Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ

ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!

ދެ މެޗުގައި ވެސް ކުޅެން އޭނާ ބޭނުންވެފައި ހުރި ކަމަށާއި، ނަމަވެސް ކުޑަ އަނިޔާއެއްގެ ސަބަބުން އޭނާ އަށް އެ މެޗުގައި ނުކުޅެވި، އަރާމު ކުރަން ޖެހިފައިވާ ކަމަށް މެސީ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2025 | ބުދަ 06:25
އާޖެންޓީނާ އިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު ކެޕްޓަން މެސީ އުފާ ފާޅު ކުރަނީ

އާޖެންޓީނާ އިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު ކެޕްޓަން މެސީ އުފާ ފާޅު ކުރަނީ

އަނިޔާގެ ސަބަބުން އާޖެންޓީނާގެ ޤައުމީ ޓީމުން ފުރުސަތު ގެއްލުނުއިރު، އެއީ އޭނާ އަށް އޮތް ހިތާމައެއް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މި މަހު އާޖެންޓީނާ އިން ދެ މެޗު ކުޅޭނެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ނިކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ.

އެ ދެ މެޗަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އެކުލަވާލި ސްކޮޑުން މެސީ އަށް ފުރުސަތު ދީފައެއް ނުވެ އެވެ. އެއީ މެސީ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

އެކަމާ ގުޅިގެން މެސީ ބުނެފައި ވަނީ، އުރުގުއޭ އަދި ބްރެޒިލާ ދެކޮޅަށް ކުޅޭ ދެ މެޗަކީ ވެސް ވަރަށް މުހިންމު ދެ މެޗު ކަމަށާއި، އެ ދެ މެޗުގައި ކުޅެވޭ ގޮތް ނުވުމަކީ އޭނާ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

އެ ދެ މެޗުގައި ވެސް ކުޅެން އޭނާ ބޭނުންވެފައި ހުރި ކަމަށާއި، ނަމަވެސް ކުޑަ އަނިޔާއެއްގެ ސަބަބުން އޭނާ އަށް އެ މެޗުގައި ނުކުޅެވި، އަރާމު ކުރަން ޖެހިފައިވާ ކަމަށް މެސީ ބުންޏެވެ.

އިތުރަށް މެސީ ބުނީ އެ ދެ މެޗުގައި އޭނާ އަށް ނުކުޅެވުނު ނަމަވެސް، އޭނާ ހުންނާނީ އާޖެންޓީނާގެ ޤައުމީ ޓީމާ އެކު ކަމަށެވެ. އެގޮތުން އެހެން ސަޕޯޓަރުންނެކޭ ވެސް އެއްފަދައިން، ޓީމަށް ސަޕޯޓު ދިނުމުގައި އޭނާ ހުންނާނެ ކަމަށް މެސީ ބުންޏެވެ.

މެސީ އަށް އަނިޔާވެފައި ވަނީ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) ގައި އިންޓަ މިއާމީން އެޓްލަންޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ފައިގެ މަސްގަނޑަަށް ލިބުނު އެ އަނިޔާގެ ސަބަބުން، އަންގާރަ ދުވަހު މެސީގެ އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށް މިއާމީން އޮތީ ބުނެފަ އެވެ.

ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގެ އެއް ވަނައިގައި އޮތީ އާޖެންޓީނާ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 12 މެޗުން 25 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އުރުގުއޭ އަށް ލިބެނީ 20 ޕޮއިންޓެވެ.

އެ ދެ މެޗުގައި މެސީ އަށް ނުކުޅެވޭއިރު، ދެން އެންމެ އަވަހަށް ވެސް އޭނާ ފެންނާނެ ކަމަށް ލަފާ ކުރެވެނީ މި މަހުގެ 30 ވަނަ ދުވަހު އެމެރިކާ ލީގުގައި މިއާމީން ފިލަޑެލްފިއާއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. ނަމަވެސް، އެ މެޗުގައި ވެސް މެސީ ފެންނާނެކަން ޔަގީން ވާނީ އޭނާގެ އަނިޔާގެ ރިކަވަރީ ކުރިއަށްދާ ގޮތަކުންނެވެ.

އާޖެންޓީނާލިއޮނެލް މެސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު