Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

ވައުދު ލިސްޓު ނަގައިގެން ވައުދު ފުއްދުމުގެ މަސައްކަތް މިކުރަނީ: ރައީސް

އެއްވެސް ވައުދެއް ދޫކޮށްނުލާ ހުރިހާ ވައުދެއް ފުރިހަމައަށް ފުއްދައިދޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި

އަލީ ޝާހީން
އަލީ ޝާހީން | 20 އޯގަސްޓު 2025 | ބުދަ 07:10
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

އެންމެ ވައުދެއްވެސް ދޫކޮށްނުލާ ހުރިހާ ވައުދެއް ފުރިހަމަ އަށް ފުއްދަ ދޭނަން ކަމަށާއި މިހާރުވެސް ކުރަމުންދަނީ ވައުދު ލިސްޓު ނަގައިގެން ވައުދު ފުއްދުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި އަންގާރަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅު ގައެވެ.

ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގޭ ވަރަށް ގިނަ ރަށްތަކުގައި މަސައްކަތްތައް ފެށިއްޖެ ކަމަށާއި ބައެއް ރަށްރަށުގައި މަސައްކަތް ނިމެމުންވެސް ދާކަމަށެވެ. އަދި އެއްވެސް ޝައްކެތް ނެތް މިންވަރަށް ހުރިހާ ވައުދެއް މިދައުރު ތެރޭ ފުއްދާ ނިންމާނަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އަޅުގަނޑު ވާ ކޮންމެ ވައުދަކީ އަޅުގަނޑުގެ އަމާނާތެއް، ރައްޔިތުންނަށްޓަކައި އަޅުގަނޑު މިދަންނަވާ ކޮންމެ ކަމަކީ އަޅުގަނޑު ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން އެގޮތުން އަޅުގަނޑު ވައުދު ވަނީވެސް، ރިޔާސީ އިންތިހާބުގާވެސް އަދި ފަހުންވެސް. ހުރިހާ ރަށެއްގާވެސް އަޅުގަނޑު ވައުދުވަނީ އެ ބޭނުމުގަ، އެ ނިޔަތުގަ އެ އަޒުމުގަ އެގޮތައް މުޅި ސަރުކާރު މަސައްކަތް ކުރަމުން މިދަނީ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ، ވީ ކޮންމެ ވައުދެއްވީ ވަރަށް ސީރިޔަސް ކަމާއެކު އަދި ވަރަށް އިޚްލާސްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ނޫން އެހެން އެއްވެސް ކަމެއް ނެތް ކަމަށާއި ނަތީޖާ ނެރެދިނުން ނޫން އެހެން އެއްވެސް އިންޓަރެސްޓެއް ވެސް މިސަރުކާރުގެ ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ކަންކަން ކޮށްދެމުން މިދަނީ ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭ އަމާޒަށް ކަމަށައި ކަމާއި ބެހޭ ހުރިހާ ވަޒީރުންނާއި ހުރިހާ ކުންފުނިތަކުގެ ވެރިންނާއެކީގައި ރަށްރަށައް ދަތުރު ކުރަނީ ދިހަ ބާރަ ބައްދަލުވުން ބޭއްވުމުގެ ބަދަލުގައި އެއް ބައްދަލުވުމުން ހުރިހާ ކަމެއް ހާސިލުކުރަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުމަތިވެރިއަރިއަތޮޅު އުތުރުބުރިރައީސުލްޖުމްހޫރިއްޔާވައުދުތައްދިވެހިރާއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު