Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން

ރައީސް މައުމޫންގެ ސުވާލެއް: ފުލުހުންނާއި ސިފައިންނާއި ކޯޓްތައް އެ ބޭނުން ކުރަނީ ސިޔާސީ މައިދާނުގައި ބަލީވީމަތޯ؟

27 ޖުލައި 2017 | ބުރާސްފަތި 08:07

ފުލުހުންނާއި ސިފައިންނާއި ކޯޓްތައް ބޭނުންކުރަނީ ދޭނެ ޖަވާބެއް ނެތީމައިތޯ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 27 ޖުލައި 2017 | ބުރާސްފަތި 08:07
ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ރައީސް މައުމޫން ކްރިމިނަލް ކޯޓުގެ ބޭރުގައި

ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ރައީސް މައުމޫން ކްރިމިނަލް ކޯޓުގެ ބޭރުގައި

ގުޅިފައިވާ ޕާޓީތަކުން ކުރަނީ ގާނޫނު އިމުގެ ތެރެއިން އިސްލާހީ މަސައްކަތް ކަން ފާހަގަކުރައްވައި "ވަރުގަދަ" ދެ ސުވާލެއް ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ، ފުލުހުންނާއި ސިފައިންނާއި ކޯޓްތައް އެ ބޭނުން ކުރަނީ ސިޔާސީ ގޮތުން ދޭނެ ޖަވާބެއް ނެތީމައިތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެގޮތަށް ކަންތައްތައް އެ ކުރަނީ ސިޔާސީ މައިދާނުގައި ބަލީވީމައި ތޯ ރައީސް މައުމޫން ވަނީ ސުވާލު ކުރައްވާފަ އެވެ.

ރައީސް މައުމޫން މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައިވާއިރު، ސިފައިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަދެވޭ ގޮތަށް ގޭޓުތަކުގައި ތަޅު އަޅުވާފަ އެވެ. އަދި ބާރުގޭ ބޭނުންކޮށްގެން މަޖިލިސް ތެރެއަށް ވަން މެންބަރުން މަގަށް ނެރެފަ އެވެ.

ފުލުހުންގެ ވާހަކަ ރައީސް މައުމޫން ފާހަގަކުރައްވާފައިވާއިރު، ފުލުހުން ގެންދަނީ އިިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ހުރަސް އަޅައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ހަރަކާތްތަކުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް އަނިޔާ ކުރަމުންނެވެ.

ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިހާރު ވެސް ހުންނެވީ ބަންދުކޮށްފަ އެވެ. ރިޝްވަތު ދެއްވިކަމުގެ ތުހުމަތުކޮށް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ފާރިސް ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގަ އެވެ.

ކޯޓްތަކުގެ ވާހަކަ ރައީސް މައުމޫން ފާހަގަކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހެޅުމާއެކު ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ތިން ހާލަތެއް ބަޔާން ކޮށް ހުކުމެއް ކޮށްފަ އެވެ. ބަންޑާރަނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގައި ސުޕްރީމް ކޯޓުން އެގޮތަށް ކުރި ހުކުމާއެކު، ޕީޕީއެމް އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރެއް ޕާޓީއިން ވަކިކޮށްފަ އެވެ. އެއާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ބައި-އިލެކްޝަނަށް ގޮވާލާފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް