Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްޠީނުގެ ރައީސް ޢައްބާސް

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ، ސުލްހައަށް ދާން ކޮންފަރެންސެއް ބޭނުންވޭ: ފަލަސްތީނުގެ ރައީސް

ޢައްބާސް ވިދާޅުވީ ޣައްޒާ ހިފުމުގެ ފުރުޞަތު އިސްރާއީލަށް ނުދެއްވާނެ ކަމަށް، އެހެންނަމަވެސް ސުލުޙައިގެ ވާހަކަތަކަށް ހުންނެވީ ތައްޔާރަށް ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2023 | ހޮނިހިރު 11:45
ފަލަސްތީނުގެ ރައީސް މަހުމޫދު ޢައްބާސް

ފަލަސްތީނުގެ ރައީސް މަހުމޫދު ޢައްބާސް

ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ޓަކައި ދެމެހެއްޓެނިވި ސިޔާސީ ހައްލެއް ހޯދުމަށް ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި ބައިނަލްއަގުވާމީ ސުލްހައިގެ ކޮންފަރެންސެއް ބޭއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފިއެވެ.

ރަމަاللهގައި ހުންނަ އޭނާގެ އޮފީހުގައި ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އައްބާސް، 87، ވިދާޅުވީ އިސްރާލާއި އާންމުކޮށް ފަލަސްތީން މުޖާހިދުންނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުން ތައް ބިރުވެރި ހާލަތަކަށް ގޮސްފައިވާ ކަމަށާއި ބައިނަލްއަގުވާމީ ކޮންފަރެންސަކާއި ދުނިޔޭގެ ބާރުތަކުން ގެރެންޓީ ދޭން ޖެހޭ ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އިތުރުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހުރިހާ ތަނަކަށް ވެސް އިސްރާއީލު ސިފައިން ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށާއި، ވަޒަންވެރިން ފަލަސްތީނުގެ އަވަށްތަކާ ދެކޮޅަށް ހަމަނުޖެހުންތައް އިތުރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމާނުއްސުރެ ހިނގަމުން އައި ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް ހަތިޔާރު އެޅުމުގެ ބަދަލުގައި މަޝްވަރާއަށް ތާއީދުކުރައްވާ ޒަމާންވީ ސިޔާސަތު އައްބާސް ތަކުރާރުކުރެއްވިއެވެ.

އައްބާސް މިހެން ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކުރަމުން ދަނިކޮށެވެ. ދެ މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވެ، 46،000 މީހުން ޒަހަމްވެ، ގާތްގަނޑަކަށް 1.9 މިލިއަން މީހުން ގެދޮރުދޫކޮށްދާން މަޖުބޫރުވެފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާރު ހިމާޔަތް ހޯދަމުން ދަނީ ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކުގައި ނުވަތަ މިސްރުގެ ބޯޑަރު ކައިރީގައި ވާ ސަރަހައްދުތަކުގައެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ ބައިނަލްއަގުވާމީ ކޮންފަރެންސެއް ބޭއްވުމުގެ ވިސްނުމާ މެދު އެކި ޕާޓްނަރުންގެ މެދުގައި މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް އެ ހުށަހެޅުން އަދިވެސް އޮތީ ވަރަށް އިބްތިދާއީ މަރުހަލާގައި ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ވަސްފުހެލުމަށް ކެމްޕޭން ފަށާފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ އަވަށްތަކުގައި ހިންގި ހަމަނުޖެހުންތަކުގައި 1200 މީހުން މަރުވެ 240 މީހުން ރަހީނުކުރުމުން ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެއެވެ.

އައްބާސް ވިދާޅުވީ، ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް، ބަލިކަށިވެފައިވާ ފަލަސްތީނު އޮތޯރިޓީ އަލުން ދިރުވައި، ޒަމާނުއްސުރެ އިންތިޒާރު ކުރަމުން އައި އިސްލާހުތައް ތަންފީޒުކޮށް، 2006 ވަނަ އަހަރު ހަމާސް އިން މޮޅުވެ، ފަހުން ޕީއޭ ޣައްޒާއިން ބޭރުކޮށްލުމުން ސަސްޕެންޑްކުރި ރިޔާސީ އަދި ބަރުލަމާނީ އިންތިހާބު ބާއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ 1993 ވަނަ އަހަރުގެ އޮސްލޯ އެއްބަސްވުމުގެ ފަހުން އިސްރާއީލާއެކު ވެފައިވާ ސުލްހައިގެ ހުރިހާ އެއްބަސްވުންތަކަށާއި އޭގެ ފަހުން އެތައް އަހަރެއް ވަންދެން ވެފައިވާ އެއްބަސްވުންތަކަށް ޕީއޭ އިން ބޯލަނބާފައިވާ ކަމަށާއި ނަމަވެސް އިސްރާއީލުން ފަލަސްތީނަށް ވެރިވެގަތުން ހުއްޓާލުމަށް ވެފައިވާ ވައުދުތަކަށް އިސްރާއީލުން އެއްކިބާވެފައިވާ ކަމަށެވެ.

2006 ވަނަ އަހަރު ހަމާސް އިން އިންތިޚާބު ކާމިޔާބުކުރި ފަދައިން ދެން ބާއްވާ އިންތިޚާބެއްވެސް ހަމާސް އަށް ވެސް ކާމިޔާބުވުމުގެ ފުރުސަތު އޮތުމުން އިންތިހާބު ބޭއްވުމުގެ ނުރައްކާ އޮންނާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ހަމާސްއިން ކާމިޔާބު ކުރި ނަމަވެސް އެއީ ޑިމޮކްރެޓިކް އިންތިހާބެއް ކަމަށެވެ.

އައްބާސް ވިދާޅުވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އިންތިހާބު ބޭއްވުމަށް ރާވާފައިވާ ކަމަށާއި ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ މަންދޫބު ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ވިދާޅުވީ އިރުމަތީ ގުދުސްގައި ވޯޓުލުމަށް އިސްރާއީލުން އިއުތިރާޒު ކުރާތީ އެކަން ހުއްޓާލަން މަޖުބޫރުވި ކަމަށެވެ.

އިރުމަތީ ގުދުސް އާ ނުލައި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބާރު އަޅުއްވަމުން އޭނާ ވިދާޅުވީ އިސްރާއީލުން މަނާ ކުރުމުގެ ކުރިން އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ޕީއޭ އިން މީގެ ކުރިން ތިން ބުރުގެ އިންތިހާބެއް ބޭއްވި ކަމަށެވެ.

އިސްރާއީލުން އަރަބި އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އޭގެ ފަހުން ގުދުސްއަކީ މުޅި އެ ސިޓީގެ ވެރިރަށް ކަމަށް ކަނޑައަޅައިފައިވާ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިނުގަނެވޭ ފިޔަވަޅެއް ކަށް އައްބާސް ވިދާޅުވިއެވެ. ފަލަސްތީނުން ބޭނުންވަނީ އިރުމަތީ ގުދުސް އަކީ އެމީހުންގެ މުސްތަގުބަލުގެ ދައުލަތުގެ ވެރިރަށް ހެދުމަށެވެ.

2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ މި ސްޓްރިޕްގެ ކޮންޓްރޯލް ޕީއޭ އިން ހަވާލުކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ އެކު މަޝްވަރާކުރި ހަނގުރާމައަށް ފަހު އެކުލަވާލި ޕްލޭންގެ ހަރުދަނާ ތަސައްވުރެއް އައްބާސް ނުދެއްވައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ  ފަލަސްތީނު އޮތޯރިޓީން ޣައްޒާގެ މައްޗަށް ކުރާ ވެރިކަން އިސްރާއީލުން މިހާރު އޮތް ގޮތަށް ބަލައިނުގަންނާނެ ކަމަށެވެ.

ހަނގުރާމައަށް ފަހު ޣައްޒާގައި ސެކިއުރިޓީ ޒޯނެއް ގާއިމުކުރުމަށް އިސްރާއީލުން އެކުލަވާލި ޕްލޭނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރާ ކަމަށާއި، ޣައްޒާ ހިފުމުގެ ފުރުސަތު އިސްރާއީލަށް ނުދޭ ކަމަށާއި، ޣައްޒާގެ ސަލާމަތީ ކޮންޓްރޯލް ހިފެހެއްޓުމަށް ނުވަތަ ޣައްޒާގެ ބިންތައް އަތުލުމަށް އެމެރިކާއިން ތާއީދުކުރާ ކަމަށެވެ.

އެމެރިކާއިން އިސްރާއީލަށް މަޖުބޫރުނުކުރަނީ އެބުނާ ކަންކަން ތަންފީޒުކުރުމަށެވެ.

އޭނާ ވިދާޅުވީ ޕީއޭ އަދިވެސް އޮތީ މުއައްސަސާއެއްގެ ގޮތުގައި ޣައްޒާގައި ކަމަށާއި އަދިވެސް މުވައްޒަފުންނާއި ޕެންޝަނަރުންނާއި މިސްކީނު އާއިލާތަކަށް މަހަކު 140 މިލިއަން ޑޮލަރުގެ މުސާރަ އާއި ހަރަދުތައް ދޭ ކަމަށެވެ. އަދި ޕީއޭގައި އަދިވެސް ޣައްޒާގައި ތިއްބެވީ ތިން ވަޒީރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ޣައްޒާއަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާ ޣައްޒާއެއް ނޫން. ޣައްޒާ ހަލާކުވެ، އެސިޓީގެ ހޮސްޕިޓަލްތަކާއި، މަދަރުސާތަކާއި، އުމްރާނީ ވަސީލަތްތަކާއި، އެހެނިހެން ޢިމާރާތްތަކާއި، މަގުތަކާއި މިސްކިތްތައް ވަނީ ހަލާކުވެފައެވެ. އެއްވެސް އެއްޗެއް އިސްތިސްނާއެއް ނުވެއެވެ.

އައްބާސް ވިދާޅުވީ އިސްރާއީލަށް ފުރިހަމައަށް ތާއީދުކުރާ އެމެރިކާއަކީ އެންކްލޭވްގައި ހިނގަމުންދާ ކަންކަމުގެ ޒިންމާ އުފުލާން ޖެހޭނެ ގައުމެއް ކަމަށެވެ.

"ހަނގުރާމަ ހުއްޓާލައި އެޖަމާއަތުގެ ވާޖިބުތައް އަދާކުރުމަށް އިސްރާއީލަށް އަމުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ބާރަކީ އެއީ، ނަމަވެސް ހިތާމައަކީ އެކަން ނުކުރެވޭކަމެވެ. އެމެރިކާއަކީ އިސްރާއީލުގެ ބައިވެރިއެކެވެ. އައްބާސް ވިދާޅުވިއެވެ.

ޣައްޒާފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްއިޒްރޭލްފަލަސްތީނުދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު