯރ ލުރިއަޔާރ ބުނީ މިއީ އިސްރާއީލު ސިފައިން މީގެކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާކަމެއްކަމަށެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނާގޮތުގައި އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން މަދުވެގެން 420 އިސްރާއީލު ސިފައިން ވަނީ މަރުވެފައެވެ.

އިސްރާއީލުން ޣައްޒާ ހިފުމަށް ކުރަމުންދާ ހަނގުރާމަ ފަށާފައިވަނީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން ކުއްލި ގޮތަކަށް އިސްރާއީލަށް ހަމަލާދީ 1200ށް ވުރެ ގިނަ މީހުން މަރާލުމާއި ގުޅިގެންނެވެ. މިހަމަލާތައް 7 ދުވަހުގެ މުއްދަތަށް ދެ ފަރާތުން އެއްބަސްވެގެން މެދުކަނޑާލިއިރު އަލުން ހަމަލާތައް ދޭން ފަށާފައިވަނީ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެފަހުން އިސްރާއީލުން ވަނީ ކުރިޔަށްވުރެ ހަމަލާތައް ވަރުގަދަކޮށްފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 17000ށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި 46،000ށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު އެތައް ހާސް ބަޔަކު އަދިވެސް ވަނީ އިމާރާތްތަކުގެ ދަށުގައެވެ. އިސްރާއީލުން އަންނަނީ މުޅި ޣައްޒާއަށް ހަމަލާދީ ޣައްޒާގެ މުޅި އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލަމުންނެވެ.

އިޒްރޭލްޣައްޒާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް