Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

10 ކުޅުންތެރިންނާއެކު ވެސް ހޯދި މޮޅަށް އެންރީކޭގެ ތައުރީފު

މެޗުގެ މުޅި ޕްލޭން ބަދަލުކޮށް، އެހެން ގޮތަކަށް ކުޅުން ރާވަން ޖެހުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2023 | ހޯމަ 23:07
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ފްރާންސް ލީގުގައި ލީ ހާވްއާ ދެކޮޅަށް ދިހަ ކުޅުންތެރިންނާއެކު ކުޅެވެސް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ހޯދި މޮޅަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ތައުރީފު ކޮށްފި އެވެ.

ލީގުގައި ލީ ހާވްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގެ ފުރަތަމަ ދިހަ ވަނަ މިނެޓުގައި އެ ޓީމުގެ ގޯލު ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. މެޗުގެ ބާކީ ބައި ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނަމަވެސް، މޮޅުވެ ޕީއެސްޖީން ވަނީ އެއް ވަނަ އަށް ޖެހިލައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ދިހަ ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައި ކުޅެން ޖެހުމުން ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ. ޚާއްސަކޮށް އެއް ނަންބަރު ގޯލު ކީޕަރު ނެތި ކުޅެން ޖެހުމަކީ، ރިސްކެއް ނެގުން ކަހަލަ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފަ އެވެ. އެކަމުގެ ސަބަބުން މެޗުގެ މުޅި ޕްލޭން ބަދަލުކޮށް، އެހެން ގޮތަކަށް ކުޅުން ރާވަން ޖެހުނު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، އެކަމާއެކު ވެސް ޕީއެސްޖީގެ ކުޅުންތެރިން ދެއްކީ ނަފްސާނީ ގޮތުން ވެސް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި އޮތްތަން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އެންރީކޭ ބުނީ، ޕީއެސްޖީ އަކީ ކޮންމެ ޙާލަތަކަށް ވެސް ތައްޔާރުވެގެން ކުޅެވޭނެ ޓީމެއް ކަމަަށެވެ. ލީ ހާވްއާ ދެކޮޅަށް އުނދަގޫ މެޗެއް ކުޅެން ޖެހުނު ނަމަވެސް، މޮޅާއެކު ތިން ޕޮއިންޓު ލިބުމުން އުފާވާ ކަމަށް އެންރީކޭ ބުންޏެވެ. އިތުރަށް އޭނާ ބުނީ ޓީމެއް ބިނާވެފައި އޮންނަނީ ވަކިވަކި ކުޅުންތެރިންގެ ފަރާތުން ވެސް ފެންނަ ކުޅުމަށް ކަމަށެވެ. އެގޮތުން ޕީއެސްޖީގައި ތިބި ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރާކަން އޭނާ ފާހަގަ ކުރި އެވެ. ހަމައެހެންމެ، ޓީމުގައި ތިބި ސީނިއާ ކުޅުންތެރިން ވެސް، އެންމެން އެކުގައި ކުރިއަށް ދާން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ދެން ތައްޔާރު ވާނީ ލީގުގައި އަމިއްލަ ދަނޑުގައި ނަންޓޭސްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ. އެއަށްފަހު، ހުރިހާ ފޯކަސްއެއް ބިނާ ކުރާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޕީއެސްޖީލުއިސް އެންރީކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު