Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަރާރު އެމެރިކާއިން ވީޓޯކުރުން

ހަނގުރާމަ ހުއްޓާލުމުގެ ޤަރާރު އެމެރިކާއިން ވީޓޯކުރުމުން، ފަލަސްޠީނުގެ އޮފިޝަލުން ފާޑުކިޔައިފި

އެމެރިކާއިން ވީޓޯކުރުމުން، އެ ޤަރާރު އިޞްލާޙުކުރުމަށްފަހު އެމެރިކާއިން ބޭނުންވާ ގޮތަށް ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބައެއް ރިޕޯޓްތައް ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2023 | ހޮނިހިރު 02:22
ޚާން ޔޫނިސްގައި އިސްރާއީލުން ދިން ޙަމަލާއެއްގައި ސުންނާފަތިކޮށްލި ގެއެއް

ޚާން ޔޫނިސްގައި އިސްރާއީލުން ދިން ޙަމަލާއެއްގައި ސުންނާފަތިކޮށްލި ގެއެއް

ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރު އެމެރިކާއިން ވީޓޯކުރުމުން، ފަލަސްޠީނުގެ އޮފިޝަލުން ފާޑުކިޔައިފިއެވެ.

ފަލަސްޠީނުގެ އޮފިޝަލުން ނުރުހުން ފާޅުކޮށް އެމެރިކާއަށް ފާޑުކީ، ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރަށް ދެކޮޅުހެދި ޤައުމަކީ ހަމައެކަނި އެމެރިކާއަށް ވާތީ ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް އިސްރާއީލުން ދެމުން ގެންދާ ޙަމަލާތަކާއި، ފަލަސްޠީނުގެ ރޮކެޓް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ ޑްރާފްޓް ޤަރާރަށް ކައުންސިލްގެ އަޣުލަބިއްޔަތުން ތާއީދުކުރިއެވެ. ނަމަވެސް އެމެރިކާއިން އެ ޤަރާރާ ދެކޮޅުހެދުމުން އެ ޤަރާރުވަނީ ފެއިލްވެފައެވެ. ސަލާމަތީ މަޖިލީހުގައި ޤަރާރާ ދެކޮޅަށް ވޯޓްދިނީ އެމެރިކާ އެކަންޏެވެ.

ފަލަސްޠީނުގެ އދ.ގެ މަންދޫބު ރިޔާޟް މަންޞޫރު ވަނީ، ވީޓޯއަކީ ވަރަށް ނުރައްކާތެރި އަދި ނިކަމެތި ކަމެއް ކަމަށް ވިދާޅުވެ، އިސްރާއީލްގެ އިސްތިޢުމާރީ ބާރުތަކުން، ވަށާލާފައިވާ ޣައްޒާއަށް ބޮން އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އިސްރާއީލަށް އެމެރިކާއިން ޙިމާޔަތް ދީފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ޤަރާރުގެ ޑްރާފްޓް ބަލައިނުގަތުމުގެ ސަބަބުން، ފަލަސްޠީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީހުގައި ފާސްކުރަން އުޅުނު ޤަރާރަށް އެމެރިކާ ވީޓޯކޮށްފައި މި ވަނީ، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަމަނުޖެހުންތަކާ ގުޅިގެން ޣައްޒާގައި މަރުވި މީހުންގެ އަދަދު 17،400އަށްވުރެ މައްޗަށް އަރާފައިވާ ދަނޑިވަޅެއްގައެވެ.

އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ތަރުޖަމާނަކު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން 77،000ށްވުރެ ގިނަ ޣައްޒާގެ ރައްޔިތުން ގެދޮރު ގެއްލި، މުޅި ސަރަޙައްދުގައި "ހަލަބޮލިކަމާއި މާޔޫސްކަން" އުފެދިފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު މަގުމަތީގައި ދިރިއުޅެމުން ދަނީ ކާބޯތަކެއްޗާއި ފެނާއި އެހެނިހެން އަސާސީ ވަޞީލަތްތަކާ ނުލައެވެ. 

ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސަލާމަތީ މަޖިލީހުން މިހާރު ދަނީ އިޞްލާޙުކޮށްފައިވާ ޤަރާރަކަށް މަޝްވަރާކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމެރިކާއިން އެކަމާ ދެކޮޅުހެދުމުން، ޣައްޒާގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔަނަމަވެސް، އިސްރާއީލަށް އަވަސް ކާމިޔާބީއެއް ފެންނާކަށް ނެތެވެ.

ދުނިޔެފަލަސްތީނުއެމެރިކާއެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު