Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ނިއުކާސަލް އަތުން ބަލިވެ ޔުނައިޓެޑު ހަތް ވަނަ އަށް

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ 1-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2023 | އާދީއްތަ 06:48
މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ކުޅުނު މެޗުގެ ތެރެއިން

މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން، މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗުން ޔުނައުޓެޑު ބަލިވީ 1-0 އިންނެވެ. އެ މެޗުގެ ކުރިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ގަލަތަސަރާއިއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، ޔުނައިޓެޑަށް އަމިއްލަ ބާރު ގެއްލުމުން އެ ޓީމު އޮތީ ޕްރެޝަރުގަ އެވެ.

މެޗު ފަށައިގެން ޔުނައިޓެޑުން ލަނޑު ޖެހުމަށް ފުރުސަތު ތަކެއް ތަނަވަސް ކުރި އެވެ. ޔުނައިޓެޑުގެ އަލެހަންދްރޯ ގާނާޗޯ ފޮނުވާލި ބޯޅަ ހުއްޓުވީ ނިއުކާސަލްގެ ގޯލު ކީޕަރެވެ. މެޗުގައި ނިއުކާސަލް އިން ވެސް ލަނޑު ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، ޔުނައިޓެޑުގެ ގޯލު ކީޕަރު އަންދްރޭ އޮނާނާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. ނިއުކާސަލް އިން ލަނޑު ޖެހީ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގަ އެވެ. ކިއެރަން ޓްރިޕިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ އެންތަނީ ގޯޑަން އެވެ.

ބައްޔާއެކު ޔުނައިޓެޑު ވަނީ ލީގު ތާވަލްގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 14 މެޗުން 24 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑު އަތުން މޮޅުވެ، ހޯދި ތިން ޕޮއިންޓާއެކު ނިއުކާސަލް ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 14 މެޗުން 26 ޕޮއިންޓާއެކު އެވެ. ހަ ވަނައިގައި އޮތް ޓޮޓެންހަމަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބޭއިރު، ނިއުކާސަލް ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްނިއުކާސަލް ޔުނައިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު