Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީސީބީގެ ސަރކިއުލަރ ބާތިލްކުރުން

ރަމަޟާންމަހާއި ގުޅުވައި އިތުރު ހަދިޔާތައް ނުދިނުމަށް އެންގި ސަރކިއުލަރ ބާތިލްކޮށްފި

21 ފެބުރުއަރީ 2025 | ހުކުރު 12:54

ފިނޭންސް މިނިސްޓްރީން ނެރިފައިވާ ސަރކިއުލަރ އެއްގޮތަށް އަމަލުކުރުމަށް އަންގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ފެބުރުއަރީ 2025 | ހުކުރު 12:54
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ

ރަމަޟާންމަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ނުދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެންގި ސަރކިއުލަރ ބާތިލްކޮށްފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ޕީސީބީން ބުނީ ވަޒީފާއާބެހޭ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ. މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ނުވަތަ ކުންފުންޏަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ކުންފުންޏަކުން ފައިސާ ނުދިނުމަށް ޕީސީބީން އަންގާފައިވެއެވެ. އަދި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި އެކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުން ރަމަޟާން މަހު އިނާޔަތް ދިނުމުގައި އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ގުޅިގެން ސަރުކާރުގެ ބައެއް ކުންފުނިތަކުން 3000 ރުފިޔާއަށް ވުރެ ގިނައިން ރޯދަ އިނާއަތް ދޫކުރެއެވެ. އަދި ޕީސީބީން 3000 ރުފިޔާއަށް ވުރެ ގިނައިން ރުފިޔާ ނުދިނުމަށް އެންގުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިދިޔަ އަންގާރަ ދުވަހު މިސަރކިއުލަރ ޕީސީބީން ވަނީ ބާތިލްކޮށްފައެވެ.

މީގެ އިތުރުން ޕީސީބީން ބުނީ ރޯދަ އިނާއަތް ދިނުމުގައި ފިނޭންސް މިނިސްޓްރީން ނެރިފައިވާ ސަރކިއުލަރ އެއްގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ނެރިފައިވާ ސަރކިއުލަރގައި ރޯދަ އިނާއަތުގެ ގޮތުގައި 3000 ރުފިޔާއަށް ވުރެ އިތުރަށް ނުދެވޭނެ ކަމަށް އަންގާފައިނުވެއެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ކަމަށްވާ، އެޗްޑީސީ، އެމްޑަބިޔުއެސްސީ އަދި އެމްއޭސީއެލް ކުންފުނިތަކުން 3000 ރުފިޔާއަށް ވުރެ އިތުރަށް ރޯދަ އިނާއަތުގެ ގޮތުގައި ފައިސާ ދެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް