Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން

އުރުގުއޭ ބަލިކޮށް، އާޖެންޓީނާ އަށް ހަ ޕޮއިންޓުގެ ލީޑެއް

22 މާރިޗު 2025 | ހޮނިހިރު 04:45

މޮޅާއެކު މި ސަރަހައްދުގެ އެއް ވަނައިގައި އާޖެންޓީނާ އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެކުއެޑޯ އަށް ލިބެނީ 22 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2025 | ހޮނިހިރު 04:45
މެޗުގައި ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ތިއާގޯ އަލްމަޑާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ތިއާގޯ އަލްމަޑާ އުފާ ފާޅު ކުރަނީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ފަތިހު އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާޖެންޓީނާ އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން، އެ ޓީމުގެ ފޯވާޑު ލައުޓާރޯ މާޓިނޭޒް ނުކުޅެ އެވެ. މީގެ ތެރެއިން މާޓިނޭޒް އަށް މެޗު ގެއްލުނީ، ޓީމުގެ ފަރިތަކުރުން ތަކުގައި ވެސް ބައިވެރި ވަމުން އަންނަނިކޮށެވެ.

މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އެގޮތުން އުރުގުއޭގެ ފަކުންޑޯ ޕެލިސްޓްރީ އަދު ޑާވިން ނޫނޭޒް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

މެޗުގެ ދެ ވަަނ ހާފުގައި އާޖެންޓީނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ތިއާގޯ އަލްމަޑާ އެވެ. އެއީ އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އާޖެންޓީނާގެ ނިކޯ ގޮންޒާލޭޒް އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

މޮޅާއެކު މި ސަރަހައްދުގެ އެއް ވަނައިގައި އާޖެންޓީނާ އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެކުއެޑޯ އަށް ލިބެނީ 22 ޕޮއިންޓެވެ. ތިން ވަނައިގައި ބްރެޒިލް އަށް 21 ޕޮއިންޓު ލިބޭއިރު، ހަތަރު ވަނައިގައި އުރުގުއޭ އަށް ލިބެނީ 20 ޕޮއިންޓެވެ.

ކޮލިފިކޭޝަންގަައި ދެން އާޖެންޓީނާ ނިކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް