Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަޖެޓް 2024

ބަޖެޓް ރިކޮމެންޑޭޝަންގެ ގޮތުގައި 7 ކަމެއް

ހިލޭ އެހީގެ ގޮތުގައި ހޯދުމަށް ކަނޑައަޅާ ޢަދަދު ދުރާލާ ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ހުށަހަޅާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2023 | ހުކުރު 04:26
ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް، ބަޖެޓް ދިރާސާކުރި ކޮމިޓީން ފާސްކޮށްފައިވާއިރު 7 ކަމެއް ބަޖެޓް ރިކޮމެންޑޭޝަންގެ ގޮތުގައި ކޮމިޓީން ފާސްކޮށްފިއެވެ.

މި ހަތް ކަމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ހިލޭ އެހީގެ ގޮތުގައި ހޯދުމަށް ކަނޑައަޅާ ޢަދަދު ދުރާލާ ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް އެދުމަށެވެ. ރިކޮމެންޑޭޝަންގައި ބުނެފައިވަނީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކުރާ މިންވަރަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިލޭ އެހީ ލިބިފައި ނުވާކަމަށެވެ. ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެވްރެޖްކޮށް ދައުލަތަށް ލިބިފައިވަނީ ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން ދަށް ޢަދަދެއްކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފާހަގަކޮށްފައިވާކަމަށް ރިޕޯޓްގައި ބުނެއެވެ.

Advertisement - newsAdvertisement

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މީރާއިން ބަލައިގަންނަ ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ އަދަދު ހަތްހާސް ހަތްސަތޭކަ ތިރީސް ޕޮއިންޓް އެއް މިލިއަން ރުފިޔާއަށް އަރާކަން ބަޖެޓުން ފާހަގަވާކަމަށާއި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ޖުމްލަ އެއްހާސް ހަތްސަތޭކަ ތިރީސް ދޭއް ޕޮއިންޓް އެއް މިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށް ބަޖެޓް ރިޕޯޓްގައި ބުނެފައިވެއެވެ. މީގެ ބޮޑުބައެއް ހިއްސާކުރަނީ ރިސޯޓުތަކުގެ ބިމު ކުއްޔާއި ޖީއެސްޓީގެ އާމްދަނީން ނުލިބިވާ ފައިސާކަމަށާއި އަދި ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ދަށްވަމުންދާކަން ފާހަގަކުރެވޭކަމަށް ބަޖެޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އަހަރުގެ ތެރޭގައި ލަފާކޮށްފައިވާ އާމްދަނީ ލިބުމުގެ ފުރުޞަތު ކުޑަވެ ޚަރަދު ފައިނޭންސް ކުރުމަށް ބޭނުންވާ މިންވަރު އިތުރުވުން އެކަށީގެންވާތީ ޓެކުހުގެ ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށް ޓެކުހުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ ހަރުދަނާ އުސޫލުތަކެއް ވީއެންމެ އަވަސް ފުރުޞަތެއްގައި އެކުލަވާލައ،ި ޓެކްސް ނިޒާމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ޓެކުހާ ގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ވީހާވެސް އަވަހަކަށް ގެނެސް އަދި ދައުލަތަށް ލިބެންޖެހ،ި ނުލިބިވާ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްފައިވާ މިންވަރު ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް އިދާރާތައް ޖަވާބުދާރީކުރުވުމުގެ މަސައްކަތް އިތުރުކުރުމަށް ހަރުދަނާކުރުމަށް އެދުމަށް ހިމަނާފައިވެއެވެ.

މީގެއިތުރުން އަންނަ އަހަރު ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތައް ބަޖެޓްގައި ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ތަންފީޒުކުރުމަށް އެދުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލޯނާއި ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި ދައުލަތުން ބޮޑެތި ހޭދަތައް ކުރަމުން އަންނަ ކުންފުނިތަކުގެ އެފިޝަންސީ އެސެސްމަންޓްތައް ކުރިއަށްގެންގޮސް މެދު ރާސްތާގައި ކުންފުނިތަކުގެ އެފިޝަންސީ އިތުރުކޮށް ހިންގުން ހަރުދަނާކުރެވެން ނެތްކަމުގައިވާނަމަ ދައުލަތުގެ މާލިއްޔަތަށް އެންމެ ބުރަ ބޮޑުވާ ކުންފުނިތައް ޕްރައިވެޓައިޒްކުރުން ފަދަ ފިޔަވަޅުތައް ތަންފީޒުކޮށް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެދުމަށް ހިމަނާފައިވެއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ދައުލަތުގެ ދަރަންޏާއި ޕްރައިމަރީ ބެލެންސް އަދި އޯވަރޯލް ބެލެންސް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ބަޔާންކޮށްފައިވީ ނަމަވެސް މި މިންގަނޑުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދާ ނުބައްދަލު މިންގަނޑުތަކެއް ކަމަށް މިހާރު ބެލެވޭއިރު ރިއަލިސްޓިކް މިންގަނޑުތަކަކަށް ބަދަލުކޮށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނައުމަށް ހަމަޖެހިފައިވާ އިތުރު އިޞްލާޙުތައް ފާސްކޮށް ތަންފީޒުކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެދުމަށްވެސް ހިމަނާފައިވެއެވެ.

ދައުލަތުގެ ބަޖެޓާގުޅޭ "އެޕްރޮޕްރިއޭޝަން" ޤާނޫނެއް ފާސްކުރުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ފިނޭންސްއިން ބަޖެޓަށް ގެންނަން ބޭނުންވާ އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ފާހަގަކުރައްވާފައިވާތީ އެ ޤާނޫނަކީ ދައުލަތުގެ ޚަރަދުތައް އިތުރަށް ހަރުދަނާކުރުމަށާއި ދައުލަތުގެ ޚަރަދުތައް ދެމެހެއްޓެނެވި މިންވަރަކަށް ގެނައުމަށް މުހިންމު ކަމަކަށް ފެންނާތީ އެފަދަ ޤާނޫނެއް އެކު ލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އެދުމަށްވެސް ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ހަތް ވަނަ ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނާފައިވަނީ ރިޓަޔަރމަންޓާއި ގުޅިގެން ދައުލަތުން ކުރަންޖެހޭ ޚަރަދު ޕެންޝަނާއި ބެހޭ ގާނޫނު ފާސްކުރުމުގެ މަގްސަދުތައް ހާސިލުވާގޮތަށް ރިޓަޔަރމަންޓް އިނާޔަތްތައް ހާމަނައިޒްކޮށް ދައުލަތުގެ ބަޖެޓަށް ބުރައަކަށް ނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ޚަރަދެއްގެ ގޮތުގައި ބައްޓަންކުރުމަށް ގާނޫނީ ގޮތުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދުމަށެވެ.

2024 ވަނަ އަހަރުގެ ބަޖެޓްފިނޭންސް މިނިސްޓްރީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު