ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 14:37
ރައީސް މުއިއްޒުގެ ސަރުކާރުގެ ދިފާއުގައި ޑެޕިއުޓީ މިނިސްޓަރު ކުރެއްވި ޓްވީޓަށް އާންމުން ފާޑުކިޔާފައި
ރައީސް މުއިއްޒުގެ ސަރުކާރުގެ ދިފާއުގައި ޑެޕިއުޓީ މިނިސްޓަރު ކުރެއްވި ޓްވީޓަށް އާންމުން ފާޑުކިޔާފައި
ރާއްޖެއެމްވީ
އާންމުންގެ ފާޑުކިޔުން ސަރުކާރަށް
ދޮގު ދޮލަނގަށް ލައިގެން ނުކުތް މީހުން ފަހަތުން ރައްޔިތުން ދުވަން ފަށައިފި
 
ސަރުކާރަށް ފާޑުކިޔަން ވަކި ދުވަހެއް ނޯންނާނެ
 
އިންތިހާބުގެ ކެމްޕޭންގެ ދެއްކި ވާހަކަތައް އަމަލުން ނުފެންނަ ކަމަށް އާންމުން ބުނެފައިވޭ

މި ސަރުކާރުން ވެރިކަމަށް އައީ ލައްކަ މޮޅު ވާހަކަތަކެއް ދައްކައިގެންނެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކައިގެންނާއި، ގާބިލު ބަޔަކާއެކު ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ ވާހަކަ ދައްކައިގެންނެވެ. ނަމަވެސް ސަރުކާރަށް މިވީ ދުވަހުގެ ތެރޭގައި މިއިން އެއްވެސް ކަމެއް ނުކުރެވުނެވެ. މިއާއެކު އެއިރު ދެއްކި ވާހަކަތަކާމެދު އާންމުން އަންނީ ފާޑުކިޔަމުންނެވެ.

ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކާއި ގުޅިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން އަންނަނީ ސަރުކާރު ދިފާއުކުރަމުންނެވެ. ނަމަވެސް ރައްޔިތުން މިފަހަރު ތިބީ އެއަށްވުރެ ހުޝިޔާރުވެގެންނެވެ. އެގޮތުން ރިޔާސީ އިންތިހާބާ ހަމައަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަރުދެމުން ދިޔަ އަދި ސަރުކާރު އައި ހިސާބުން މަގާމަށް ޓަކައި ހިޔާލާއި ފިކުރާއި ނަފްސު ވިއްކާލި ބޭފުޅަކު ފަހަތުން ރައްޔިތުން މިއަދު ދުވަން ފަށައިފިއެވެ.

އެގޮތުން ކިޔަންވީ ބިނާކުރަނިވި ފާޑު ކަމަށާއި، ތަންކޮޅެއް ތަހުޒީބުވާން ޖެހޭކަމަށް ވިދާޅުވެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ކުރެއްވި ޓްވީޓާއެކު އާންމުންގެ ފާޑުކިޔުންތަކުން އޭނާ ހޫނު ފެނަށް ވަނީ ވައްޓާލާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އިހަކަށް ދުވަހު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވި ޝިއުނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ބަޔަކު އެބަ ބުނެއެވެ. ކަލޭމެންވެސް ކުރީ ސަރުކާރަށް ފާޑުކީއެވެ. އެހެންވީމަ އަހަރުމެންވެސް ފާޑުކިޔަނީއެވެ. ފާޑުކިޔާށެވެ. ކިޔަންވީ ބިނާކުރަނިވި ފާޑެވެ. އަހަރުމެން ކުރީގެ ރައީސަށް ވަގުތު ދިނީމެވެ. ފާޑުކިޔަންފެށީ ދެނަކާ ދެނެއް ނުބަލާ ދަޢުލަތުގެ ޚަޒާނާއިން ވައްކަންކުރީމައެވެ. ދިވެހި ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިންމު ކަންކަން ސިއްރު ކުރީމައެވެ. އިސްލާމީ ވަހުދަތު ފޮހެލަން އެތައް ޖަރީމާއެއް ހިންގީމައެވެ. މިއަދު އިދިކޮޅު މީހުން ފާޑުކިޔަނީ ވަޒީރަކު ތުރުކުރައްވާ ހެދުމެއްގައި އިންނަ ގޮށެއް ހަޑިވެގެންނެވެ. ނޫނީ ފަސްޓްލޭޑީގެ ލިޕްސްޓިކް ކުލަ ގަދަވެގެންނެވެ. ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިސްކޮޅުން ދިގުވެގެންނެވެ. ތަންކޮޅެއް ތަހުޒީބުވަމާ ތޯއެވެ."

ޝިއުނާގެ މި ޓްވީޓާއި ގުޅިގެން ރައްދު ދީފައިވާ އާންމުން ބުނެފައިވަނީ، އާންމުން ފާޑުކިޔަން ޖެހޭ ގޮތް ކިޔައިދޭކަށް ނުޖެހޭނެކަމަށެވެ. އަދި އެ ޓްވީޓަކީ ސަރުކާރު ދިފާއު ކުރުމަށް ކުރި ބުރަދަނެއް ނެތް މަސައްކަތެއް ކަމަށެވެ.

ޝިއުނާގެ ޓްވީޓާއި ގުޅިގެން ރައްދު ދިން މީހަކު ބުނެފައިވަނީ ކުރީ ސަރުކާރޭ ކިޔައިގެން ހެދީ ބޮޑު ދޮގު ކަމަށާއި، އުތުރު ތިލަފަޅުގައި އޮތް އިންޑިޔާ ސިފައިންގެ ބޭސް ކޮބައިތޯ ވަނީ ސުވާލުކޮށްފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދިހަ ދުވަހު އިންޑިޔާ ސިފައިން ބޭރު ކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް، ކަމެއް ނުކުރެއްވުނު ކަމަށާއި، ހައްދަވަނީ ހުސް ދޮގު ކަމަށެވެ.

އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ އާންމުން ފާޑު ކިޔަނީ މިނިސްޓަރެއްގެ ފެންވަރު ނެތިއްޔާ ކަމަށެވެ. ޓުއަރިޒަމް މިނިސްޓަރުގެ ފެންވަރެއް ނެތް ކަމަށެވެ. ޓުއަރިޒަމް މިނިސްޓްރީގެ ޕޯޓްފޯލިއޯ އަށް ބަލާފައި ޓުއަރިޒަމް މިނިސްޓަރުގެ ގަޔަކު ހިންގުމުގެ ފެންވަރެއް ނެތް ކަމަށެވެ. އަދި އަދުރޭގެ ދަރިއަށްވީމާ މަގާމެއް ދީފައިވާ ކަމަށާއި، އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ހާހުން އިންޑިއާ ސިފައިން ތިބިކަމަށް ބުނެ އާންމުންގެ ތެރޭގައި ދޮގު ފަތުރާ ފިތުނަ އުފައްދަން އުޅުނު ދިޔަރެސް ނޫހުގައި ލިޔެފައި ހުރި ވާހަކަތަކަށް ވެސް މީހުން ވަނީ ސުވާލު އުފައްދާ ޝިއުނާއަށް ފާޑުކިޔާފަައެވެ.

މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ތިބޭފުޅުންކީ ތަހުޒީބީ ފާޑުކިޔުންތައް ދިޔަރެސްގައި އެބަހުރި ކަމަށެވެ. ދޮގާއި އޮޅުވާލުން ނޫން އެއްޗެއް ނެތް ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ 2000 ސިފައިން ކޮބައިތޯ އާއި ރައީސް މުއިއްޒަށް ވެސް އިންޑިޔާ ސިފައިން ފެނުނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ބުނެ ހާމަކޮށްފައިވާ އަދަދަށް ކަމަށެވެ. އެހެންވީމާ ދިޔަރެސް ހިންގި ގޮތް ހަނދާންކޮށްލުމަށް އެމީހާ ވަނީ ބުނެފައެވެ.

އެހެން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޝިއުނާގެ ޓްވީޓަކީ ސަރުކާރު ދިފާއުކުރުމަށް ކުރި އެއްވެސް ބުރަދަނެއް ނެތް 'ކަޑަ' ކަމެއް ކަމަށެވެ. ރައީސް މުއިއްޒު ވައުދުފުޅުތަކެއް ވެވަޑައިގެންނެވި ކަމަށާއި، އަދި އެގޮތަށް އަމަލެއް ނުކުރައްވާ ކަމަށާއި، ބައެއް ކަންކަން އޮޅުވާލައްވާފައިވާ ކަމަށެވެ. އަދި ޝިއުނާއާއި ޝިއުނާގެ ޓީމުން ވިދާޅުވީ މަސައްކަތް ކުރަނީ ސަރުކާރުގެ މަގާމުތަކަށް ނޫން ކަމަށާއި، ނަމަވެސް އެއީވެސް ދޮގު ކަމަށެވެ. އަދި ސިޔާސީ މަގާމުތައް މަދުނަމަވެސް މިނިސްޓަރުންގެ ފެންވަރުގެ މީހުން މާ ގިނަ ކަމަށް ބުނެފައިވެއެވެ.

ފާޑު ކީ މީހުންގެ ތެރެއިން މީހަކު ވަނީ ރައީސް އިބޫއަށް މަޖިލީހާ ހަމައަށް އޮމާންކަމާއެކު ގެންދެވުު ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު އޮތް ސަރުކާރަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ހެދެނީ ހުސް ގޯސް ކަމަށެވެ. ނެޕޮޓިސަމް ނުވަތަ އާއިލީ ވެރިކަމާއި އާއިލާ މީހުންނަށް މަގާމާއި ބާރުދޭ ވާހަކަ ދައްކާފައި މިހާރު ތި ހެދީ ރަސްކަމަކަށް ކަމަށް ބުނެފައިވެއެވެ. އަދި ރައީސް މުއިއްޒުއާ މެދު ހިތްހަމަނުޖެހިއްޖެ ކަމަށާއި، ތަފާތު ޕާޓީއެއްގެ ނަމުގައި ތިބީ ހުސް އެއްކަހަލަ "ގުއި" ތަކެއް ކަމަށެވެ.

ކުރީގެ ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ޝިއުނާއަށް ރައްދު ދެއްވަމުން ވިދާޅުވެފައިވަނީ ކުރިން ސިއްރު ކުރި އެއްވެސް ކަމެއް ހާމަނުކުރެވިގެން އުޅެނީ ކީއްވެތޯއެވެ. އަދި ދޮގާއި ބުހުތާނުން، މުނާފިގުން ކަންކަން ކުރާ އުސޫލުން ވެރިކަން ފަށައިގަތީމައި އެ ވާހަކަ ނުގޮވަންވީ ތޯ ވެސް ވަނީ ސުވާލުކުރައްވާފައެވެ.

ބައެއް ފަރާތްތަކުން ވަނީ ސުވާލުތަކެއްކޮށް، އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ގޮވާލާފައެވެ. އަދި އެ ސުވާލުތަކަށް ޖަވާބު ނުލިބޭހާ ހިނދަކު އެ ވާހަކަ ދައްކާނެ ކަމަށް ބުނެފައިވެއެވެ. ދޮގު ބަޑިތައް ފާޑުކީ މުޅިން ދޮގު ދޮނލަގު ވިއްކައިގެން ކަމަށެވެ. އަދި ވެރިކަމަށް އަރާ 15 ދުވަހުން 234 މިލިއަން 'ތަޅާ ބުރުވާލީމައި' އެ ވާހަކަ ދައްކާނެ ކަމަށެވެ. ހަޖަމް ކުރުމަށް ވެސް ޓްވީޓްކުރި މީހަކު ވަނީ ބުނެފައެވެ.

އެހެންމީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ހަޔާތްވެސް ކުޑައޭދޯ؟ އޮޅުވާލައިގެން ރައީސް ޔާމީނުގެ ފޮޓޯ ނަން ގޮނޑި ބަހައްޓައިގެން އައިސް އެއްވެސް ގެންވަރެއްނެތް ވަޒީރުންތަކެއް ލައިގެން، ގައުމު ދަވާލަން އައިސް ތިބިބައެއް ތީ. ދޮގުގެ މައްޗަށް ދޮގު ދިވެހިންނަށް ވިއްކާ، ގޭންގުތައް އެކްޓިވޭޓްކޮށް ގައުމު ހަލާކުކޮށްފި 2 ހަފްތާ ތެރޭ" ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
0%
33%
33%
0%
ކޮމެންޓް