Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާގެ ހާލަތު

ޣައްޒާގެ ކުދިންނަށް ލިބެމުންދާ އަނިޔާ އިން އަރައިގަތުމަށް އެތައް އަހަރެއް ހޭދަވާނެ!

7 ޑިސެމްބަރު 2023 | ބުރާސްފަތި 17:32

ފަލަސްޠީނުން ފުރާނަ ގެއްލިދިޔަ މީހުންގެ ތެރޭގައި 7100 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 7 ޑިސެމްބަރު 2023 | ބުރާސްފަތި 17:32
ޣައްޒާގެ ކުދިންނަށް ލިބެމުންދާ އަނިޔާ

ޣައްޒާގެ ކުދިންނަށް ލިބެމުންދާ އަނިޔާ

ކާންދިން އަތުގައި ދަތް އެޅުމޭ ބުނާ ބަހުގެ މާނަ ޢަމަލުން ދައްކަމުން ދާ ޔަހޫދީ އިސްރާއީލުން، ފަލަސްޠީނުގެ ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށިފަހުން ބަރާބަރު 2 މަސްދުވަސް ފާއިތުވެދިޔައީއެވެ. މުޅި ޖައްވު ފަތަޙަ ކުރާނެ ކަމަށް ބުނެ ގަދަ ބަސް ބުނަމުން ދިޔަ ޤައުމުތަކަށްވެސް، ނިރުބަވެރި ޔަހޫދީން ހުއްޓުވުނު ކަމަކަށް ނުވިއެވެ. ޙައްޤުތަކުގެ ނަމުގައި އަޑުގަދަކުރަމުން ދިޔަ އެކްޓިވިސްޓުންނަށްވެސް ކޮށްދެވުނު ކަމެއް ނެތެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ އިސްރާއީލުން ހިންގަން ފެށި ޤަތުލުޢާންމުގައި ފަލަސްޠީނުން ފުރާނަ ގެއްލިދިޔަ މީހުންގެ ޢަދަދު 17000 އަށް އަރައެވެ. އޭގެ ތެރޭގައި 7100 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އެތައް ސަތޭކަ ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އާބާދީގެ 80 ޕަސެންޓް އޮތީ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައެވެ.

މި ހުރިހާ ކަމެއްގެ ތެރޭގައި އެންމެ ބޮޑު އަނިޔާއެއް ތަޙައްމަލު ކުރަމުން ދަނީ ޣައްޒާގެ ކުޑަ ކުދިންނެވެ. އަނެކާގެ ޙިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައި، އުފަލާއި މަޖަލުގެ ތެރޭގައި، މުސްތަޤުބަލު އުޖާލާ ކުރުމަށްޓަކައި ޢިލްމު ހާސިލު ކުރަން ވީ ދުވަހު އެކުދިންގެ ކިބައިން އެ ހުރިހާ ކަމެއް އޮތީ ނިގުޅައިގެންފައެވެ. ބައެއް ކުދިން މި ދުނިޔެއަށް ފުރަތަމަ ނޭވާ ލަނީވެސް ޔަޠީމު ޙާލުގައެވެ. އަތަކަށް ފިރުކިނުލެވި އުޅެނިކޮށް، މުޅި ޢާއިލާ މި ދުނިޔެ އަޅާ ގޮސްފައިވާ ކުދިންގެ ޢަދަދުވެސް މަދެއް ނޫނެވެ. ފުރާނަ ހުއްޓެއް ކަމަކު، އެކުދިންގެ ހަށިގަނޑުގައި އަޅަމުންދާ ވޭނާއި، އެ ސިކުނޑިއާއި ހިތަށް ކުރާނެ ބާރު، އެހެން މީހަކަށް އިޙްސާސް ވެސް ނުކުރެވޭނެއެވެ.

އިސްރާއީލުގެ ޢުދުވާންތަކުގައި މުޅި ޣައްޒާގެ ޞިއްޙީ ނިޒާމު ހަފުސްކޮށްލާފައި ވާ އިރު، އަނިޔާ ލިބިފައިވާ ފަލަސްޠީނުގެ ބައެއް ކުދިންނަށް މިހާރު ފަރުވާ ދެމުން ދަނީ މިޞްރުގައެވެ. އެ ކުދިންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ މިޞްރު ހޮސްޕިޓަލުގެ ޑޮކްޓަރަކު ފާހަގަ ކުރި ގޮތުގައި އެކުދިންނަށް ލިބިފައި ވާ އަނިޔާތަކަށް ފަރުވާ ދޭން އެތައް މަހެއް ހޭދަވާނެއެވެ. އަދި އެ ކުދިންނަށް ތަޖުރިބާ ކުރަން ޖެހުނު ކަންކަމުން އަރައިގަތުމަށް އެތައް އަހަރެއްވެސް ހޭދަވެދާނެ ކަމަށް ޑޮކްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ނާސިރު ހޮސްޕިޓަލުގެ އެންމެ ދިމާއަކަށް ބަލާލުމުންވެސް ފެނިގެން ދަނީ ހިތަށް ދަތި ކުރަނިވި މަންޒަރުތަކެކެވެ. ދަގަނޑު ފްރޭމެއްގައި ފައި ބަނދެފައި އޮތް ކުޑަ ފިރިހެން ކުއްޖަކު އޮތް އިރު، އަނެއް ކުއްޖަކު އެ ދަނީ އޭނާގެ އަތުގެ އިނގިލިތައް ބުރިބުރިވެފައި ވާތަން ދައްކާލަމުންނެވެ. 3 ވަނަ ކުއްޖަކު، ހޮސްޕިޓަލުގެ އެކި ތަންތަނަށް ދަތުރުކޮށް އެ އުޅެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

އަޙްމަދު ޢަބްދުއްލަތީފަކީ ނާސިރު ހޮސްޕިޓަލުގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލްވެސްމެއެވެ. ޑރ ޢަބްދުއްލަޠީފު ފާހަގަ ކުރި ގޮތުގައި، ޞިއްޙީ ބޭސްފަރުވާގެ ސާމާނުތަކަށްވުރެ، ޣައްޒާގެ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން މާ ބޮޑެވެ.

މުސްލިމުންގެ ޙައްޤު ބިންތަކެއް ނުޙައްޤުން ފޭރިގަނެ، އެވަރުންވެސް ހިތް ނުފުރިގެން ދިރިހުރުމުގެ ޙައްޤުންވެސް އެތައް ބަޔަކު މަޚްރޫމު ކުރަމުން ދާ ޔަހޫދީ އިސްރާއީލުގެ ޝިކާރައަކަށް ހަދާފައި ވާ ޣައްޒާގައި މިއަދު އެންމެ ބޮޑު ވޭނެއް އުފުލަމުން ދާ އެއްބަޔަކީ ކުށެއް ނެތް، މަޢުސޫމު، ތުއްތު ކުދިންނެވެ. މިއީ ދެބަސްވެވެން ނެތް ޙަޤީޤަތެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
04 ފެބުރުއަރީ 2025

ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ

04 ފެބުރުއަރީ 2025
ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ
01 ފެބުރުއަރީ 2025

ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި

01 ފެބުރުއަރީ 2025
ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި
26 ޖެނުއަރީ 2025

ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"

26 ޖެނުއަރީ 2025
ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"
26 ޖެނުއަރީ 2025

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި

26 ޖެނުއަރީ 2025
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި
25 ޖެނުއަރީ 2025

ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި

25 ޖެނުއަރީ 2025
ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް