Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

ޑޮންނަރުންމާ އަށް ރަތެއް، ޕީއެސްޖީ އަށް މުހިންމު މޮޅެއް

4 ޑިސެމްބަރު 2023 | ހޯމަ 00:41

މޮޅާއެކު ޕީއެސްޖީން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2023 | ހޯމަ 00:41
ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން | ރޮއިޓާސް

ފްރާންސް ލީގުގައި ލީ ހާވްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ލީ ހާވްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ޕީއެސްޖީ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ މެޗު ފަށައިގެން ދިހަ ވަނަ މިނެޓުގައި އެ ޓީމުގެ ގޯލު ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ އަށް ސީދާ ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ ބާކީ ބައިދ ދިހަ ކުޅުންތެރިންނާއެކު ކުޅެ ވެސް، ޕީއެސްޖީން ވަނީ މުހިންމު މޮޅެއް ހޯދައިފަ އެވެ.

އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އޮސްމާން ޑެމްބެލޭ އެވެ. މެޗުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް ޖެހީ ވިޓީނިއާ އެވެ. އެ ލަނޑު އޭނާ ޖެހީ މެނުއަލް އުގާޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ޕީއެސްޖީން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 14 މެޗުން 33 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ނީސް އަށް ލިބެނީ 29 ޕޮއިންޓެވެ. ތިން ވަނައިގައިއޮތް މޮނާކޯ އަށް 27 ޕޮއިންޓު ލިބޭއިރު، ހަތަރު ވަނައިގައި އޮތީ ލީލް އެވެ.

ފްރެންޗް ލީގުޕީއެސްޖީޖިއަންލުއިޖީ ޑޮންނަރުއްމާ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ފެރާންގެ ހެޓްރިކާ އެކު ޗެމްޕިއަން ޕީއެސްޖީ އަށް ހަ ލަނޑުގެ މޮޅެއް

10 ސެޕްޓެމްބަރު 2026
ފެރާންގެ ހެޓްރިކާ އެކު ޗެމްޕިއަން ޕީއެސްޖީ އަށް ހަ ލަނޑުގެ މޮޅެއް
16 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ

16 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ
13 އޯގަސްޓު 2026

އެސްޓަން ވިލާ ބަލިކޮށް، ޕީއެސްޖީ އިން ޔުއެފާ ސުޕަ ކަޕް ދިފާއުކޮށްފި

13 އޯގަސްޓު 2026
އެސްޓަން ވިލާ ބަލިކޮށް، ޕީއެސްޖީ އިން ޔުއެފާ ސުޕަ ކަޕް ދިފާއުކޮށްފި
09 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ

09 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ
31 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ

31 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ
25 ޖުލައި 2026

ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި

25 ޖުލައި 2026
ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި
17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
01 ޖޫން 2026

މިއީ ޕީއެސްޖީ އަށް ބޮޑު ކާމިޔާބެއް، އެންރީކޭ އަށް ޚާއްޞަ އުފަލެއް

01 ޖޫން 2026
މިއީ ޕީއެސްޖީ އަށް ބޮޑު ކާމިޔާބެއް، އެންރީކޭ އަށް ޚާއްޞަ އުފަލެއް
01 ޖޫން 2026

ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

01 ޖޫން 2026
ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
31 މެއި 2026

އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

31 މެއި 2026
އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް