Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީމު

ސްކަލޯނީ އާއެކު އާޖެންޓީނާ އިން އިތުރު މަޝްވަރާތައް ކުރާނެ

ސްކަލޯނީއާ މަޝްވަރާ ކުރަން އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ފަބިއަން ޓަޕިއާ ބޭނުންފުޅުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2023 | ބުދަ 00:26
އާޖެންޓީނާ ޤައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ

އާޖެންޓީނާ ޤައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ

އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީއާއެކު، އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ދާދި ފަހުން ސްކަލޯނީ ވަނީ އާޖެންޓީނާ ޤައުމީ ޓީމުގެ ކޯޗުކަމުން ވަކިވާން އުޅޭ ފަދަ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ވާދަވެރި ބްރެޒިލް ބަލި ކުރި މެޗަށްފަހު ވާހަކަ ދައްކަމުން ސްކަލޯނީ، އާޖެންޓީނާގެ ކޯޗުކަމުގައި ހުންނަން ޖެހޭނީ ވަރަށް ހިތްވަރު އަދި ބުންވަރު ހުރި މީހެއް ކަމަށެވެ. އާޖެންޓީނާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަންނަ އަހަރު އޮންނަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތަށްފަހު ސްކަލޯނީ ޤައުމީ ކޯޗުކަމުން ވަކިވާނެ އެވެ. ނަމަވެސް، އެއީ ސީދާ ވަކި ކޮން ސަބަބެއް ކަމެއް ބުނެފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އާޖެންޓީނާގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ސްކަލޯނީ އާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ސްކަލޯނީއާ މަޝްވަރާ ކުރަން އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ފަބިއަން ޓަޕިއާ ބޭނުންފުޅުވާ ކަމަށް ބުނެފައިވެ އެވެ. އާޖެންޓީނާގެ ކޯޗުކަމުން ސްކަލޯނީ ވަކިވާން އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން އަދި ޤައުމީ ޓީމުގެ ކުޅުންތެރިން ވެސް ބޭނުންނުވާ ކަމަށް ބުނެފައިވެ އެވެ. ސަބަބަކީ، އޭނާ އާއެކު އާޖެންޓީނާ އިން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކާ، އޭނާ ކުރަމުން އަންނަ މަސައްކަތް ރަނގަޅު ވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އާޖެންޓީނާގެ ކޯޗުކަމާ އޭނާ ހަވާލުވީ، 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ އަދި ފީފާ ވޯލްޑް ކަޕް އޭނާ ވަނީ އާޖެންޓީނާ އަށް ކާމިޔާބު ކޮށްދީފަ އެވެ.

މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރި ފަހުން، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ސްކަލޯނީގެ އެއްބަސްވުން އައު ކޮށްފަ އެވެ. އޭނާގެ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު އެވެ.

އާޖެންޓީނާލިއޮނަލް ސްކަލޯނީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު