Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނު އިސްރާއީލް ހަނގުރާމަ

ހޮސްޕިޓަލުތަކަށް ކުރިމަތިވެފައި އޮތް ޕްރެޝަރާއި ބޮލުގައި ރިހުމަށް ހޯދާނެ ހައްލެއް ޣައްޒާގައި ނެތް!

ޣައްޒާގައި މިހާރު ޚިދުމަތް ދެވެން ހުރި މަދު ހޮސްޕިޓަލުތައްވެސް ކިރިއާ ހިންގާލެވޭ ކަން، ޞިއްޙީ ޢާލާތްތަކާއި ވަޞީލަތްތަކުގެ ދަތިކަން އިންތިހާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2023 | އަންގާރަ 09:50
ކަރަންޓާއި އެނޫންވެސް ޛަރޫރީ ޚިދުމަތްތައް ލިބެން ނެތް ތަނެއްގައި ބޮޑެތި ސަރޖަރީތައް ހަދަން މަޖުބޫރުވާ އިރު އެ ކުރިމަތިވާ ނުތަނަވަސްކަމުގެ އިންތިހާއަށް ވަނީ ބޮޑުވެފައި

ކަރަންޓާއި އެނޫންވެސް ޛަރޫރީ ޚިދުމަތްތައް ލިބެން ނެތް ތަނެއްގައި ބޮޑެތި ސަރޖަރީތައް ހަދަން މަޖުބޫރުވާ އިރު އެ ކުރިމަތިވާ ނުތަނަވަސްކަމުގެ އިންތިހާއަށް ވަނީ ބޮޑުވެފައި

ދެމަހެއްހާ ދުވަހަށް ދިގުލައި ގޮސްފައި ވާ ޤާތުލުޢާންމެއްގެ ތެރޭގައި ޤައިދުވެފައި އޮތް ޣައްޒާގައި މިހާރު ޚިދުމަތް ދެވޭ ޙާލަތުގައި ހުރީ ނިސްބަތުން މަދު ޢަދަދެއްގެ ހޮސްޕިޓަލުތަކެކެވެ. އެޔެއް މިއެއް ބެލުމެއް ނެތި ޢުދުވާނީ ޙަމަލާތައް ދެމުން ދާ ތަނެއްގައި، ޞިއްޙީ ޚިދުމަތް ދޭނެ މަރުކަޒުތައް ނެތިއްޖެ ހިނދެއްގައި ދެން ކަން ވެގެން ދާ ގޮތް، ވިސްނާލައިފި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ނަމަވެސް، އެ ޙާލަތު ވަޒަނެއް ނުކުރެވޭނެއެވެ.

ޣައްޒާގައި މިހާރު ޚިދުމަތް ދެވެން ހުރި މަދު ހޮސްޕިޓަލުތައްވެސް ކިރިއާ ހިންގާލެވޭ ކަމެވެ. ޞިއްޙީ ޢާލާތްތަކާއި ވަޞީލަތްތަކުގެ ދަތިކަން އިންތިހާއެވެ. ޞިއްޙީ ޚިދުމަތްތެރިންގެ ދަތިކަންވެސް އެހާމެ ބޮޑެވެ. ޙަމަލާ މަޑުޖައްސާލި ހަފުތާއެއްހާ ދުވަހުގެ ތެރޭގައިވެސް، އެކަށީގެން ވާ މިންވަރަށް އެހީގެ ސާމާނުތައް އެތެރެ ކުރެވޭ ގޮތް ނުވުމުން، ޣައްޒާއަށް ހިންދެމިލާނެ ފުރުޞަތެއް އަދި ނުލިބެއޭވެސް ދެންނެވިދާނެއެވެ.

ޑިސެމްބަރ 1 ވަނަ ދުވަހު، ޣައްޒާ ގަޑިން ހެނދުނު 07:00 އަކީ ޙަމަލާ މަޑުޖައްސާލުމަށް ވީ އެއްބަސްވުމުގެ މުހުލަތު ހަމަވި ވަގުތެވެ. އިސާހިތަކު މުޅި ޣައްޒާ ގުގުމަން ފެށިއެވެ. ނިރުބަވެރި ޔަހޫދީންގެ ރަޙުމަތް ނެތް ޢުދުވާންތަކުގެ އަޑުފަށްގަނޑުންނެވެ. ހަމަ އެއާއެކު ހޮސްޕިޓަލުތަކަށް ބާރު ބޮޑުވާން ފެށިއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 17000 އަށް އަރަނީއެވެ. ޙަމަލާ މަޑުޖައްސާލުމަށްފަހު އަނެއްކާވެސް ޢުދުވާންތައް ދޭން ފެށި ފަހުން އެންމެ 24 ގަޑިއިރުގެ ތެރޭގައި 700 މީހެއްގެ ފުރާނަ ދުއްވާލިއެވެ. ޤަތުލުޢާންމުގައި ފުރާނަ ގެއްލިދިޔަ މީހުންނަށް ބަލާ އިރު، 70 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އަޝްރަފު އަލް-ޤިދްރާ ފާހަގަ ކުރެއްވި ގޮތުގައި ޣައްޒާގައި ޒަޚަމްވެފައި ތިބި މީހުންގެ ޢަދަދު 41000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. ޞިއްޙީ ނިޒާމު އިނދަޖެހިފައި އޮތް ތަނެއްގައި، އެފަދަ ބަޔަކު އުޅޭނެ ޙާލު، ޚިޔާލަށް ގެންނަންވެސް ދައްޗެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި ޒަޚަމްވާ އެތައް ސަތޭކަ ބަޔަކަށް ފަރުވާ ދެނީ ބިންމަތީގައި ބާއްވައިގެންނެވެ. ޞިއްޙީ ޢާލާތްތަކުގެ ތަނަވަސްކަމެއްވެސް ނެތިއެވެ. ހަށިގަނޑުގެ މުހިންމު ގުނަވަންތައް ބުރިކޮށްލަނީ، އައްސި ކުރާނެ އިންޖެކްޝަންވެސް ޖަހާލެވޭނެ ފަދައެއް ނެތިއެވެ. އަޅާނެ ވޭން، އެހެން މީހަކަށް އިޙްސާސްވެސް ނުކުރެވޭނެއެވެ.

ޣައްޒާގައި މިވަގުތު ހިންގާ މަދު ހޮސްޕިޓަލުތަކުގެ ތެރެއިން އެއް ހޮސްޕިޓަލަކީ އަލް-އަވްދާ ހޮސްޕިޓަލެވެ. ވަކިން ޚާއްޞަކޮށް، ކަށީގެ އޮޕަރޭޝަންތަކާއި ޕްލާސްޓިކް ސަރޖަރީތަކުގެ ޚިދުމަތްދޭ މަދު ތަންތަނުގެ ތެރެއިން އެއް ތަނެވެ. އެ ހޮސްޕިޓަލުގައި ޑޮކްޓަރެއްގެ ގޮތުގައި ޚިދުމަތް ކުރަމުން އަންނަ މުޙައްމަދު ޢުބާއީ ބުނި ގޮތުގައި، ޒަޚަމްވެގެން އަންނަ މީހުންގެ ޢަދަދު ފަހަރަކަށް ވުރެ ފަހަރެއް އިތުރު ވަމުން ދާ އިރު، މިހާރުވެސް އެ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހިފައި އޮތީ، ލިބިފައި ވާ ޤާބިލު ކަމަށް ވުރެ މާ އިތުރަށް ކަމަށެވެ.

ކަރަންޓާއި އެނޫންވެސް ޛަރޫރީ ޚިދުމަތްތައް ލިބެން ނެތް ތަނެއްގައި ބޮޑެތި ސަރޖަރީތައް ހަދަން މަޖުބޫރުވާ އިރު އެ ކުރިމަތިވާ ނުތަނަވަސްކަމުގެ އިތުރަށް، ޕޭޝަންޓުންގެ ޢަދަދު އިތުރުވަމުން ދާ ދިއުމުގެ ބޮލުގެ ރިހުމަށް ހޯދޭނެ ލުޔެއްވެސް ޣައްޒާގައި ނެތެވެ.

ދުނިޔެފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު