Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

މާޓިނޭޒް، އާޖެންޓީނާގެ ޤައުމީ ޓީމު ދޫކޮށް ދުރަން ދާން ޖެހުނީ ވާއަތު ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މާރިޗު 2025 | ބުރާސްފަތި 05:44
އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒް

އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒް

އާޖެންޓީނާ ޤައުމީ ޓީމަށް ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ އިން އުރުގުއޭ އަދި ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ވަނީ މާޓިނޭޒް އަށް ފުރުސަތު ދީފަ އެވެ. އޭނާ އަންނަނީ އިޓަލީގެ އިންޓަރ މިލާންގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

އާޖެންޓީނާގެ ސްކޮޑުގައި މާޓިނޭޒް ހިމެނިއިރު، އޭނާ ހުރީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްގަ އެވެ. އެގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި އިންޓަރ މިލާނުން ކުޅުނު މެޗުގައި އޭނާ ނުކުޅެ އެވެ. ނަމަވެސް އޭގެ ފަހުން އިޓާލިއަން ލީގުގައި ކުޅުނު މެޗާއި، ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެ ވަނަ ލެގުގެ މެޗުގައި އޭނާ ކުޅުނެވެ.

މާޓިނޭޒް، އާޖެންޓީނާގެ ޤައުމީ ޓީމު ދޫކޮށް ދުރަން ދާން ޖެހުނީ ވާއަތު ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. އެހެންކަމުން، އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން، ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް މާޓިނޭޒް އަށް ނުކުޅެވޭނެ އެވެ.

އަނިޔާގެ ސަބަބުން މާޓިނޭޒް އަށް ޤައުމީ ޓީމާ ދުރަށް ދާން ޖެހުނުއިރު، އެ ދެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވެސް ނުކުޅެވޭނެ އެވެ. މެސީ އަށް ވެސް ނުކުޅެވެނީ އޭނާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.

ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގެ އެއް ވަނައިގައި އޮތީ އާޖެންޓީނާ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 12 މެޗުން 25 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އުރުގުއޭ އަށް ލިބެނީ 20 ޕޮއިންޓެވެ.

އުމުރުން 27 އަހަރުގެ މާޓިނޭޒް ވަނީ މިހާތަނަށް އާޖެންޓީނާ ޤައުމީ ޓީމަށް ކުޅެދިން 70 މެޗުގައި 32 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ އާޖެންޓީނާ ޤައުމީ ޓީމުގައި، އެ ޓީމުގެ ކޯޗު ލިއޮަނަލް ސްކަލޯނީ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

އާޖެންޓީނާލަޓާރޯ މާޓިނޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!

ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!

19 މާރިޗު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު