Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުދި ޖަޒީރާތަކަށް ދިމާވާ ގޮންޖެހުންތައް

ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމަށް ރާއްޖެއިން މަސައްކަތްކުރާނެ - މިނިސްޓަރު ތާރިޤް

ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް އަކީ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީ ހޯދާ އިނިޝިއޭޓިވް އެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2023 | ބުދަ 03:46
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ އެހީ ހޯދުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ މިހާރު ދުބާއީގައި ކުރިއަށްދާ އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަަކާއި ބެހޭ މުޢާހަދާގެ 28 ވަނަ ބައްދަލުވުން، ނުވަތަ ކޮޕް28ގެ ހަވާސާގައި ރާއްޖޭގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދާ ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް (ސީއެސްއާރްއައި) ގެ ދަށުން ބޭއްވި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ސީއެސްއާރްއައި އިނީޝިއޭޓިވްއަކީ ރާއްޖެ އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު އަމާޒަކީ ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އަދި މިކަމަށް އެޑަޕްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށާއި އަދި ބޭނުންވާ އެހީ ހޯދާ ތަފާތު ޕްރޮގްރާމްތައް ހިންގުމެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރެވޭ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހަމަޖެހިފައިވަނީ، ފެނުގެ ޔަޤީންކަން ކަށަވަރު ކުރުމަށް މަޝްރޫޢުތަކެއް ހިންގުމަށް އެހީ ހޯދުމެވެ. ސީއެސްއާރުއައި ޕްރޮގްރާމަކީ ޖަރުމަނު ސަރުކާރުގެ ތަރައްޤީއަށް އެހީވެދޭ އޭޖެންސީ، ޖީ.އައި.ޒެޑް އަދި ގްރީން ކުލައިމެޓް ފަންޑާއި ގުޅިގެން ހިންގޭ ޕްރޮގްރާމެކެވެ.

މި ބައްދަލުވުމުގައި ސަމޯއާގެ މިނިސްޓަރ ފޯ ނެޗުރަލް ރިސޯސަސް އެންޑް އެންވާރަމަންޓް ޓޯލްސުލުސުލު ސެޑްރިކް ޝޫސްޓަރ ވަނީ މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަމާއި އަދި މި މަސައްކަތުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ފައިދާގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، މިބައްދަލުވުމުގައި ޖީއައިޒެޑްގެ ޑިރެކްޓަރ ކާޓްޔާ ކެމެރަރ ވަނީ މި މަޝްރޫއުގެ ދަށުން މިހާތަނަށް ހިންގާފައިވާ މަސައްކަތްތަކަށް ބައްލަވާލައްވާފައެވެ. އަދި ގްރީން ކްލައިމެޓް ފަންޑްގެ ޑިރެކްޓަރ ފޮ ކަންޓްރީ ޕްރޮގްރާމިންގ ޑިވިޝަންގެ ފަރާތުން ވެސް ވަނީ ވާހަކަ ފުޅުދައްކަވާ، އެ ފަންޑާއި ގުޅޭގޮތުން ވެސް މަޢުލޫމާތު ދެއްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި، ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުން ސީއެސްއާރުގައި ބައިވެރިވެ ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ ޠާރިޤް ވަނީ އިލްތިމާސް ކުރައްވާފައެވެ. މިބައްދަލުވުމުގައި ރާއްޖޭގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިވާ އެހެނިހެން ޤައުމުތަކުގެ މަންދޫބުންނާއި އަދި މަދަނީ ޖަމާޢަތްތަކުން ވެސް ވަނީ ބައިވެރިވެފައެވެ.  

ދިވެހިރާއްޖެއެންވަޔަރަމަންޓް މިނިސްޓްރީމިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމްކޮޕް28

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
03 ޑިސެމްބަރު 2025

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު