Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނު އިސްރާއީލް ހަނގުރާމަ

"އެކުވެރިން މަރުވެއްޖެ، ކުޅޭނެ އެއްޗެއް ނެތް...އޮތީ ހަމަ އެކަނި ހުސް ވެލިގަނޑެއް": އެންމެ 8 އަހަރުގެ ކުއްޖެއްގެ ޝަކުވާ!

ޚާން ޔޫނިސްގެ ރަށްބޭރުގައި އަޅާފައި ހުރި ވަގުތީ ކޭމްޕަކީ 2000 އެއްހާ މީހުންގެ ޖާގަ، ނަމަވެސް، އިޒްރޭލުގެ ޢުދުވާންތަކާއެކު، މިއަދު އެތަނުގައި އެކަނިވެސް 8000 މީހުން އެބަ ދިރިއުޅޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2023 | އަންގާރަ 06:40
ޑިސެމްބަރ 1 ވަނަ ދުވަހު އިޒްރޭލުގެ ޢުދުވާންތައް އަނެއްކާވެސް އިތުރު ގަދަ ބާރާއެކު ފަށާފައި ވާ އިރު، ކޭމްޕަށް އަންނާނެ މީހުންގެ ޢަދަދު އިތުރުވުން ގާތް

ޑިސެމްބަރ 1 ވަނަ ދުވަހު އިޒްރޭލުގެ ޢުދުވާންތައް އަނެއްކާވެސް އިތުރު ގަދަ ބާރާއެކު ފަށާފައި ވާ އިރު، ކޭމްޕަށް އަންނާނެ މީހުންގެ ޢަދަދު އިތުރުވުން ގާތް

ހުރިހާ ކޮޅަކުން ފިއްތާލާފައި އޮތް ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ދުނިޔެއިން ނައްތާލާނެ ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން އެޔެއް މިޔެއް ބެލުމެއް ނެތި ޣައްޒާގައި ހިންގަން ފެށި ނަސްލު ދޮވެލުމުގެ ޤަތުލުޢާންމު، ހަފުތާއެއްހާ ދުވަހަށް މަޑުޖައްސާލުމަށްފަހު އަނެއްކާވެސް ވަރުގަދައަށް ހިންގަން ފެށީ ޑިސެމްބަރ 1 ވަނަ ދުވަހުއެވެ. ހިންދެމިލާނެ އެންމެ ހިނދުކޮޅެއްވެސް ނުލިބި، ޣައްޒާގެ ފަޒާ އަނެއްކާވެސް ޢުދުވާންތަކުގެ ކަޅު އަނދިރި ނާމާންކަމުން ވަށާ ބައްދާލިއެވެ. ނިމުމެއް ނެތް ޙަމަލާތަކުގެ ޝިކާރައަކަށްވެ، މި ދުނިޔެއަށް ފަހު ނޭވާ ދޫކުރަން ޖެހިދާނެ ފަދަ ކޯރެއްގައި ނޭވާ ހާސް ކުރުވަން ފެށިއެވެ. އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤުން މަޚްރޫމުކޮށް، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުންވެސް މަޚްރޫމު ކޮށްފައި ވާ ޙާލުގައި ގުނަން ދެން ޖެހޭނީ ކިހާ ދުވަހެއް ކަމެއް ނޭނގެއެވެ. ބޯނެ ފެން ފޮދެއް، ކާނެ އެއްޗެއް ޣައްޒާއަކު ނެތެވެ. ނުވިތާކަށް ބޭސްފަރުވާގެ ޚިދުމަތެއްވެސް ނެތެވެ.

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށް ވާ ޚާން ޔޫނިސްގެ ރަށްބޭރުގައި އަޅާފައި ހުރި ވަގުތީ ކޭމްޕަކީ ގެދޮރު ގެއްލިފައިވާ 2000 އެއްހާ މީހުންނަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައި ހުރި ކޭމްޕްއެކެވެ. ނަމަވެސް، އިޒްރޭލުގެ ޢުދުވާންތަކާއެކު، މިއަދު އެތަނުގައި އެކަނިވެސް 8000 މީހުން އެބަ ދިރިއުޅެއެވެ. އަމިއްލަ ގެދޮރު ދޫކޮށް، އެ ޙާލުގައި އުޅުން ނޫން އެހެން ގޮތެއް ނެތީއެވެ. ކޭމްޕު ތެރެއިން ބައްދަލުވާ ކޮންމެ މީހެއްގެ ފަރާތުންވެސް ތަފާތު ވާހަކަތައް އަޑު އިވެއެވެ. އެތައް ވާހަކައެއް ކިޔައިދޭން ބޭނުން ވެފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. ކޮންމެ މީހެއްގެ ވާހަކައިގައިވެސް ޢާންމު އެއް ކަމެއް އޮވެއެވެ. އެއީ ވޭނާއި ހިތާމައެވެ. ހިތްދަތިކަމާއި ކެކުޅުމެވެ.

ޢުމުރުން 75 އަހަރުގެ މުޚްތާރު ލޫލޫއަކީ ޣައްޒާގެ އުތުރުގައި ފޮތް ފަންސޫރު ވިއްކާ ފިހާރައެއް ހިންގި މީހެކެވެ. ދޮށީ ޢުމުރުގެ ދުވަސްތައް ގުނަމުންދާ މުޚްތާރަކީ ކެންސަރ ޕޭޝަންޓްއެކެވެ. ނަމަވެސް، އޮކްޓޯބަރ 7 ވަނަ ދުވަހު ފެށި ޢުދުވާންތަކާއެކު، އޭނާއަށްވެސް ވަނީ ފަރުވާ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.

ޔާމީން ޝަބީރުގެ 3 އަހަރުގެ ދަރިފުޅަށް އެކަށީގެންވާ ޞިއްޙީ ފަރުވާއެއް ދެވޭ ގޮތެއް ނުވެއެވެ. އެ ދަރިފުޅުވެސް ބަލިވެ އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އަޅާ ވޭނުން އެ ތުއްތު ކުއްޖާއަށް ކިރިއާ އޮވެލެވޭ ކަމެވެ.

ތުއްތު ޢުމުރުގެ ދުވަސްތައް ދޫކޮށް، ދުނިޔެ ތެރެއަށް ހިސާބަކަށް ލޯ ހުޅުވި، ކަންކަމާ ފިކުރުކޮށް ހަދަން ޢާންމު ގޮތެއްގައި ފަށަނީ ޢުމުރުން 6 ނޫނީ 7 އަހަރަށް އަޅާލުމުންނެވެ. ޢުމުރުން 8 އަހަރުގެ ޣަނީ އަބޫ ތައިމާ، އޭނާގެ ޢާއިލާއާއެކު ކޭމްޕުގައި ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުންދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ޑިސެމްބަރ 1 ވަނަ ދުވަހު އިޒްރޭލުގެ ޢުދުވާންތައް އަނެއްކާވެސް އިތުރު ގަދަ ބާރާއެކު ފަށާފައި ވާ އިރު، ކޭމްޕަށް އަންނާނެ މީހުންގެ ޢަދަދު އިތުރުވުން ގާތެވެ. ހުސް އަތާ އައެއް ކަމަކު، ކޮންމެ މީހަކުވެސް އަންނަނީ ފެންކަޅި ކުރުވަނިވި އެތައް ވާހަކައެއް ހިފައިގެންނެވެ. އެ ވާހަކަތައް އަޑު އަހާނެ ކަންފަތްތަކާއި، އެ މަންޒަރުތައް ބަލާނެ ލޯތަށް ދުނިޔޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ. ނެތީ، ނިރުބަވެރި ޔަހޫދީންނާއި، އެބައި މީހުންނަށް އެއްބާރުލުން ދޭ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާ ދެކޮޅަށް ބަސް ބުނެ، ފަލަސްޠީނުގެ ރައްޔިތުންނަށް ޙައްޤު މިނިވަންކަން ހޯދައި ދިނުމަށް ޢަމަލީ ގޮތުން މަސައްކަތް ކުރާނެ ބައެކެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ 80 ޕަސެންޓް މީހުންނަކީ މިއަދު ގެދޮރު ނެތް މީހުންނެވެ. މުޅި ޣައްޒާއަށް ބަލާއިރު ސަލާމަތްކަން ކަށަވަރުވާނެ ހަމަ އެންމެ ތަންފުކެއްވެސް ނެތެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން އެކަނިވެސް ޔަހޫދީން ވަނީ 1 ލައްކައަށް ވުރެ ގިނަ ރޮކެޓާއި ބޮން، ޣައްޒާއަށް ވައްޓާލާފައެވެ.

ދުނިޔެފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު