Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

އަބަދުވެސް ދެމި އޮންނާނީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި، ބަހުސަކަށް ޖާގައެއް ނެތް: އެމެރިކާ

އެމެރިކާގެ ދިފާޢީ ވަޒީރު، ލޮއިޑް އޮސްޓިން ވަނީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް ރައްކާތެރިކަން ލިބިދޭން ޖެހޭ ކަމަށް ގޮވާލައްވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2023 | އަންގާރަ 06:40
ޣައްޒާގެ ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ލޮއިޑް ވިދާޅުވީ، އެއީ އެ މީހުންގެ ފިކުރުތައް ހައްދުފަހަނައަޅާ ހިނގައިދާނެ ކަމުގެ ފުރުޞަތު އޮތް ކަމަށް ފާހަގަ ކުރައްވަމުން

ޣައްޒާގެ ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ލޮއިޑް ވިދާޅުވީ، އެއީ އެ މީހުންގެ ފިކުރުތައް ހައްދުފަހަނައަޅާ ހިނގައިދާނެ ކަމުގެ ފުރުޞަތު އޮތް ކަމަށް ފާހަގަ ކުރައްވަމުން

ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތުން މި ފަހުގެ ތާރީޚެއްގައި އިޒްރޭލަށް ދިން އެންމެ ވަރުގަދަ ޙަމަލާ އުޒުރަކަށް ހަދައިގެން، މި ބިންމަތިން ޙަމާސް ޖަމާޢަތުގެ ވަސް ފޮހެލާނެ ކަމަށް ބުނެ ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމަށް 2 މަސް ވަނީއެވެ. 50 ދުވަހަށް ފަހު ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ޙަމަލާތައް މަޑުޖައްސާލުމަށް ފަހު ޑިސެމްބަރ 1 ވަނަ ދުވަހު އަނެއްކާވެސް ޙަމަލާތައް ފެށިއެވެ. އިހުނަށް ވުރެ ވަރުގަދައަށެވެ. އޮކްޓޯބަރ 7 ވަނަ ދުވަހު ފެށި ޤަތުލުޢާންމުގައި މިހާތަނަށް ފަލަސްޠީނުން 15000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާ އިރު، އަލުން ޙަމަލާތައް ދޭން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.

އެޔެއް މިއެއް ބެލުމެއް ނެތި، އެއްގަމާއި، ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ޒަޚަމްވާ މީހުންގެ ޢަދަދުވެސް އެތައް ސަތޭކަ ހާހަކަށް އަރައެވެ. ސުންނާފަތިކޮށް ހަފުސްކޮށްފައި އޮތް ޣައްޒާގައި އެކި ކަހަލަ ބަލިތައްވެސް ފެތުރެމުން ދަނީ އިންތިހާ ހަލުވި ދުވެލީގައެވެ. ނަމަވެސް މިއިން އެއްވެސް މީހަކަށް އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ފަރުވާއެއް ދެވޭކަށް މިއަދު ޣައްޒާގައި ނެތެވެ. ޔަހޫދީންގެ އަސްކަރީ ހަރަކާތްތައް ވަރުގަދަ ކޮށްފައި އޮތުމުގެ ސަބަބުން، ޣައްޒާގެ 70 ޕަސެންޓް ހޮސްޕިޓަލުގެ މަސައްކަތްތައް މަޑުޖައްސާލާފައި ވާ ކަމަށް، ފަލަސްޠީނުގެ ތަފާސް ހިސާބުތަކާ ބެހޭ މަރުކަޒީ އިދާރާގެ އިސްވެރިޔާ ހުސާމް ޚަލީފާ ވަނީ ވިދާޅުވެފައެވެ.

ޑިސެމްބަރ 3 ވަނަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ޚަލީފާ ވިދާޅުވީ، ޣައްޒާގައި ހުރި 4 ލައްކަ ހައުސިންގް ޔުނިޓްގެ ތެރެއިން 250000 ހައުސިންގް ޔުނިޓްއަކީ އެކީއެކައްޗަކަށް ނުވަތަ މުޅިން ސުންނާފަތިކޮށްލާފައި ވާ ޔުނިޓްތަކެއް ކަމަށެވެ.

އިޒްރޭލުން ދެމުންދާ ޢުދުވާންތަކުގައި ޣައްޒާއަށް ލިބުނު އިޤްތިޞާދީ ގެއްލުންތައް، އޮކްޓޯބަރ މަހު އެކަނިވެސް 700 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައި ވާ ކަމަށްވެސް، ފަލަސްޠީނުގެ ތަފާސް ހިސާބުތަކާ ބެހޭ މަރުކަޒީ އިދާރާގެ އިސްވެރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، އެމެރިކާގެ ދިފާޢީ ވަޒީރު، ލޮއިޑް އޮސްޓިން ވަނީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް ރައްކާތެރިކަން ލިބިދޭން ޖެހޭ ކަމަށް ގޮވާލައްވާފައެވެ. މިއީ ބައިނަލްއަޤުވާމީ މައިދާނުގައި، ސިއްރާއި ފާޅުގައި އިޒްރޭލަށް ސަނާ ކިޔާ، އެއްބާރުލުން ދެމުންދާ އެމެރިކާގެ ދިފާޢީ ވަޒީރަކު މިފަދަ ގޮތަކަށް އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ވިދާޅުވި އެއްޗެއްގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދެނީ ލޮއިޑްގެ ޖުމުލަތައް އަތުރުއްވަމުން ގެންދެވި ގޮތުގެ ސަބަބުންނެވެ. ޣައްޒާގެ ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ލޮއިޑް ވިދާޅުވީ، އެއީ އެ މީހުންގެ ފިކުރުތައް ހައްދުފަހަނައަޅާ ހިނގައިދާނެ ކަމުގެ ފުރުޞަތު އޮތް ކަމަށް ފާހަގަ ކުރައްވަމުންނެވެ. ފަހަރެއްގައިވެސް އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ދިރިހުރުމާއި ދިރިއުޅުމުގެ ޙައްޤުތަކުގެ މާނައަކު ނޫނެވެ.

އެމެރިކާއަކީ އަބަދުވެސް މި ދުނިޔެމަތީގައި އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ދެމި އޮންނާނެ ޤައުމު ކަމަށާ، އެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކޮށް ބަހުސް ކުރުމުގެ ފުރުޞަތެއް އެހެން ބަޔަކަށް ނޯންނާނެ ކަމަށްވެސް އޮސްޓިން ވަނީ ވިދާޅުވެފައެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އާދީއްތަ ދުވަހު ޢާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން، އިޒްރޭލުގެ ޢުދުވާންތަކުގައި 15523 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ޒަޚަމްވި މީހުންގެ ޢަދަދު 41316 އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާންތަކުގެ ޝިކާރައަކަށް ވީ މީހުންގެ 70 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. ޞިއްޙީ ދާއިރާއަށް ބަލާއިރު، ޞިއްޙީ ޚިދުމަތްތެރިންގެ 281 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށްވެސް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ދުނިޔެޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު