Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ކުންފުނިތަކަށް ބޭފުޅުން އައްޔަނުކުރުން

ސަރުކާރު ބައެއް ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތަކެއް

ބަދަލު ގެނެސްފައިވަނީ އެޗްޑީސީ، އެސްޓީއޯ، ސްޓެލްކޯ އަދި އާސަންދައިގެ ޑިރެކްޓަރުންގެ ބޯޑަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 8 ޑިސެމްބަރު 2023 | ހުކުރު 16:58
ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު

ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު

ސަރުކާރު ހިއްސާވާ 4 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ ބަދަލުގެނައިކަން އިއުލާންކޮށްފައިވަނީ  ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހުކުރު ދުވަހު ނެރުނު އިއުލާނެއްގައެވެ. އެ އިއުލާނުގައި ބުނާ ގޮތުން، ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެނައީ ހަައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އާސަންދައިގެ ބޯޑަށެވެ.

އެގޮތުން އެޗްޑީސީގެ 8 މެމްބަރަކު ހިމެނޭ ބޯޑު އުވާލައި، ހަ މެމްބަރަކު ހިމެނޭ އައު ބޯޑު ވަނީ އެކުލަވާލާފައެވެ. އެގޮތުން އައްޔަނުކުރެއްވި ހަ ބޭފުޅުންނަކީ:

މީގެ އިތުރުން، ސްޓެލްކޯގެ ޗެއާމަންކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި، ބްރިގޭޑީއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، އެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި، މުހައްމަދު ލަތީފު ވަނީ އައްޔަނުކޮށްފައެވެ.

އަދި އެސްޓީއޯގެ ޗެއާމަންކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި، ޙާމިދު ނަޝީދު އެ މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް ޢާމިރު މަންސޫރު އައްޔަންކޮށްފައިވެއެވެ. އަދި އާސަންދައިގެ ބޯޑަށް ފައިސަލް އިބްރާހިމް ވަނީ އައްޔަނުކޮށްފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި
30 ޖެނުއަރީ 2025

ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

30 ޖެނުއަރީ 2025
ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި
19 ޑިސެމްބަރު 2024

އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި

19 ޑިސެމްބަރު 2024
އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި
21 މެއި 2024

ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި

21 މެއި 2024
ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި
13 މެއި 2024

ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި

13 މެއި 2024
ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު