Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގެ އިންސާނީ ޙާލަތާ މެދު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކަންބޮޑުވުން ފާޅު ކޮށްފި

ހުކުރު ދުވަހު ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ޣައްޒާގެ ބަނޑުހައި ހޫނު ކަމުގެ ޙާލަތާ ގުޅޭ ގޮތުން އދ އިން ނެރެފައިވާ ރިޕޯޓު ދިރާސާ ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ސަރަހައްދުގެ އިންސާނީ ޙާލަތު އޮތީ ކަންބޮޑުވާ ހިސާބެއްގައި ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

އދ. އިން ގާޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތެއް އިއުލާންކޮށް، 500،000 އަށްވުރެ ގިނަ މީހުން ނުރައްކާތެރި ބަނޑުހައިހޫނުކަމެއްގައި ތިބިކަމަށް ބުނެފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2025 | ހޮނިހިރު 05:50
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ލޯގޯ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ލޯގޯ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ޙާލަތު ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

ހުކުރު ދުވަހު ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ޣައްޒާގެ ބަނޑުހައި ހޫނު ކަމުގެ ޙާލަތާ ގުޅޭ ގޮތުން އދ އިން ނެރެފައިވާ ރިޕޯޓު ދިރާސާ ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ސަރަހައްދުގެ އިންސާނީ ޙާލަތު އޮތީ ކަންބޮޑުވާ ހިސާބެއްގައި ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، ހަމާސް ފަދަ "ބާބަރިކް ޓެރަރިސްޓް ޖަމާއަތެއް" ބާރުގައި ހިފެހެއްޓުމަށް ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަަށެވެ. އެ ސަރަހައްދުގައި ކުށްވެރިންގެ މައްސަލަތަކާއި، ރަހީނުންގެ ޙާލަތު އޮތް ހަނގުރާމައިގެ ސަރަހައްދަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ އިން ހުކުރު ދުވަހު ވަނީ ޣައްޒާގައި ބަނޑުހައި ހޫނު ކަމުގެ ޙާލަތު ފުރަތަމަ ފަހަރަށް އިއުލާން ކޮށްފަ އެވެ. މީގެ އިތުރުން ނުރައްކާތެރި ޙާލަތްތަކާއި، ބަނޑުހައި ހޫނު ކަމުގެ ޙާލަތުގައި 500،000 (ފަސް ލައްކަ) އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަ ކުރި ގޮތުގައި، އދ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މެއި މަހުން ފެށިގެން އޮގަސްޓު މަހާ ހަމައަށް، 57،000 ޕެލެޓުގެ ކާބޯ ތަކެއްޗާއި، 4،083 ޓްރަކާއި، 50،000 ޓަނަށް ވުރެ ގިނަ ކާބޯތަކެތި ވަނީ ވަގަށް ނަގައިފަ އެވެ. އެގޮތުން ޣައްޒާ އަށް ކާބޯ ތަކެތި އެތެރެ ކުރި ނަމަވެސް، ބޭނުން ޖެހިފައިވާ މީހުންނަށް އެތަކެތި ނުލިބޭ ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިސްކަން ދެނީ ހަމާސް އިން އެހީގެ ސާމާނު ވަގަށް ނަގަމުން އަންނަ އައުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށެވެ.

އެމެރިކާ ސަރުކާރުން ބުނެފައި ވަނީ އެ މީހުންގެ އަމާޒަކީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމާއި، ހަމާސް އިން ޣައްޒާ ހިންގުން ހުއްޓުވުމަށާއި، އެ ސަރަހަަައްދުގެ ހަނގުރާމަ ނިންމުމަކަށް ގެނައުމެވެ. އެކަން ސްޓޭޓް ޑިޕާޓްމަންޓުންް ނެރުނު ބަޔާނުގައި ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހަނގުރާމަ ހިންގަމުން އަންނަ އިރު، އެމެރިކާ އަކީ އިސްރާއީލް އަށް އެންމެ ބޮޑަށް ވާގިވެރިވާ ޤައުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު